ލަންކާގެ މަސްބޯޓު އެމްއެންޑީއެފާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ ”އަވިޝްކާ ޕުތާ“ މިހާރުވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ފުލުހުން ބުނެފިއެވެ. މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެމް.އެން.ޑީ.އެފްއިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން 2025 ނޮވެމްބަރ 9 ވަނަ ދުވަހު […]

ފޮތްތަކަށް ބަދަލު ގެނެސް ބަގަރާ ސޫރަތް އުނި ކުރަން އުޅެނީ ކީއްވެ؟

ފަލަސްޠީނު މީހުން އެމީހުންގެ ބިމަށާއި މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ އިރު އެހެން ހަނގުރާމައެއްގައި ވެސް އެމީހުން ދަނީ އަވަދިނެތި ވަގުތު ހޭދަ ކުރަމުންނެވެ. އިޒްރޭލުގެ ފިއްތުމާއެކު އެމެރިކާއާއި ޔޫރަޕުން ދަނީ ފަލަސްޠީނުގެ ސްކޫލުތަކުގެ މަންހަޖާއި ޓެކްސްޓް ފޮތްތަކަށް ބަދަލު ގެނައުމަށް މަޖުބުރު ކުރަމުންނެވެ. ބަދަލު ގެނައުމަށް މަޖުބޫރު ކުރާ ތަކެއްޗަކީ ޔަހޫދީންގެ ހިޔަޅުކަމާއި މުނާފިގު ކަމާ ބެހޭ ގޮތުން ބާވައިލެއްވި ފޮތުގައި އައިސްފައިވާ ވާހަކަތަކާއި؛ ފަލަސްޠީނުގެ އަސީރުންނަށާއި މުޖާހިދުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި؛ މިނިވަންކަމަށް މަސައްކަތް […]

އެމެރިކާގައި މުސްލިމުން ވަނީ މަތިފަޑިއާ ދިމާއަށް މިސްރާބު ޖަހާފައި

އެމެރިކާގެ މުސްލިމުން ދަނީ އެމީހުންގެ މުޖުތަމައުތައް ތަމްސީލު ކުރާ ބާރަކަށް ވަމުންނެވެ. މިއީ 11 ސެޕްޓެމްބަރުގައި ޔަހުދީން ގެ ޖާސޫސީ އިދާރާއިން ޓުއިން ޓަވަރު ގޮއްވާލި ހާދިސާގައި މުސްލިމުން ބަދުނާމުކޮށް މުސްލިމުން ނުބައި މީސްކުރުމަށް ހިންގި ކެމްޕޭނާ ދިމާ އިދިކޮޅު މަންޒަރެކެވެ. މިއަދު މުސްލިމުން ފެންނަނީ ބާރުވެރި މަގްބޫލު އިތުބާރު ހިފޭ ޒުވާން ލީޑަރުންގެ ގޮތުގައެވެ. އެގޮތުން މުސްލިމުންގެ ސިޔާސީ ގޮތުން ހަރަކާތްތެރި ޖީލެއް މިހާރު ވަނީ ލީޑަރޝިޕްގެ ދައުރުތަކަށް ނިކުމެފައެވެ. އިންތިޚާބު ކާމިޔާބު ކުރި ޒުވާން […]

ބޮލީވުޑްގެ ތަރިން މުސްކުޅިވެ އަނގަ ވަތަށް ވެއްޓެނީ

ބޮލީވުޑްގެ އިހުގެ ތަރިންގެ ތެރޭން އެއް ބަޔަކު ހަސްފަތާލުގައި އެނދުމަތި ކުރާއިރު އަނެއް ބަޔަކު ފައި އޮޅިގެން ވެއްޓޭ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. މިއަދު އަނގަ ވަތަށް ވެއްޓުނު އިހުޒަމާނުގެ ތަރިއަކީ ޖީތެންދުރާއެވެ. ޖީތެންދުރާ އަނގަވަތަށް ވެއްޓުނީ ދާދި އިހައް ދުވަހު މަރުވި ތަރި ސަންޖޭ ޚާންގެ އަންހެނުން ޒާރީން ޚާންގެ ތައުބީން ޖަލްސާއަށް ގޮސް އުޅެނިކޮށެވެ. މިއަދު ވަނީ ދަރްމެންދްރާއާއި ޕްރެމް ޗޯޕްޅާ ވެސް ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ބުނަނީ ހާލު ސީރިއަސް ނޫން ކަމަށެވެ. […]

ބޮލީވުޑްގެ އިހުގެ ތަރިން އެނދުުމަތިކުރާ ޒަމާނެއް

ބޮލީވުޑްގެ އިހުގެ ތަރިން ހަސްފަތާލުގައި އެނދުމަތި ކުރާ ދުވަސްވަރެކެވެ. މިއަދު ވަނީ ދަރްމެންދްރާއާއި ޕްރެމް ޗޯޕްޅާ ވެސް ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ބުނަނީ ހާލު ސީރިއަސް ނޫން ކަމަށެވެ. މިފަހަކަށް އައިސް ކައިރިކައިރީގައި އިހުގެ ތަރިން މަރުވެފައި ވެސް ވެއެވެ.

