ފަންސަޔާޅީސް މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ މި ސަމާލު ނެރެފައިވަނީ މިރޭ 10:30 އިން ފެށިގެން މިރޭ ފަތިހު 4:30 އަށް ކަމަށެވެ. ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.  

އަޕްޑޭޓް: ގެއްލިގެން ހޯދަމުންދިޔަ ޝިބާ ރަޝީދު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޝިބާ ރަޝީދު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ރ. ދުވާފަރު/ ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ފެނިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ފެނުނީ އަމިއްލައަށް ގެއަށް އައުމުންނެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ދިޔަތަނަކާއި އުޅުނު ގޮތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެކުއްޖާ ގެއިން ނުކުމެގެންދިޔައީ މިމަހު 28 ވަނަ ދުވަހު ހަވީރު 5:55 އެހާކަންހާއިރުއެވެ.އެފަހުން ޚަބަރުނުވުމުން އާއިލާއިން ފުލުހަށް އެންގީއެވެ.

އޭދަފުށީ މުޙައްމަދު ޢަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ބ.އޭދަފުށީ ޑޭޒީވިލާ، މުޙައްމަދު ޢަލީ އަވަހާރަވުމުގެ ހިތާމައިގައި ރައިސް ޑރ. މުހައްމަދު މުއިއްޒު އެއާލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މުޙައްމަދު ޢަލީ އަކީ އޭދަފުށީގެ ތަރައްޤީއަށާއި، ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކޮށް ދެއްވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން އިޖްތިމާއީ ކަންކަމަށާއި، ޚާއްސަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ”ބ.އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ […]

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އަހުމަދު ޝަފީގު ވާދަކުރަނީ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަން ނިންމާފައިވާ ކަމަށް އެޕާޓީގެ ފައުންޑެރެއް ކަމަށްވާ އަހުމްދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހޯމްމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރައްވާފައިވާ ސައްޕެ ވިދާޅުވެފައިވަނީ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް އެމީހުންގެ ތާއިދު ލިބުމުން ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެއެވެ. ”އަލްހަމްދު ﷲ!  މިވަގުތަށް މަޝްވަރާކުރަން މުހިއްމު ގިނަފަރާތްތަކެއްގެ މަޝްވަރާއާއި ތާއީދު ލިބުމާއެކު މާތް ﷲގެ ވާގިފުޅާއެކު ފުރިހަމަ ކާމިޔާބަށް އެދެމުން އެމްޑީޕީގެ […]

”ޓްރެފިކް ހައްލުކުރުން“ތަ ނުވަތަ ”ލާރި ހޯދުން“ތަ؟

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި ޓްރެފިކް ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ އާ ބިލާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. ގިނަ ބައެއްގެ ނަޒަރުގައި މި ބިލުން ފެންނަން އޮތީ މައްސަލަ ހައްލުކުރުމަށްވުރެ ބޮޑަށް، ރައްޔިތުންނަށް މާލީގޮތުން ބޮޑެތި ބުރަތަކެއް ޖައްސައި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްފައިވާ މަންޒަރެކެވެ. ހާއްސަކޮށް ޖޫރިމަނާ ފައިސާ ނުދެއްކޭ ހާލަތުގައި ރައްޔިތު މީހާގެ މުދާ ފުނޑާލުމާއި ނީލަން ކިޔުމުގެ ބާރު ފުލުހުންނަށް […]

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް މެންބަރަކު އައްޔަން ކުރައްވައިފި

ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ފަސް މެންބަރަކު އައްޔަން ކުރައްވައިފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ: ސ.ހިތަދޫ މާވަހި، ޙަސަން ނާޞިޙް އަޙްމަދު ށ.ކޮމަންޑޫ ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ ހމ.ފްލެޓްނަންބަރު 02-2-88، އަލްއުސްތާޛާ ޢާއިޝަތު އިޝާ ގއ. ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް ގދ. ގައްދޫ ބީޗްކޯނަރ، އަޙްމަދު ޔާމީންއެވެ. މި ފަސް ބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވީ ކުރިން ތިއްބެވި […]

ޕީއެންސީގެ ޕީޖީ އިން ސިލޯނަށް ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި

