އެމެރިކާ: ހޮސްޕިޓަލުން ބޭރުކޮށްލުމުން ދުވާރު މަތީ އޮވެ ވިހައިފި

އެމެރިކާގެ އިންޑިއާ ސްޓޭޓްގެ ހޮސްޕިޓަލަކުން މާބަނޑު އަންހެނަކު ވިހަވިހައި އޮތްވައި ހަސްފަތާލުން ބޭރުކޮށްލައިފިއެވެ. އަންހެން މީހާ ވިހާފައި ވަނީ ހޮސްޕީޓަލުން ބޭރުގައި ދުވާރު މަތީގައި އޮވެގެންނެވެ. އާއިލާއިން ވަނީ ހޮސްޕިޓަލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ޖަވާބުދާރީކުރުމަށް ގޮވާލައިފައެވެ. އާއިލާގެ މެންބަރުން ބުނާ ގޮތުގައި، އެ އަންހެން މީހާގެ ހާލަތު ސާފުކޮށް ފެންނަން ހުއްޓާ ވެސް ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ އޭނާ ބޭރުކޮށްލާފައެވެ. ފްރާންސްސިސްކަން އެކްޓިވް ހެލްތު ޕޮއިންޓް ހޮސްޕިޓަލުން ކަންކުރީ އިންސާނިއްޔަތާ ޚިލާފް ގޮތަކަށް ކަމަށް އާއިލާއިން […]
ޓްރަމްޕްގެ ދައުރުގެ ސިއްރު ފުލުހުންގެ އުދަނގޫ ބޮޑު ވަނީ

އެމެރިކާގެ ކޮލޮރާޑޯގައި ދިރިއުޅޭ އާއިލާއަކަށް ދިމާވި ހާދިސާއެކެވެ. ބައަޕްއާއި ކުދިން ދިޔައީ، ކައިރީގައި ހުރި ސުޕަމާކެޓަކަށް ގެއަށް އެއްޗެއް ގަންނާށެވެ. އެމީހުން ލަސްވެގެން މަންމަ ހޯދިއިރު ޓްރަމްޕްގެ ސިއްފު ފުލުހުން ވަނީ ކޮލަރާޑޯ ސްޓޭޓްގެ ޑެންވާ އިން އެމީހުން ހައްޔަރުކޮށްގެން ޓެކްސަސްގެ ޖަލަކަށް ގެންދިއުމަށް މަތިންދާބޯޓަކަށް ލާފައެވެ. މިއީ ޓްރަމްޕް ވެރިކަމަށް އައި ފަހުން ހަރަކާތްތެރިވާ އޭނާގެ ސިއްރު ފުލުހުން ކަމަށްވާ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސްގެ އެޖެންޓުން ކުރި ކަމެކެވެ. އައިސް އަކީ ކުރިން […]
ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުން އެހެން ގައުމުތަކުގެ ގާނޫނުތަކަށް އަސަރު ކުރޭ

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އަކީ ހަމައެކަނި ދަރަނި އާއި ކޮރަޕްޝަންގެ މައްސަލަތަކެއް ނޫނެވެ. މި ޕްރޮޖެކްޓްތަކުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކާއި، މިންގަނޑުތަކާއި، ޑޭޓާގެ ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް މިކަމުން އަންނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ބަދަލުތައް އަންނަނީ ސިއްރުން އަދި ގިނަ ފަހަރު އެ ގައުމުތަކުގެ ސިޔާދަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރުވާފަދަ ގޮތަށެވެ. ބީއާރުއައިގެ އެއްބަސްވުންތަކުގައި ގިނަ ފަހަރު ޗައިނާއަށް ފަހިވާ ގާނޫނީ މާއްދާތަކާއި، ޓެކްނިކަލް ސްޓޭންޑަރޑްތަކާއި، ފުށުއަރާ ކަންކަން ހަމަޖައްސާނެ […]
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އޮފިޝަލުން ހޯދަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ. މި ދެއިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. މި ދެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ހަތްހާހަށްވުރެގިނަ އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ވަނީ ވިދޅުވެފައެވެ. ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ […]
ދިފާޢީ ބާރު ވަރުގަދަކުރުމުގެ، މަސައްކަތް ދަނީ ކުރެވެމުން: ރައީސް

މި ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ”މޯލްޑިވްސް ފަރސްޓް“ ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، […]
ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މަސައްކަތްތަކެއް ދަނީ ކުރެވެމުން: ރައީސް

ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް، މިނިވަންކަމުގެ ފަލަ، ރަތް ރޮނގު ހިމާޔަތްކުރުމަށްޓަކައި މުހިންމު ހުރިހާ ދާއިރާއަކުން ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް، މިހާތަނަށް ކުރެވިފައި ނުވާފަދަ މަސައްކަތްތަކެއް ފާއިތުވީ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް މި ރޮނގުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ އޮތް ”ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ […]
ހުރިހާ ސިޔާސަތެއް ބިނާވެގެންވާ މަދަކީ މާތްވެގެންވާ އިސްލާމްދީން: ރައީސް

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވައިދެއްވައި، އޭގެ ފޮނިމީރުކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި، ހުރިހާ ސިޔާސަތެއް ބިނާވެގެންވާ މަދަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104“ މިނަމުގައި މި ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ، ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ހުރިހާ މަޝްރޫޢެއްވެސް […]
