މިޔަންމާގައި ސްކޭމް ހިންގަމުން ދިޔަ އޮޕަރޭޝަންތައް ހުއްޓުވައިފި

އެމެރިކާއިން ކެމްބޯޑިއާގެ ޕްރިންސް ގްރޫޕް އަދި އެ ގްރޫޕްގެ ޗެއާމަން ޗެން ޒީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، މިޔަންމާގައި ފެށި ބޮޑު އޮޕަރޭޝަނެއްގައި މައުލޫމާތުގެ ރަސްމަގުގައި ފޭރޭ ބަޔަކު އަތުލައިގެންފިއެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ސަރަހައްދީ ސްކޭމް ނެޓްވޯކްތަކާ ޗައިނާގެ ރައްޔިތުން މި ކަމުގައި ބައިވެރިވާ މިންވަރު ވަނީ ހާމަވެފައެވެ. އޮކްޓޯބަރު 14 ގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ވަނީ ޗެން ޒީގެ މައްޗަށް ކްރިމިނަލް ވިޔަފާރީގެ ވިއުގައެއް ހިންގުމުގެ ދައުވާ އުފުލާފައެވެ. […]
”ރަނި އެވޯޑް 2025“ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ”ރަނި އެވޯޑް 2025“ އަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމެޓީން ހުޅުވާލައިފިއެވެ. މިއީ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އެ ެސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށް، މާލެ ސިޓީގެ ދާއިރާތަކުގައި ތިއްބެވި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެނުންނަށް ޚާއްސަކޮށް ދޭ އެވޯޑެކެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ކައުންސިލްގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ޢާންމު […]
އޭޓީއެމް ޚިދުމަތް ލިބޭގޮތަށް ބަސް ސްޓޮޕްތަކެއް އިމާރާތް ކުރަނީ

މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާ އެކު، ބަސް ސޮޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމުގެއް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުން ވެފައިވަނީ މާލެ ސީޓީ ކައުންސިލާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި ދެމުގައެވެ. މާލެ ސީޓީ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުޙައިމިން ނަސީރެވެ. އެމް.އައި.ބީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ޒުލާލް ޒައީމެވެ. މިއެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު […]
ދުންދަނޑިއަކުން އަލިފާން ރޯވެއްޖެ

ޗައިނާގެ ފައްޅިއަކަށް ދިޔަ މީހަކު ރޯކުރި ދުންދަނޑިއަކުން އަލިފާން ރޯވެ ފައްޅި އަނދައިފިއެވެ. އަނދާފައިވާ ފައްޅިއަކީ އާސާރީ ފައްޅިއެކެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ. ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގެ ޒާންގްޖިއާންގެ މައުންޓް ފެންގްވާންގްގައި ހުންނަ ވެންގަންގް ޕެވިލިއަންގައި އަލިފާން ރޯވެފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ. މިއީ1500އަހަރުވެފައިވާފައްޅިއެކެވެ.
ސިފައިންގެ ބާރުތައް އިތުރުކޮށްފި

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޤާނޫނުއަސާސީއަށް ގެންނަ 27 ވަނަ އިސްލާޙު ފާސްކޮށްފައެވެ. މި އިސްލާޙަކީ ސިފައިންގެ ވެރިޔާގެ ބާރުތައް ފުޅާކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށްފައިވާ އިސްލާހެކެވެ. މި އިސްލާޙުގެ ދަށުން، ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު، މިހާރު ހުންނަވާނީ ޗީފް އޮފް ޑިފެންސް ފޯސަސް (ސީޑީއެފް) ގެ މަޤާމުގައެވެ. މި މަޤާމުގެ ދަށުން، އޭނާއަށް ނޭވީ އަދި އެއަރ ފޯސްގެ ކޮމާންޑް ވެސް ލިބިގެންދެއެވެ. މީގެ އިތުރުން، ފީލްޑް މާޝަލް، […]
އިންޑިއާއިން އެވިއޭޝަން ޔުނިވާސިޓީއެއް ގާއިމް ކުރަނީ