”ސިލޯނާއެކު ދިވެހީން“ ގެ ނަމުގައި ޕީއެސްއެމްއިން ކުރިއަށް ގެންދާ ޓެލެތޯނަށް ޕީއެންސީގެ ޕީޖީ އިން ތިންލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ. ޕީއެސްއެމްގައި މި ޓެލެތޯން ކުރިއަށް ގެންދާ ސްޓޫޑިއޯއަށް ވަޑައިގެން މިފައިސާ ހަވާލުކޮށްދެއްވީ ޕީއެންސީގެ ޕީޖީގުރޫޕުގެ ލީޑަރާއި ބައެއް މެންބަރުންނާއި، އެޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީ އަބްދުﷲ އެވެ. ފައިސާ ހަވާލުކުރުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަށްޓެރި ސިލޯނަކީ ޒަމާނުއްސުރެން ރާއްޖެއާ ގުޅުން އޮންނަ ގައުމެއް ކަމަށެވެ. ރާއްޖެއަށް ދިމާވާ […]

ޣައްޒާއަށް ގިނަ އަދަދަކަށް ސްމާޓް ފޯނު ލިބި ގޮވަން ފެށި ކީއްވެ؟

ޣައްޒާ އޮތީ ބަނޑަށް ޖައްސާފައެވެ. ނަމަވެސް އާބާދީއާއި އިގްތިސާދާ އަޅައި ބަލާއިރު ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ސްމާޓް ފޯނާއި ފަހުގެ އައި ފޯނު ތިޔާގި ނުވާ މިންވަރަށް ޣައްޒާގައި މިފޯންތައް ތިޔާގި ކަމަށް ވެއެވެ. ޣައްޒާއަށް އައިފޯނު އައިސްފައި ވަނީ ބޮޑެތި ފޮށިފޮށީގައެވެ. އަދި ރަން ކުލައިގެ އައި ފޯންތައްވެސް މަދެއް ނޫނެވެ. މިފޯނުތައް ލިބި، އުފަލުން އެތަކެތި ގެންގުޅެމުން ދަނިކޮށް، 48 ގަޑިއިރު ތެރޭގައި ދެ އައި ފޯނު ވަނީ ގޮވާފައެވެ. މި ގޮވުންތައް […]

މިސްކިތެއް އަޅަން އުޅެނީ ކަމަށް ބުނެ އޮސްޓްރޭލިއާ މީހުން ބިރު ގަންނަވައިފި

އޮސްޓްރޭލިއާގެ ސިޑްނީގައި ހައުސިންގ ޕްރޮޖެކްޓަކަށް ޚާއްސަކޮށްފައި އޮތް ބިމެއް މިސްކިތެއް އެޅުމަށް އެބިން ވިއްކާލާފައިޥާ ކަމަށް ބުނެ މީޑިއާގައި މުސްލިމުންނާ ދެކޮޅަށް ބިރުވެރިކަން އުފައްދައިފިއެވެ. ފެއާފީލްޑް އަވަށުގައި މިސްކިތެއް ބިނާ ކުރާތީ ބިރުވެރިކަން ފާޅުކޮށް އިސްލާމޯފޯބިއާގެ ވާހަކަތައް ދައްކައި މިސްކިތް ބިނާ ކުރުން ކުށްވެރިކުރި ޒަޔަނިސްޓް މީޑިއާއަކީ، ސެވަން ނިއުސްއާއި ސްކައި ނިއުސް އޮސްޓްރޭލިއާއާއި އަދި ޑެއިލީ ޓެލެގްރާފް ފަދަ މީޑިއާއެވެ. މީސްމީޑިއާގައި ވައިރަލްވި ޕޯސްޓްތަކުގައި ތުހުމަތުކޮށްފައި ވަނީ ލޭބާ ސަރުކާރުން ”ބިދޭސީންނާއި ހަރުކަށި ފިކުރަށް އިސްކަންދޭ“ […]

ޕީއެންސީގެ ޕްރައިމަރީ ޑިސެންބަރުގައި ބާއްވަނީ

މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި އެންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ޑިސެންބަރު 27 ގައި ބާއްވަން ނިންމައިފިއެވެ. ޕީއެންސީން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ކެންޕޭން މެނޭޖަރ އިބްރާހީމް ފަލާހު ވިދާޅުވީ މިއިންތިޚާބުގެ ޕްރައިމަރީއަށް މަދަމާ ހުޅުވައިލާނޭ ކަމަށެވެ. އެޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައެޅި ކެންޕޭން މެނޭޖަރ އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ […]