ލާއޯސްގައި ކުޑަކުދިންގެ ޖިންސީ ވިޔަފާރީގައި ޖަޕާނު ޓޫރިސްޓުން ބައިވެރިވޭ

ލާއޯސްގެ ބިންގަރާސްތަކުގައި ހިންގާ ކުޑަކުދިންގެ ޖިންސީ ވިޔަފާރިއަށް ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރި ފިރިހެނުން ޒިޔާރަތްކުރާކަން ހާމަވެއްޖެއެވެ. ކިޔޯޑޯއިން ބުނަނީ މި ޖިންސީ ވިޔަފާރީގައި ޖަޕާނުގެ ރައްޔިތުން ވެސް ހިމެނޭ ކަމަށެވެ. ލައޯސްގެ ވެރިރަށް ވިއެންޓިއެންގައި މިފަދަ ތަންތަން ހުންނަނީ ރެސްޓޯރެންޓު ނުވަތަ ސްކޫލްގެ ސިފައިގައެވެ. މިތަންތާނގައި އުމުރުން 10 އަހަރުގެ ކުޑަކުދިން ޖިންސީ ޚިދުމަތުގައި ބޭނުންކުރާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ކުޑަ ކުދިންގެ ޖިންސީ ވިޔަފާރިން ފައިދާ ހޯދާ ފަރާތްތަކުގެ ތެރޭގައި ޗައިނާ، ދެކުނު ކޮރެއާ، […]

ތައިނާވާންގެ މައްސަލާގައި ޖަޕާނާއި ޗައިނާއިން ބަހުގެ ހަމަލަތައް ބަދަލުކޮށްފި

ޗައިނާގެ ތައިވާނާ ގުޅޭ މައްސަލަތަކުގެ ތެރެއަށް ޖަޕާނުން ވަދެދާނެ ކަމަށް ބޮޑުވަޒީރު ސަނާއީ ތަކައިޗީ ވިދާޅުވުމާ ގުޅިގެން ޗައިނާއާއި ޖަޕާނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މިކަމާ ގުޅިގެން ދެ ގައުމުން ވަނީ ހަރުކަށި އިހުތިޖާޖުތައް ހުށަހަޅާފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. ބެއިޖިންގ އިން ވަނީ ޖަޕާނުގެ ސަފީރު ހާޒިރުކޮށް، ތަކައިޗީގެ ވާހަކަތަކަކީ ”އިންތިހާއަށް ވިޔާނުދާ އަދި ނުރައްކާތެރި“   ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް އަނބުރާ ގެންދިއުމަށް އެދިފައެވެ. ޗައިނާގެ ނައިބު […]