އެމްޑީޕީގައި ޖޯޝު އުފެއްދުމަށް މިދަނީ މަސައްކަތް ކުރަމުން: ސައްޕެ

އެމްޑީޕީ ބައިބައިވުމުން މެންބަރުންގެ މެދުގައި އުފެދިފައިވާ މާޔޫސްކަން ފިލުވާލައި  ޕާޓީ އެއްބައެއްގެގޮތުގައި ކުރިއަށް ދިއުމުގެ ފޯރިއާއި ޖޯޝް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަޙުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ސައްޕެ އަކީ އެމްޑީޕީގެ ފައުންޑިން މެންބަރެކެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. މިހާރު އޭނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމާފައެވެ. ޕާޓީއަށް ރޫހު ގެނެސްދީ އެކުވެރިކަން ބަދަހި ކުރުމަށް ”އަޅުގަނޑުމެންގެ ޓީމުން މިގެންދަނީ މުހިއްމު މަސައްކަތްތަކެއް […]

ލަންކާއަށް އެހީވާ ފަންޑަށް ފަސް މިލިއަން ރުފިޔާ ލިބިއްޖެ

މޫސުން ގޯސްވެ ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާއިން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ޕީއެސްއެމްއާއި ރާއްޖޭގެ ބައެއް މީޑިއަމްތައް ގުޅިގެން އިއްޔެ ފަށައިފައިވާ ޓެލެތޯނަށް މިހާތަނަށް 5.4 މިލިޔަނަށްވުރެ ގިނަ ފައިސާ ލިބިއްޖެއެވެ. ޕީއެސްއެމްއިން ބުނެފައިވަނީ ރޭ ފަތިހު ހަތަރެއްޖެހުމާ ހަމައަށް 5,406,937.25 ރުފިޔާ ލިބިފައިވާ ކަމަށެވެ. މި ކަމަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށްވަނޯ ޚާއްސަ އެކައުންޓެއް ގާއިމްކޮށްފައެވެ. މީގެ އިތުރަށް ޓިވީ ބިލްޑިންގާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް ފައިސާލައިގެން އެހީތެރިވެވޭނެއެވެ. އާދީއްތަ […]