އެމެރިކާގެ އިންޑިއާ ސްޓޭޓްގެ ހޮސްޕިޓަލަކުން މާބަނޑު އަންހެނަކު ވިހަވިހައި އޮތްވައި ހަސްފަތާލުން ބޭރުކޮށްލައިފިއެވެ. އަންހެން މީހާ ވިހާފައި ވަނީ ހޮސްޕީޓަލުން ބޭރުގައި ދުވާރު މަތީގައި އޮވެގެންނެވެ. އާއިލާއިން ވަނީ ހޮސްޕިޓަލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ޖަވާބުދާރީކުރުމަށް ގޮވާލައިފައެވެ. އާއިލާގެ މެންބަރުން ބުނާ ގޮތުގައި، އެ އަންހެން މީހާގެ ހާލަތު ސާފުކޮށް ފެންނަން ހުއްޓާ ވެސް ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ އޭނާ ބޭރުކޮށްލާފައެވެ.
ފްރާންސްސިސްކަން އެކްޓިވް ހެލްތު ޕޮއިންޓް ހޮސްޕިޓަލުން ކަންކުރީ އިންސާނިއްޔަތާ ޚިލާފް ގޮތަކަށް ކަމަށް އާއިލާއިން ސިފަ ކޮށްފައި ވެއެވެ. އެމީހުން ބުނާ ގޮތުގައި ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަންހެން މީހާގެ ހާލަތު ސާފުކޮށް އެނގިފައިވެއެވެ. އާއިލާއިން ވަނީ އޭނާ ކުރިން ހަސްފަތާލަށް ގެންދިޔަ މަންޒަރާއި ފަހުން ވިހައިގެން ދަރިފުޅު ގެއަށް ގެނައި މަންޒަރު ހާމަކޮށްފައެވެ.
އަންހެން މީހާ ބުނަނީ އޭނާގެ ވޭންވަރާއެކުވެސް ނަރުހުންގެ އިތުރުން ޑޮކްޓަރަކު އޭނާ ވިއްސާކަށް ނާދެއެވެ. އަދި އޭނާގެ ވޭންވަރު ހުއްޓުނުކަމަށް ބަލައި ނަރުހުން ވަނީ އޭނާގެ ހުރުމާ ދެކޮޅަށް އޭނާ ޑިސްޗާޖު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ހަސްފަތާލުގެ ބޭރު ދުވާރު މަތީގައި އޭނާ ބާއްވައިގެން މެންދަމު ގަޑީގައި އޭނާ ވިއްސަން އެހީތެރިވެ ދިނީ އޭނާގެ ފިރިމީހާއެވެ.






