މައްސަލައަކީ އުންމަތުގެ ފަރުދުންނެއް ނޫނެވެ! ވެރިކަމުގައި ތިއްބެވި ވެރިންނެވެ!

އަލްވަލީދު ބިން ޢަބްދުލްމަލިކްއަކީ އޭނާގެ ޒަމާނުގައި ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދެއްގައި ވެރިކަން ކުރެއްވި، ޚަލީފާއެވެ. އަދި އެޒަމާނުގައި ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އޭނާގެ ލަޝްކަރުތައް އިރުމަތީގައި ޗައިނާއާއި، އިންޑިއާއާއި، އަދި ތުރުކިސްތާންގެ ބޯޑަރުތަކުން ފެށިގެން ހުޅަނގުން ފްރާންސްގެ މެދާ ހަމައަށް ފޯރާފައިވެ އެވެ. ދުނިޔޭގެ ރަސްރަސްކަލުން އޭނާގެ އަރިހަށް އައީ، ކިޔަމަންތެރިކަމާއެކު ޖިޒީ ދައްކަވައި ހަދިޔާ ދެއްވާށެވެ. އެހެންނަމަވެސް ވަލީދު ބިން އަބްދުލްމަލިކްއަށް ދަންނަބޭކަލަކު ރުހުމުގެ ލޮލަކުން ބައްލަވައިފިނަމަ ވަލީދަށް އެކަން ވަރަށް މުހިންމު […]

އެމްޑީޕީގެ މަސްލަހަތު އިސްކޮށް އަބްދުﷲ ވަހީދުގެ ނަން ނަގައިފި

އެމްޑީޕީއަށް ވަގުތީ ޗެއަރޕާސަނެއް އިންތިޚާބު ކުރުމަށް މިމަހު 28 ވަނަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ”އެމަގާމަށް ހޮވިފައިވާ“ އަބްދުﷲ ވަހީދު އޭނާގެ ނަން އަނބުރާ ގެންގޮސްފިއެވެ. ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ ”އަޅުގަނޑު އެމަގާމަށް ނުކުތުމަށް ހިތްވަރު ދެއްވި ޕާޓީގެ ރައީސާއި ޕާޓީގެ އެޑުވައިޒަރު އަދި ޕާލިމެންޓަރީގްރޫޕުގެ މެމްބަރުން އެވޯޓާ ހަމައަށްދިޔައިރު އަމަލުކުރެއްވި ގޮތުންނާއި އަދި އެވޯޓަށް ފަހު އެފަރާތްތަކުން އަމަލު ކުރައްވަމުން […]

ހަމަލާ ބަދަލުކުރުން ހުއްޓާލިތާ މަހެއް ވީއިރު ވެސް ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް

ފަލަސްތީނުގެ ގައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލިތާ އެއް މަސް ވެފައިވާއިރު، އަދިވެސް އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނެފިއެވެ. އެ އޮފީހުން ބުނީ ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް، އިދާރީ ގޮތުން ކުރިމަތިކުރުވާ ދަތިތަކާއި، އެހީދޭ ޖަމާއަތްތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ސަލާމަތީ ކަންކަން ހުރި ގޮތުން އެހީގެ ކަންކަން ފުޅާކުރުމަށް ހުރަސްތަކާ ކުރިމަތިވެފައިވާ […]

ސެލްފް ޑިފެންސް ދަސްކޮށް މަމްސް އެންޖީއޯ ގަދަކޮށްފި

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މަމްސް އެންޖީއޯގެ ބައިވެރިންނަށް، ސެލްފް ޑިފެންސް ސެޝަނެއް ނަގައިދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ސެޝަން ކުރިއަށް ގެންދިޔައީ އޭޑީކޭ ވެލްނެސް ކުލަބުގައި މި މަހުގެ 28ވަނަ ދުވަހުގެ ރޭގައި ކަމަށެވެ. މި ސެޝަނުގައި، ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީ ފަރިތަކޮށްދީފައި ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ކިޔަވައިދިން މި ކުލާސްތަކުގައި، މަމްސް އެންޖީއޯގެ 25 މީހަކު ވަނީ ބައިވެރިވެފައި […]

ފުވައްމުލަކު ޗަސްބިމިގައި ރޯވި އަލިފާން ނިއްވާލައިފި

ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިން ސަރަޙައްދުގައި ރޭ ރޯވި އަލިފާން، ރޭ ދަންވަރު ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އަލިފާން ނިއްވާލައިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:35 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޚަބަރު ލިބުމާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައިޓަރުން ކުރި […]

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް އެކަކުން ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ”މާލެ/ ހުޅުމާލެ ފްލެޓް، 03-2-161، މުޙައްމަދު ޝައިޙާން (23އ)“ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެންނާއި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ތުހުމަތު ކުރެވުމުން ފުލުހުން ވަނީ، އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައެވެ. ފާސްކުރިއިރު […]

އެމެރިކާގައި ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ބަޔަކު މަރާލައިފި

އެމެރިކާގެ ނޯދަން ކެލިފޯނިއާގައި އޮތް ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހުން މަރާލައިފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އެ ސަރަހައްދުގެ ސްޓޮކްޓަންގަ އެވެ. މިއީ އާއިލީ ހަފުލާއެއް ކުރިއަށް ދިޔަ ވަގުތެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. ސެން ޖަކިން ކައުންޓީ ޝެރިފް އޮފީހުން ބުނި ގޮތުގައި މި ހަމަލާގައި ޖުމްލަ 14 މީހަކަށް ވަނީ ބަޑީގެ އަނިޔާ ލިބިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާކަން މިހާރު […]

މަރުވެފައި އޮތް ފިރިހެނަކު ހުޅުމާލޭ ގެސްޓުހައުސްއަކުން ފެނިއްޖެ

މަރުވެފައި އޮތް ފިރިހެނަކު ހުޅުމާލޭ ފޭސްއެކެއްގެ ގެސްޓުހައުސްއަކުން ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެޖެއެވެ. ގެސްޓުހައުސްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވަނީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމީހާއަކީ ބިދޭސީއެއް ކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:14 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން މިހާރުދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިކަމާބެހޭ އިތުރު މައުލޫމާތު އެނގޭ ވަރަކުން ފޯރުކޮށްދެއްވާނޭ ކަމަށް […]

މަކަރާއި ހީލަތުން ފައިސާހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާ ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އަދި އެ އެކައުންޓުތަކުން ފައިސާ ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން ކަމަށެވެ. އުމުރުން ތޭވީސް އަހަރުގެ މިމީހާ ހައްޔަރުކޮށްފައިވަނީ ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުވައި  އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ އެވެ. އެމައްސަލަ ނޮވެމްބަރު 27 ވަނަ […]

ހުޅުމާލެއިން އަންހެން ކުއްޖަކު ގެއްލިއްޖެ، އަދި ނުފެނޭ

ހުޅުމާލެ ފޭސް 2 އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ ރ. ދުވާފަރު/ ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ގެއްލިގެން ހޯދަން ފަށާފައިވަނީ އެކަން ފުލުހަށް ރިޕޯޓުކުރި ހިސާބުން ކަމަށެވެ. އެކުއްޖާ ގެއިން ނުކުމެގެންދިޔައީ މިމަހު 28 ވަނަ ދުވަހު ހަވީރު 5:55 އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ރިޕޯޓުކޮށްފައިވަނީ ހަމަ […]