ފައިސަލާއި، އަސްލަމް ފުވައްމުލައް ސިޓީއަށް

ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ. މިއީ އެމްޑީޕީގެ ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ އިތުރުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓީމުތައް ބަދަހި ކުރުމުގެ މަސައްކަތް މިދެ ބޭފުޅުންގެ ޓީމުން ކުރައްވާނޭ ކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.

ސިގިރެޓުތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފި

ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައި ބަހައްޓާފައިހުރި 32 ކާޓަން ސިގިރެޓްގެ ތެރެއިން 6 ކާޓަން ސިގިރެޓް މަދުވެފައިވާ މައްސަލައެއް ބަލަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ މިއަހަރު މެއިމަހު 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސިގިރެޓު ކަމަށް ފުލުހުން ވިދާޅުވިއެވެ. ”މިތަކެތީގެ ތެރެއިން 6 ކާޓަން ސިގިރެޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމާ ހަވާލު […]