ބޮން އުފެއްދިދާނެ ފަދަ ކެމިކަލް އަތުލައިގެންފި

ދިއްލީ ކައިރިން 2،900 ކިލޯގެ ބޮން އުފައްދާ ކެމިކަލް އަތުލައިގަނެ، އަންހެން ޑޮކްޓަރެއްގެ ކާރުން ރައިފަލެއް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މި ތަކެތި ފެނިފައި ވަނީ ހަރިޔާނާގެ ފަރީދާބާދުގެ މެޑިކަލް ކޮލެޖަކާ ގުޅުން ހުރި ޑޮކްޓަރުންގެ އަތުން ނެވެ. ޖުމުލަ 2،900 ކިލޯއަށް ވުރެ ގިނަ ބޮން އުފެއްދި ދާނެފަދަ މާއްދާއާއި އެމޯނިއަމް ނައިޓްރޭޓް އަތުލައިގެންފައި ވެއެވެ. އޮފިޝަލުން ލަފާ ކުރަނީ މިއީ އެތައް ސަތޭކަ ބާރުގަދަ އައިއީޑީއެއް ބޭނުންކޮށްގެން ދިއްލީއަށް ބިރުވެރިކަން ގެނައުމުގެ ރޭވުމެއްގެ […]

ލާލް ކިއްލާކައިރީގައި ގޮވުން: 8 މީހުން މަރުވެ 24 މީހުން ޒަޚަމްވެއްޖެ

އިންޑިއާގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ ދިއްލީގައި މިރޭ ބާރުގަދަ ގޮވުމެއް ގޮވައިގެން އަށް މީހުން މަރުވެ، 24 މީހުން ޒަޚަމްވެއްޖެއެވެ. މި ގޮވުން ގޮވާފައި ވަނީ ޗާންދްނީ ޗޯކް މެޓްރޯ ސްޓޭޝަން ކައިރީގައި އޮތް ކާރެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭގަނޑު 7:00 ހާއިރެވެ. ގޮވުމުގެ ސަބަބުން ސަރަހައްދުގައި ހުރި ކާރުތައް ވަނީ ބައިބަޔަށް ވެއްޓި، އުޅަނދުތައް އެކި ދިމަދިމާލަށް އެއްލާލާފައެވެ. ދިއްލީ ފުލުހުންގެ މަސްދަރުތަކުން ބުނެފައި ވަނީ މިއީ ވަރަށް ބާރުގަދަ […]

އެމް.ސީ.އެސް ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއީ ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ އިމާރާތެކެވެ. މި އިމާރާތް ހުޅުވީ މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ […]

ބެންގަލޫރު އެއަރޕޯޓް ޓާމިނަލްގައި ނަމާދުކުރުމުން ބީޖޭޕީ މޭކަރައިފި

ކަރްނާޓަކާ ސްޓޭޓްގެ އިދިކޮޅު ބީޖޭޕީ އިން ވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓާމިނަލް 2 ގެ ބޭރުގައި ބަޔަކު ނަމާދުކުރާ މަންޒަރު ފެންނަ ފޮޓޯއަކާއި ވީޑިއޯއެއްގެ މައްސަލައިގައި މޭކަރައިގެން މައްސަލަ ޖައްސާފައެވެ. އިސްލާމޯފޯބިއާގެ މައްސަލައެއްކަމަށް ބެލެވޭ މި ކަމުގައި ބީޖޭޕީން ވަނީ މުސްލިމުން ޓާމިނަލްގެ ބޭރުގައި ނަމާދު ކުރީ ކާކުގެ ހުއްދައިގެންތޯ އަހައި ސުއާލުކޮށް މައްސަލަ ޖައްސާފައެވެ. ބީޖޭޕީން ވެރިކަން ކުރާ ސްޓޭތްތަކުގައި މުސްލިމުންނަށް ދުއްޕާން ކޮށްހަދައެވެ. އެގޮތުން ބީޖޭޕީގެ ޗީފް މިނިސްޓަރުން ކަމަށްވާ ޔޯގީ […]

ޗައިނާއިން ރާއްޖެއަށް ފެން ހިންދާ ޕަންޕު ހަދިޔާ ކުރައްވައިފި

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ، މި ތަކެތި ރަސްމީކޮށް ހަވާލުކުރެއްވުމަށް ހުޅުމާލޭ ސެންޓަރަލް ޕާރކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން […]