ޔަހޫދީންގެ ޙަޤީޤީ ސޫރަ ދުނިޔެއަށް ހާމަކޮށްލި ފޮތް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 26, 2026

ދުނިޔޭގައި އެފަދަ ފޮތެއް އޮތްކަމާއި، އެފޮތް ހިޓްލަރަށް ދެއްކުމުން، އެ ފޮތް ކިޔާފައި ސިހުން ލިބި، ޔަހޫދީން ޖަރުމަނުވިލާތުން ބޭރުކުރަން ނިންމި ވާހަކަ، ދުވަހަކުވެސް މީހަކު ކިޔައިދީފައިވޭ ހެއްޔެވެ؟ އެ ފޮތް، އެމެރިކާގެ އެންމެ ބޮޑު ސިނާޢީ ވިޔަފާރިވެރިޔާ ހެންރީ ފޯޑު އަތަށް އެރުމުން، މުޅި ދުނިޔެއަށް އެފޮތް ހާމަކުރުމަށް ގަސްތު ކުރިއެވެ. އެގޮތުން، އޭނާގެ ނޫހެއް ކަމަށްވާ ”ޑިއާރބޯން އިންޑިޕެންޑެންޓް“ ގައި ޖެހިޖެހިގެން 91 ހަފްތާ ވަންދެން، އެފޮތުގެ އެކިއެކި ބައިތައް ޝާއިޢުކުރިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ފައިސަލް، ލީބިޔާގެ ލީޑަރު މުޢައްމަރުލް ޤައްޒާފީ، އަދި މިސްރުގެ ރައީސް ޖަމާލު ޢަބުދުއް ނާސިރު އަދި އަންވަރުއް ސާދާތު ފަދަ ލީޑަރުން، ދުނިޔެއަށް އިންޒާރުދީ މީސްތަކުންގެ ލޯތައް ހުޅުވުމަށްޓަކާ، ސަރުކާރުގެ ޚަރަދުގައި އެފޮތް ޝާއިޢު ކުރިއެވެ. މިހާރު ގޫގުލް އިން ތިބާ އެފޮތް ސަރޗް ކޮށްފި ނަމަ، ގޫގުލް އިން ބުނާނީ އެފޮތަކީ ޞައްޙަ ފޮތެއް ނޫން ކަމަށެވެ. އެ ފޮތަކީ ދުނިޔޭގެ ތާރީޚުގައި ވަރަށް ގިނަ ޤަޟާއީ ދަޢުވާތަކެއްގެ މައުޟޫޢަކަށް ވެފައިވާ ފޮތެއްވެސް މެއެވެ. އެ ފޮތަކީ ނަކުލީ ފޮތެއް ނަމަ، ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގެ ނައްޞަކަށް، އެ ފޮތްވީ ކީއްވެގެން ހެއްޔެވެ؟ އެ ފޮތުގައި ބުނެފައިވަނީ ”ދުނިޔޭގެ ސަރުކާރުތައް އަހުރެމެންގެ ބާރުގެ ދަށަށް ގެނެސް، ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ބޭނުންކޮށް، ދުނިޔޭގެ ބޭންކިން ނިޒާމު އަހުރެމެންގެ ބާރުގެ ދަށަށް ގެންނަން ޖެހޭނެ“ ކަމަށެވެ. މިއަދު، ދުނިޔޭގައި ހިނގަމުންދާ ކަންކަމަކީ އެފޮތުގެ ރޭވުމާ އެއްގޮތަށް ހިނގާ ކަންކަމެވެ. އެފޮތުގެ ނަމަކީ ”ޕްރޮޓޮކޯލްސް އޮފް ދަ އެލްޑަރސް އޮފް ޒައޯން“ އެވެ.

