ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 533 އަށް ވުރެ ގިނަ މިސްކިތްތައް ބިނާ ކުރެއްވި އެވެ. އަދި 120 މިލިއަން ޚަތިމު ބެއްސެވިއެވެ. އަދި ޤުރުއާން ހިތުން ދަސްކޮށްދޭ 467 ޙިފުޒު ކުލާސް ބިނާ ކޮށްދެއްވިއެވެ. އަދި އޭނާގެ އަތް މައްޗަށް ޤައުމެއްގެ ރައީސެއް އިސްލާމް ވެވަޑައިގަތެވެ. އެއީ ކޮން ބޭފުޅެއްތޯއެވެ؟
ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީ ފަދަ ޖަމިއްޔާތައް މެދުވެރިކޮށް އިސްލާމީ ހޭލުންތެރިކަމާއި ދީނަށް ގޮވާލެއްވުމުގެ މަސައްކަތްތައް ލީބިޔާގެ ޒަޢީމް މުއައްމަރު ގައްޒާފީ ކުރިއަށް ގެންދެވިއެވެ.
ޤައްޒާ ބިނާ ކުރެއްވި މިސްކިތްތައް އެފްރިކާގެ ގައުމުތަކުގައިއާއި، ލަންޑަން، ރޯމް، އަދި ފްރާންސް، ޖަރުމަނު، ބެލްޖިއަމް، ޑެންމާކް، މޯލްޓާ، އަދި ނެދަލެންޑްސްގައި އާރާސްތާ ވިއެވެ. އޭޝިއާގައި ފިލިޕީންސް، މެލޭޝިއާ، އަދި އިންޑޮނޭޝިއާގައިވެސް މިސްކިތްތައް ބިނާ ކުރެއްވިއެވެ. ނުވަތަ މިސްކިތްތައް ބިނާ ކުރުމަށް އެހީ ދެއްވިއެވެ.

ޤައްޒާފީގެ އަތްމައްޗަށް އިސްލާމްވެ ވަޑައިގަތް ރައީސަކީ ގެބޮންގެ ރައީސް އަލްބަޓް-ބަރނާޑް ބޮންގޯ އެވެ. ފަހުން އެއީ އަލްޙާއްޖު ޢުމަރު ބޮންގޯއެވެ. އުމަރު ބޮންގޯ އިސްލާމްވެ ވަޑައިގަތީ، ލީބިޔާއަށް ސެޕްޓެމްބަރު 1973ގައި ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.