އިންޑިއާގެ ސިވިލް އެވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރަޕޫ ވިދާޅުވަނީ އިންޑިއާގައި ކޮންމެ 50 ދުވަހަކުން އާ އެއާޕޯޓެއް އިފްތިތާހު ކުރަމުންދާ ކަމަށެވެ. މިކަމުން އެގައުމުގެ އެވިއޭޝަން ސެކްޓަރަށް އަންނަމުންދާ ހަލުވި ކުރިއެރުން ހާމަވެގެންދާ ކަމަށް ވިދާޅުވެއެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާ ހަލުވިކަމާއެކު ފެނިގެން ނުދާ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވެއެވެ. ވިޝާކަޕަޓްނަމްގައި ބޭއްވި 30 ވަނަ ސީއައިއައި ޕާޓްނަރޝިޕް ސަމިޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ކިންޖަރަޕޫ ވިދާޅުވީ، މި ކުރިއެރުމުގެ ސަބަބުން […]
ސްރީ ލަންކާއިން ގުޖުރާތުގެ ތަރައްޤީގެ މޮޑެލަށް ބަލަނީ: ހައިކޮމިޝަނަރ

ސްރީ ލަންކާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު، މަހިޝިނީ ކޮލޯން، ވަނީ ސްރީލަންކާއިން އިންޑިއާގެ ގުޖުރާތުގެ ތަރައްޤީގެ މޮޑެލް ނަމޫނާއަކަށް ބަލާ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވީ ދެ ސަރަހައްދުގެ ދެމެދުގައިވާ އިޤްތިޞާދީ ފުރުޞަތުތަކަކީ މުހިންމު ފުރުސަތުތަކެއް ކަމުގައި ވިދާޅުވެފައެވެ. އަދި ގުޖުރާތާއި ސްރީލަންކާއާ ދމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ވުމުން އިތުރު ތަނަވަސް ކަމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ކޮލޯން ވިދާޅުވީ ގުޖުރާތާއި ސްރީ ލަންކާއާ ދެމެދު ޒަމާންވީ ގުޅުމެއް ބަދަހިވެފައިވާ ކަމަށާއި އެއީ […]
ޗައިނާގެ ރައްޔިތުންގެ ބެނާތަކާއެކު އިޙްތިޖާޖު

ޑިމޮކްރަސީއާއި ސިޔާސީ އިސްލާޙަށް ގޮވާލާ މީސްމީޑިއާގައި އަދި ސިއްރުން އަވަށްތަކުގައި ބެނާތައް ނެގުމަކީ ޗައިނާގައި މިހާރު ފެޝަނަކަށް ވެފައިވާ ކަމެކެވެ. ޗައިނާގައި މުޒާހަރާ ކުރުމާއި ދެކޮޅުވެރިކަން ދެއްކުމަކީ އިޖުތިމާއީ ހަމަޖެހުމަށްޓަކައި މަނާ ކޮށްފައިވާ ކަމެކެވެ. މިފަދަ އެއް ހާދިސާގައި، އޮކްޓޯބަރު މަހުގެ ފަހުކޮޅު ބެއިޖިންގގެ ސަންލިތުން ޑިސްޓްރިކްޓްގައި މީހަކު ވަނީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަކީ އިންސާނިއްޔަތާ ދެކޮޅު ނުބައި ޖަމާޢަތެއް ކަމަށް ބުނެ، ސިޔާސީ ޕާޓީތަކުގެ މިނިވަންކަމާއި، ވާދަވެރިކަމާއި، ޤާނޫނުގެ ވެރިކަމަށް ގޮވާލާ ބެނާތަކެއް ނަގާފައެވެ. […]
ސިގިރެޓު ވަގަށްނެގި މައްސަލާގައި ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ އެތަނުގެ، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓައި ވަގަށްނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވެފައިވަނީ މިފަހަރު ހައްަރު ކޮށްފައިވަނީ ރާއްޖެގައި އުޅޭ ބަނގްލަދޭޝް ރައްޔިިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިއާ (36އ) އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރުމަހު ބާރަ ވަނަދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު […]
ބަނގްލަދޭޝްގައި ހަޅުތާލުކޮށް ގައުމު ބަންދުކޮށްފި

ބަންގްލަދޭޝްގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އާވާމީ ލީގުން ވަނީ، އެ ޕާޓީ ގާނޫނާ ޚިލާފަށް މަނާކުރުމާއި އަދި އެ ޕާޓީގެ ލީޑަރު ޝެއިޚް ޙަސީނާގެ މައްޗަށް ދައުވާކުރުމާ ދެކޮޅަށް މުޅި ބަނގްލަދޭޗްގައި ހަޅުތާލެއް ފަށާފައެވެ. ކުރީގެ ބޮޑުވަޒީރު ޙަސީނާ އިސްކޮށް ހުންނަވާ އާވާމީ ލީގަކީ ޑރ. މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވާ ޕާޓީއެކެވެ. މި މައްސަލައިގެ ސިޔާސީ ފަސްމަންޒަރަށް ބަލާއިރު، 1971 ވަނަ އަހަރުގެ ހަނގުރާމައިގެ ކުށްތަކުގެ […]
