ސިގިރެޓު ވަގަށްނެގި މައްސަލާގައި ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި

މުހައްމަދު އަލީ
ނޮވެމްބަރ 16, 2025

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ އެތަނުގެ، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓައި ވަގަށްނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވެފައިވަނީ މިފަހަރު ހައްަރު ކޮށްފައިވަނީ ރާއްޖެގައި އުޅޭ ބަނގްލަދޭޝް ރައްޔިިތެއް ކަމަށްވާ މުޙައްމަދު އަލަމިން މިއާ (36އ) އެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރުމަހު ބާރަ ވަނަދުވަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިިޔަފާރިވެރިންތަކެއް ވެސް ހިމެނެއެވެ.

ކަސްޓަމްސްގެ ބެލުުމުގެ ދަށުގައި ހުއްޓާ ސިގިރެޓް ވަގަށް ނަގައިފައިވާ މައްސަލަ، ފުލުހަށް ރިޕޮޓުކޮށްފައިވަނީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހު އެވެ.

މި ލިޔުމާ ގުޅޭ