އިނގިރޭސިވިލާތަށް ރައީސް ފުރާވަޑައިގެންފި

އިނގިރޭސި ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ”ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިރޭ ފުރާވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި […]
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް މީކާއިލް ވާދަކުރަނީ
އެމްޑީޕީން ހުސްވެފައިވާ ޗެއަރޕަރސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް މީކާއިލް އަހުމަދު ނަސީމް ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. ގަލޮޅު ދެކުނުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިހާރު ފުރަމުން ގެންދަވާ ޒުވާން މީކާއީލް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީން ލީޑަރޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދައިދޭންޖެހޭ ކަމަށެވެ. އެހެން ކަމުން މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގަނަންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީކާއިލްގެ މިނިންމެވުމަށް މާލޭސިޓީގެ […]
ފާތިމާ ހަނުހުރީ މޮޑެލް ”ގުރުބާންކޮށްފައި“ ކަމަށް ބުނެ ފާޑުކިޔުން

”ލިލީ“ ފިލްމުގެ ޕްރިމިއާގައި މޮޑެލްއަކު ލައިގެން ހުރި، ހެދުމަކަށް ގިނަބަޔަކު ވަނީ ފާޑުކިޔައިފައެވެ. ފާޑުކިޔާފައިވަނީ އެއީ ދީނާއި ސަގާފަތާ ނުގުޅޭ ހެދުމެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް މިހާރު މީހުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދަނީ ހެދުން ފަރުމާކުރި ޑިޒައިނަރު، އެކަމުގެ ޒިންމާ ނުނަގައި ހަނުހުރެ، ހަމައެކަނި އެ މޮޑެލް ”ގުރުބާން“ ކޮށްފައިވާ ކަމަށް ބުނެެއެވެ. މި ފާޑުކިޔުންތައް އިތުރުވެފައި މިވަނީ، އެ ހެދުން ތައްޔާރުކުރި ”ފާތިމާސް ވާޑްރޯބް“ ގެ ވެރިޔާ ފާތިމާއަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބީސީސީން […]
ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ޑިބޭޓެއް ބާއްވަނީ

ހިންދީ ސިނަމާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޒަންޖީރު (1973) ދީވާރު (1975) ޝޯލޭ (1975) ޑޮން (1978) މިސްޓަރ އިންޑިއާ (1987) ޔާދޮނ ކީ ބާރަތު، ހާތީ މޭރޭ ސާތީ، ދޯސްތާނާ، ހިމެނެއެވެ. މިހިޓް ފިލްމުތަކުގެ ސްކްރިޕްޓް ލިޔުމުގައި ބައިވެރިވާ ފަރާތަކީ ޖާވިދް އަޚްތަރު އެވެ. އޭނާއަކީ ފަރްހާން އަޚުތަރުއާއި ޒޯޔާ އަޚުތަރުގެ ބައްޕައެވެ. ޖާވިދު އަޚުތަރަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރާ މީހެއް ނޫނެވެ. އޭނާ ބުނަނީ އޭނާއަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު […]
ޔޫރަޕްގައި ހަދައިގެން އުޅުނު އިންސާނީ ޒޫތައް

މި ފޮޓޯއަކީ، 1958ގައި ބެލްޖިއަމްގައި ބޭއްވި އެކްސްޕޯ 58ގެ ފޮޓޯއެއް ކަމަށް ބުނެއެވެ. ފޮޓޯއާ ބެހޭ ގޮތުން ބުނަނީ މި ކުއްޖާ ރާމާމަކުނުތަކާއެކު ކޮށްޓެއްގައި ބަންދުކޮށްގެން 1958ގައި ބޭއްވި މި މައުރަޒުގެ ޒުލުގައި ޒިޔާރަތް ކުރާ މީހުންނަށް ދައްކާލެވުނު ކަމަށެވެ. މި ހާދިސާއަކީ ހަގީގީ ހާދިސާއެކެވެ. ނަމަވެސް މި ފޮޓޯއަކީ ހަގީގީ ފޮޓޯއެއް ނޫނެވެ. މައުރަޒު، އެކްސްޕޯ ’58 ގައި ބެލްޖިއަމް އިން ކޮންގޯގައި ހިންގަމުން ގެންދިޔަ އިސްތިއުމާރީ ހަރަކާތްތަކުގެ ”ކާމިޔާބީތައް“ ދައްކާލުމަށް މައުރަޒެއް ބޭއްވިއެވެ. އެ […]
އިމިގްރޭޝަން ގަވާއިދަށް އަމަލުކުރޭތޯ ބެލުމަށް މިއަދު މޮނިޓަރިން ހަރަކާތެއް ހިންގައިފި

ރާއްޖޭގައި ހެދިފައިވާ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަމަލުކުރޭތޯ ބެލުމުގެ ގޮތުން، އިމިގްރޭޝަނުން ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ އެ އިދާރާއިން ކުރިއަށް ގެންދާ ”މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް“ (އެމްއެމްސީޕީ) ގެ ދަށުން ހިންގި ހަރަކާތެއް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް، ސައްހަ ހުއްދައެއްގެ ދަށުން އުޅޭ ބަޔެއްތޯ ކަށަވަރު ކުރުމެވެ. އިމިގްރޭޝަނުން ބުނީ މިއަދު ކުރިއަށް […]
ލަންކާއިން ގެއްލުނު ދިވެހި އާއިލާގެ ހަބަރުވެއްޖެ، ހާލު ރަނގަޅު

ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ނުވަރައެލިޔާއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދިވެހި އާއިލާ ސަލާމަތުން ތިބިކަން ކަށަވަރުވެއްޖެއެވެ. މި އާއިލާއާ ގުޅިފައި މިވަނީ އެ މީހުންގެ ހަބަރެއް ނުވެގެން އާއިލާއިންނާއި ހެޔޮއެދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ތޫފާނެއްގެ އަސަރުކޮށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެ އާއިލާ […]
ހައްޖު ކޯޕަރޭޝަނުގެ ބޭނުމަށް ހުޅުމާލެއިން 21 މިލިއަނަށް ބިމެއް ގަނެފި

ހައްޖު ކޯޕަރޭޝަނުގެ މަސައްކަތްތަކަށް ބޭނުންކުރުމަށް ހުޅުމާލެއިން ބިމެއް ގަނެފިއެވެ. އެ ކޯޕަރޭޝަނުން މި ބިން ގަނެފައިވަނީ 21 މިލިއަން ރުފިޔާއަށެވެ. މިއީ އެ ކޯޕަރޭޝަނުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުންނާއި ކުންފުނީގެ މުސްތަގުބަލަށްޓަކައި ގަތް ބިމެއް ކަމަށް މައުލޫމާތު ލިބެއެވެ. ހުޅުމާލެއިން ގަތް މި ބިމުގެ މުއާމަލާތުގެ އަގަކީ 21 މިލިއަން ރުފިޔާ ކަމަށްވާއިރު، މި ބިމާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބިމަކީ ހައްޖު ކޯޕަރޭޝަނުގެ ކުރިމަގުގެ ޕްލޭންތަކަށް މުހިންމު ބިމެކެވެ. […]
