ކަރަންޓު ކޯހަކީ މިދާއިރާއަށް ވަނުމަށް އަންހެނުންނަށް އެޅުނު ބިންގަލެއް: ޝަމާހް

މުހައްމަދު އަލީ
ނޮވެމްބަރ 24, 2025

އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ކޯހުގެ ސަބަބުން ކަރަންޓުގެ އަސާސީ ހުނަރު ދަސްވެ ކަރަންޓު މަސައްކަތުގެ ތެރެއަށް ވަނުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވެއްޖެއެވެ.

މި ކޯސް ނިންމި ފަރާތްތަކަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފިރިހެނުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމަކީ ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަޤީން ކަމަށެވެ.

ޝަމާހު ވިދާޅުވީ އަންހެނުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން މި ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތާއި ވިސްނުން ވެސް ލިބިގެންދާނޭ ކަމަށް ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