ފަސް ސަތޭކަ ފުލުހުން ނުކުމެ ސަތޭކައަށްވުރެގިނަ މީހުން ހައްޔަރުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ފުލުހުން ކުރިއަށް ގެންދިޔަ ”އޮޕަރޭޝަން އަލިމަގު“ 39 ރަށެއްގައި ހިންގައިފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި އޮޕަރޭޝަނުގައި ޖުމްލަ 105 ތަނެއްވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ. އެތަންތަން ބަލައި ފާސްކޮށް ޖުމްލަ 110މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 29.68 ކިލޯ މަސްތުވާތަކެތި ވެސް ހޯދައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޖުމްލަ 188،959 ރުފިޔާވެސް ވަނީ ފެނިފައެވެ. އެއްގަމާއި ކަނޑުގައި ހިންގި މި އޮޕަރޭޝަނުގައި ކަނޑުގެ […]
އިސްފާރިދީގެ ދަރިފުޅު 200 އޮރިޔާން ކާޑު ގެންގުޅުނު

އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ އިސް ފާދިރީގެ ދަރިފުޅު ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅެ އެތަކެތިން ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ. އުމުރުން 24 އަހަރުގެ ޖޮނަތަން ވެސްލީ ޕީޓަރނެލް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައި ވަނީ މިދިޔަ މަހުގައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ ކޮމްޕިއުޓަރުން ކުޑަ ކުދިންނާއެކު ޖިންސީ ގުޅުން ހިންގާ 200 އަށް ވުރެން ގިނަ ވީޑިއޯއާއި މަންޒަރުތައް ފެނިފައި ވެއެވެ. އޭނާގެ ޖަރީމާއާ މެދު ފުލުހުން ފާރަލާން ފެށީ ސްނެޕްޗެޓު މެދުވެރިކޮށް އޭނާގެ ވިޔަފާރި […]
އިންސާނުންނަށް ވުރެން ފަލަސްޠީނުގެ ހިމާރުތައް ދެކެ ލޯބިވާ ގައުމެއް

ޖަރުމަންވިލާތުން ސާބިތުކޮށްދީފައި ވަނީ އެގައުމަކީ، އިންސާނުންނަށް ވުރެން ބޮޑަށް ހިމާރުތައް ދެކެ ލޯބިވާ ގައުމެއްގެ ގޮތުގައެވެ. ފަލަސްޠީނުގައި ހިންގާ ޖެނޮސައިޑާ ދެކޮޅަށް އަޑު އުފުލާމީހުންނާ މެދު ޖަރުމަން ސަރުކާރާއި ޖަރުމަން ފުލުހުން ގޮށްމުށުގެ ބާރު ދައްކައެވެ. ޔަހޫދީ ހޮލޮކޯސްޓުން ބަނޑަށް މަރާ މީހުންނަށް ކާއެތިކޮޅެއް ދިއްކޮށެއް ނުލައެވެ. ބޭސްފަރުވާއަށް އެހީއެއްވެ ނުދެއެވެ. އެކަމަކު ފަލަސްޠީނުގެ ހިމާރުތައް ދެކެ މާބޮޑަށް ލޯބިވާ ކަމަށް ޖަރުމަނުން ސާބިތުކޮށް ދިނުމުން މީހުންގެމެދުގައި ޖަރުމަން ސަރުކާރު ވަނީ ޖޯކަކަށް ވެފައެވެ. އިހަށް ދުވަހު […]
އެއީ ކޮން ލީޑަރެއް؟

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 533 އަށް ވުރެ ގިނަ މިސްކިތްތައް ބިނާ ކުރެއްވި އެވެ. އަދި 120 މިލިއަން ޚަތިމު ބެއްސެވިއެވެ. އަދި ޤުރުއާން ހިތުން ދަސްކޮށްދޭ 467 ޙިފުޒު ކުލާސް ބިނާ ކޮށްދެއްވިއެވެ. އަދި އޭނާގެ އަތް މައްޗަށް ޤައުމެއްގެ ރައީސެއް އިސްލާމް ވެވަޑައިގަތެވެ. އެއީ ކޮން ބޭފުޅެއްތޯއެވެ؟ ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ ފަދަ ޖަމިއްޔާތައް މެދުވެރިކޮށް އިސްލާމީ ހޭލުންތެރިކަމާއި ދީނަށް ގޮވާލެއްވުމުގެ މަސައްކަތްތައް ލީބިޔާގެ ޒަޢީމް މުއައްމަރު ގައްޒާފީ ކުރިއަށް ގެންދެވިއެވެ. ޤައްޒާ […]
ސިންގަޕޫރުގައި މުޒާހަރާކޮށްގެން ސަލާމަތްވި 3 އަންހެނުން

ސިންގަޕޫރުގައި މުޒާހަރާ ކުރުމަކީ މާފް ކުރެވޭ ވަރުގެ ކުށެއް ނޫނެވެ. އިޖުތިމާއީ ހިމޭންކަން ނަގާލާ ކަމަށް ބުނެ މި ”ޖަރީމާ‘ ހިންގާ މީހުން 6 މަސް ދުވަހަކަށް ޖަލަށް ލައި 10 ހާސް ސިން ޑޮލަރުން ޖުރިމާނާ ކުރެވެއެވެ. ނަމަވެސް މި ކަމުން 3 އަންހެނަކު ސަލާމތް ވެއްޖެއެވެ. މި 3 އަންހެނުން ބުނަނީ ކޯޓަށް ހާޒިރުކޮށްފައި ތިބި އިރު އެމީހުން ބަރީއަ ވާނެ ކަމަކަށް އުންމީދެއް ނުކުރަމު އެވެ. ނަމަވެސް ފަލަސްޠީނު މީހުންގެ ހައްގުގައި އަދި […]
ދައުލަތުގެ އިއްޒަތަކާ ނުލައި ދަރްމެންދްރާ އަންދާލައިފި.

ދައުލަތުގެ އިއްޒަތް ދިނުމެއް ނެތި ދަރްމެންދްރާ އަންދާލައިފިއެވެ. ދަރްމެންދްރާ އަކީ 15 ވަނަ ޕާލަމެންޓްގައި ރާޖަސްތާންގެ ގޮނޑިއެއް ފުރާފައިވާ މީހެކެވެ. އަދި އޭނާއަކީ ސަރުކާރުން ދޭ މަތީ ފެންވަރުގެ އިނާމު ކަމަށްވާ ޕަދްމާ ބޫޝާން ދީފައިވާ މީހެކެވެ. އެއީ އިންޑިއާއިން ދޭ 3 ވަނައަށް އެންމެ މަތީ އިނާމެވެ. ދަރްމެންދްރާއަށް ދައުލަތުގެ އިއްޒަތް ނުލިބުމާ ގުޅިގެން މީޑިއާއިން ބުނެފައި ވަނީ ދައުލަތުގެ އިއްޒަތުގައި ޖަނާޒާ ބާއްވާ މީހުންގެ ސަންދޯއް ނޫނީ ގަބުރުގައި ދިދަ އޮޅާލެވި، ބަޑީގެ ސަލާމެއްވެސް […]
