އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފި

”މޯލްޑިވްސް 2.0″ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފައެވެ. މި ޚިދުމަތުގެ ސަބަބުން ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ވަނީ އައިސްފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބަރސެލޯ ނަސަންދުރައިގައި މިއަދު ހެނދުނުއެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ […]

މި އަހަރު ޚާއްސައިނާމް ލިބިވަޑައިގަންނަވާނީ ތެއްތިރީސް ބޭފުޅަކަށް

މާދަމާ ބާއްވާ ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވެފައިވަނީ މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންކަމަށެވެ. މި އިނާމަށް ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް މާދަމާގެ ޖަލްސާގައި ދެއްވާނެއެވެ. އެއިނާމް މިއަހަރު ލިބިވަޑައިގަންނަވަނީ […]

ހަނިމާދޫ އެއަރޕޯޓު ހުޅުވުނީ އެގްރީމެންޓުގައިއޮތް ތާރީޚަށް: އަމީރު

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުނީ އެގްރީމެންޓުގައި ބުނެފައިވާ ތާރީޚުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ސަރުކާރުގައި ފަށައިފައިވާ މި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވައިފައިވަނީ ރޭގައެވެ. ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އެއަރޕޯޓު ހުޅުވުމަށްފަހު އެކަމުގެ އުފާ މިސަރުކާރުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި އަމީރު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން ވަރަށް ފޯރީގައި އެބަ ހުޅުވާ. […]

ފަލަސްޠީނު މީހުންގެ ގުނަވަންތަކުން ޔަހޫދީން ވައްކަން ކުރަނީ

އިސްރާއީލުން ފަލަސްތީނުގެ ފަރާތްތަކާ ހަވާލުކުރި މަރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހަށިގަނޑުތަކުން ގުނަވަންތައް ވަގަށް ނަގާފައިވާކަމުގެ ހެކިތައް ފެންނަ ކަމަށް، ފަލަސްޠީނު ދަރިކޮޅުގެ ޔޫކޭގެ މަޝްހޫރު ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަން ޑރ. ޣައްސާން އަބޫ ސިއްތާ ވިދާޅުވެއްޖެއެވެ. އަބޫ ސިއްތާ ވިދާޅުވީ މިކަން ކޮށްފައިވަނީ ވަރަށް ހުނަރުވެރިކަމާއެކު ކަމަށާއި ކަން ކޮށްފައިވާ ގޮތުން ސާބިތު ވަނީ މިއީ ގުނަވަންތައް ވަގަށް ނަގަން ކޮށްފައިވާ ކަމެއް ކަމަށެވެ. ޑރ. އަބޫ ސިއްތާ ވަނީ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި އެތައް […]

އަނގައިން ނުބައިވަސް ދުވުން: އާންމު ސަބަބުތަކާއި އެކަމުން ސަލާމަތްވާނެ ގޮތްތައް

ހެނދުނު ހޭލާއިރު އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެކެވެ. ގިނަ ފަހަރު މިއީ އެއްވެސް ނުރައްކަލެއް ނެތް، އަދި ހަމައެކަނި އަނގަ ސާފުކޮށްލުމުން ހައްލުވާ މައްސަލައެކެވެ. ނަމަވެސް، ބައެއް ފަހަރު މިކަން ދިގުލައިގެންދާނަމަ، އެއީ އަނގަ ނުވަތަ ހަށިގަނޑުގެ އެހެން ބައެއްގައި ސިއްޙީ މައްސަލައެއް ހުރިކަމުގެ އަލާމާތަކަށް ވެސް ވެދާނެއެވެ. މި މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކާއި އެކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ތިރީގައި މިވަނީއެވެ. ހެނދުނު ހޭލާއިރު އަނގައިން […]

މިރަށުގެ ރައްޔިތުން ދިރިއުޅެނީ އެންމެ އިމާރާތެއްގެ ތެރޭގައި

އެލަސްކާގެ ދެކުނުގެ ފަރުބަދަތަކުން ވަށާލެވިފައިވާ، އަދި ގިނަ ފަހަރަށް ފިނި މޫސުމުގެ ގަނޑުފެނުގައި ގެނބިފައިވާ އެހަކެރި ބަނދަރު ރަށެއް ކަމަށްވާ ވިޓިއާ އަވަށަކީ، ދުނިޔޭގެ އެހެން ތަންތަނާ ތަފާތު ޚާއްސަ އަވަށެކެވެ. މިއަވަށުގެ 263 މީހުންގެ ކުޑަ އާބާދީއެއް އޮވެއެވެ. މި އަވަށުގެ އެންމެންގެ ދިރިއުޅުން ބިނާވެފައި ވަނީ ގާތްގަނޑަކަށް އެންމެ ބިޔަ އިމާރާތެއްފަދަ އެކުވެންޏެއްގައެވެ. ފިނިހަނގުރާމައިގެ ޒަމާނުގައި ބިނާކުރެވުނު 14 ބުރީގެ ބެގިޗް ޓަވަރސް އަކީ، މި ރަށުގެ ރައްޔިތުންގެ ގެތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، އަދި […]