އެ ފޮތުގެ ވާހަކަ ފެށުނީ، 1897 ވަނަ އަހަރު ސްވިޒަލޭންޑްގެ ބަޒެލްގައި، އޮސްޓްރިއާގެ ނޫސްވެރިއެއް ކަމަށްވާ ”ތިއޮޑޯރ ހަރޒުލް“ ދުނިޔޭގެ ފުރަތަމަ ސަޙުޔޫނީ ކޮންގްރެސްއަށް ގޮވާލުމާއި ހިސާބުންނެވެ. ސަޙުޔޫނީ ފުރަތަމަ ކޮންގްރެސްގެ އަމާޒަކީ ފަލަސްޠީނުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކުރުމެވެ. މީޑިއާތަކާއި، ކެމެރާތަކުގެ ކުރިމަތީގައި ބޭއްވި، އެ ކޮންގްރެސް އަކީ ސިއްރެއް ނޫނެވެ. އެ ކޮންގްރެސްގެ ސަބަބުން ދުނިޔެއަށް އޮތް ނުރައްކާ ފާހަގަވެގެން ދިޔައެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ރަޝިޔާގައެވެ. ރަޝިޔާގެ އޭރުގެ ވެރިޔަކީ، ސަޙުޔޫނީ ޙަރަކާތްތަކާ މެދު ކުރިން ވެސް ކަންބޮޑުވެފައި ހުރި ”ޒާރ ނިކޮލަސް ދެވަނަ“ އެވެ. އޭނާގެ ސިއްރު ފުލުހުންގެ ޖަމާޢަތް ކަމަށްވާ އަޚުރާނާއިން ޕެރިހުގެ ސަޙުޔޫނީ ދައުރާތަކުގެ ތެރެއަށް ވަދެ، އެމީހުން ބޭނުންވާ ޖާސޫސީ މަޢުލޫމާތު ހޯދިއެވެ. އެގޮތުން އަޚުރާނާގެ ޖާސޫސުންނަށް، 1897 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ސިއްރު ރޭވުންތަކެއް ހިމެނޭ ލިޔުންތަކެއް ލިބުނެވެ. މިއަދު، އޭގެ އެތައް އަހަރެއް ފަހުން ދުނިޔެއަށް ބަލާއިރު ހުރިހާ ކަމެއްވެސް ހިނގަމުން އެދަނީ އެ ރޭވުމާ އެއްގޮތަށް ކަމަށް ފެނެއެވެ.

1920 ވަނަ އަހަރު ފޯޑް މޮޓޯ ކޮމްޕެނީގެ ބާނީ ހެންރީ ފޯޑް ވަނީ އޭނާގެ ނޫހުގައި މި ޕްރޮޓޮކޯލްތައް ޝާއިއުކޮށްފައެވެ. އަދި ”ދި އިންޓަނޭޝަނަލް ޖިއޯ“ ގެ ނަމުގައި، 16 ބަހަކަށް ތަރުޖަމާކޮށްފައިވާ ފޮތެއްވެސް ޝާއިޢުކުރިއެވެ. 1921 ވަނަ އަހަރު ފޯޑާއި ސުވާލު ކުރުމުން ބުނީ ”އެ ޕްރޮޓޮކޯލްތަކާ ބެހޭ ގޮތުން އަހުރެންނަށް ބުނެވޭނެހާވެސް އެއްޗަކީ، އެ ހުރިހާ ޕްރޮޓޮކޯލްތަކަކީ މިހާރުގެ ޙާލަތާ ވަރަށް ގުޅުން ހުރި ޕްރޮޓޮކޯލްތަކެއް“ ކަމަށެވެ. ހަމައެފަދައިން އެޑޮލްފް ހިޓްލަރު ވަނީ 1919 އިން 1939 އަށް، އެ ފޮތުގެ 23 އެޑިޝަން ޝާއިޢުކޮށް، ތަޢުލީމީ މަންހަޖުގައިވެސް ހިމަނާފައެވެ. ހިޓްލަރު ބުނެފައިވަނީ، ”ބިރުވެރިކަމާއި، އަދި ޔަޤީންކަމާއެކު، އެ ފޮތުން ހާމަވެގެންދަނީ ޔަހޫދީންގެ ޠަބީޢަތާއި، އެމީހުންގެ ޙަރަކާތްތަކެވެ.“ ސަޢޫދީ ރަސްގެފާނު ފައިސަލް، އެފޮތް ހަމައެކަނި ޝާއިޢު ކުރެއްވެވީއެއް ނޫނެވެ. ބޭރުގެ މެހެމާނުންނަށް ހަދިޔާގެ ގޮތުގައިވެސް އެފޮތް ދެއްވެވިއެވެ. އަދި، 1988 ވަނަ އަހަރު، ޙަމާސްގެ މެނިފެސްޓޯގެ 32 ވަނަ މާއްދާގައިވެސް އެފޮތުގެ ވާހަކަ ލިޔެފައިވެއެވެ. މިވަގުތު، އެންމެ މުހިއްމު ސުވާލަކީ އެފޮތުގައި ލިޔެފައިވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ޖަވާބަކީ، ދުނިޔޭގެ މައްޗަށް ބާރުފޯރުވުމަށް ސަޙުޔޫނީން ވަނީ، އެ ފޮތުގައި 24 އުސޫލެއް ލިޔެފައެވެ. އެ އުސޫލުތައް ތިރީގައި މިވަނީއެވެ.

ސިއްރުގޮތެއްގައި ބާރުތައް ކޮންޓްރޯލުކުރުމާއި، މީހުންގެ ފިކުރާއި، ބުއްދި ކޮންޓްރޯލްކުރުމާއި، މީޑިއާއާއި، ޕްރޮޕަގެންޑާގެ މައްޗަށް ބާރުފޯރުވައި ކޮންޓްރޯލްކުރުމާއި، ސިޔާސަތުތަކާއި، އަދި ސަރުކާރުތަކަށް ނުފޫޒު ފޯރުވުމާއި، ކޮންޓްރޯލް ކުރުމަށްޓަކާ ޤާނޫނުތަކާއި އަދި ޤާނޫނީ ނިޒާމުތައް ބޭނުންކުރުމާއި، އިޤުތިޞާދާއި، އަދި މާލީ ނިޒާމު ކޮންޓްރޯލްކުރުމާއި، ދަރަންޏާއި އަދި ލޯނުތައް މެދުވެރިކޮށް ޤައުމުތައް ގުޅުވައިދިނުމާއި، ސަޙުޔޫނީންގެ ބޭނުމަށް ހަނގުރާމަތަކާއި، އަދި ހަމަނުޖެހުންތައް ބޭނުން ކުރުމާއި، އިޖުތިމާޢީ ބައިބައިވުމާއި، އަދި ތަފާތުކުރުންތައް ބޭނުންކުރުމާއި، ތަޢުލީމާއި، އަދި ތަޢުލީމީ މަންހަޖު ކޮންޓްރޯލްކުރުމާއި، ދީނީ އަދި މަޒުހަބީ ބައިބައިވުން އުފެއްދުމާއި، މީސްތަކުންގެ މެދުގައި ބިރުވެރިކަމާއި، ނާމާންކަމުގެ މާޙައުލު އުފެއްދުމާއި، ސަރުކާރުތައް ބަދަލުކުރުމާއި، ބައިނަލްއަޤްވާމީ އެއްބަސްވުންތަކުގެ ތެރެއިން ނުފޫޒު ފޯރުވުމާއި، ޢާލަމީ އިޤްތިޞާދީ ނިޒާމެއް ތަޝްކީލުކުރުމާއި، މާކެޓްތަކާއި، ވިޔަފާރިތައް ކޮންޓްރޯލް ކުރުމާއި، އަޝްރާފުންނާއި، ބާރުގަދަ ދައުރާތަކުގެ އޮނިގަނޑެއް އެކުލަވާލުމާއި، ސިއްރު ޙަރަކާތްތައް ރައްޔިތުންނަށް ސިއްރު ކުރުމާއި، މީޑިއާ މެދުވެރިކޮށް އެއްފަރާތަކަށް ޖެހިފައިވާ މަޢުލޫމާތު ފެތުރުމާއި، ވާނުވާނޭނގޭ ބޮޑެތި ހަމަނުޖެހުންތަކަށް ފަހު އަމަން ޤާއިމުކުރުމާއި، އިދިކޮޅު ބާރުތައް ބަލިކަށިކުރުމާއި، ޢާލަމީ ނުފޫޒު އިތުރުކުރުމާއި، އަދި ޢާލަމީ މުޢާމަލާތުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމެވެ.

އެ 24 ޕްރޮޓޮކޯލަކީ، މިޒަމާނުގައި އަޚުލާޤިއްޔާތު ދަށަށް ދިއުމާއި، ސިޔާސީ ހަމަނުޖެހުން ފަހުމުކޮށްދޭ ފުރިހަމަ ނައްސެކެވެ. ގޫގުލް އިން، އެއީ ނަކުލީ ފޮތެއް ކަމުގައި ބުނި ކަމުގައިވީ ނަމަވެސް، ދުނިޔޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ޙާދިސާތަކުން، އެއީ ޙަޤީޤަތެއްކަން ސާބިތު ކޮށްދެއެވެ. ވީމާ މިވާހަކަ، ކިޔައި، އަންނަން އޮތް ޖީލުތަކަށް ސަޙުޔޫނީންގެ ފިތުނަތަކުގެ ވާހަކަ އަންގައި ދިނުމަކީ ތިބާގެ ވާޖިބެކެވެ. މިއަދު ތިބާގެ މަސްއޫލިއްޔަތު އަދާނުކޮށްފި ނަމަ، މާދަމާގެ ޖީލުތައް ތިބޭނީ މި ތެދު ޙަޤީޤަތާ މެދު ޣާފިލުވެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *