ޓްރަމްޕް މުސްލިމު ލީޑަރެއްގެ ނަމަކާ މެދު މިވަރަށް ގަޔާ ވަނީ ކީއްވެ؟

އެމެރިކާ ރައީސް ޓްރަމްޕް މުސްލިމު ލީޑަރެއްގެ ނަމަކާ މެދު މިވަރަށް ގަޔާ ވަނީ ކީއްވެ؟ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އޭނާ އެންމެ ގަޔާވާ ލަފްޒަކީ، ޓެރިފް މި ލަފްޒް ކަމަށެވެ. މިއީ ޓްރަމްޕްވެސް އަދި ޔޫރަޕްގެ ވެރިންނާއި ވިޔަފާރި ވެރިން ކޮންމެ ދުވަހަކުހެން ބޭނުން ކުރާ ބަހެކެވެ. މިބަސް ވިދާޅުވަމުން މިބޭފުޅުންގެ ދޫފުޅަށް މިގެންނެވެނީ މުސްލިމެއްގެ ނަން ކަން މިބޭފުޅުންނަށް ވިސްނި ވަޑައިގަންނަވާނެ ނަމަ……! ޓެރިފްއަކީ އިމްޕޯޓު ކުރާ މުދަލަށް ނޫނީ އެކްސްޕޯޓު ކުރާ މުދަލަށް […]

ކަރަންޓު ކޯހަކީ އެދާއިރާއަށް ވަނުމަށް އަންހެނުންނަށް އެޅުނު ބިންގަލެއް: ޝަމާހް

އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ކޯހުގެ ސަބަބުން ކަރަންޓުގެ އަސާސީ ހުނަރު ދަސްވެ ކަރަންޓު މަސައްކަތުގެ ތެރެއަށް ވަނުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވެއްޖެއެވެ. މި ކޯސް ނިންމި ފަރާތްތަކަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފިރިހެނުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމަކީ ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން […]

އިލެކްޓްރީޝަން ކޯހުގެ ސަބަބުން ބޮޑެތި ބަދަލް އަންނާނެ: ސާޖިދާ

އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ގެ ސަބަބުން ވަރަށްބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ މިކޯސް ފުރިހަމަކުރި އަންހެނުންނަށް ސެޓުފިކެޓު ދެއްވުމަށް ބޭއްވިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ”ފަށާ ފެންވަރުގެ މަޢުލޫމާތާއި މަސައްކަތާއި ހުނަރަށް ޚާއްސަކޮށްގެން މި ކޯސް ފަރުމާކުރެވިފައި އޮތުމަކީ މި ދެންނެވި ފަދަ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ، ތަޞައްވަރު ކުރެވޭ ކަމެއް،“ […]

”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ނިންމައި ސެޓުފިކެޓު ދީފި

ސްޓެލްކޯއިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ބައިވެރިންނަށް ސެޓުފިކެޓު ދީފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓުފިކެޓު ދެއްވީ ޝަރަފުވެރިމެހުމާނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ. މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. ޖުމްލަ 7 […]

ދަރްމެންދްރާ ހަގީގަތުގައިވެސް މިފަހަރު މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު ދަރްމެންދުރާ އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ. ފަހަކަށް އައިސް އޭނާ މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު އަޑުތައް ފެތުރުނު ނަމަވެސް، މި ފަހަރު މި ހިތާމަވެރި ހަބަރު އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ދަރްމެންދްރާ މަރުވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، ހާލު ދެރަވެގެން މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ބޮލީވުޑްގެ ”ހީ މޭން“ ގެ ނަމުން މަޝްހޫރުވެފައިވާ ދަރްމެންދްރާ ވަނީ އިންޑިއާގެ […]

ޓިކްޓޮކްގައި ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓް އިސްކުރޭ

ނެޓްވޯކް ކޮންޓެޖިއަން ރިސާޗް އިންސްޓިޓިއުޓް (އެންސީއާރުއައި) އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، ޓިކްޓޮކްގެ އެލްގޮރިދަމްތަކުން ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓް ނިޒާމީ ގޮތެއްގައި އިސްކުރަމުންދާ ކަމަށް ވަނީ ހާމަވެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި މި ޕްލެޓްފޯމްގައި ޗައިނާއަށް ފާޑުކިޔާ ކޮންޓެންތް ފަނޑުކޮށް އާންމުންގެ ތަސައްވުރު ބައްޓަންކުރުމުގައި ބޮޑު ދައުރެއް އަދާކުރެއެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި ”އުއިގޫރު“، ”ޝިންޖިއަންގް“، ”ޓިބެޓް“ އަދި ”ޓިއަނަންމެން“ ފަދަ ލަފުޒުތައް ޓިކްޓޮކްގައި ހޯދަން އުޅެފިނަމަ، އެހެން ސޯޝަލް […]

ފައްޔާޒުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނާނެ: ރައީސް ސާލިހު

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ފައްޔާޒު އިސްމާއީލް ހުންނެވި ދުވަސްވަރު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި ހުނަވައިގެން ފައްޔާޒު ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. ”މަނިކުފާނުގެ ޗެއަރޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި […]