ދޮގުމަޢުލޫމާތު ނުފަތުރާ، ރަނގަޅުމީހާ ވެސް ބަދުނާމު ވެދާނެ: އިޙްސާން

ދޮގުމަޢުލޫމާތު ނުފެތުރުމަށް ހޯމްލޭންޑް މިނިސްޓަރ ޢަލީ އިޙްސާން އިލްތިމާސް ކުރައްވައިފިއެވެ. މިނިސްޓަރ ވިދާޅުވީ އެއްވެސް މައުލޫމާތެއް ފެތުރުމުގެ ކުރީން އޭގެ ތެދުދޮގު ނުވަތަ ހަގީގަތް ބަލަން ޖެހޭކަމަށެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބެޗްލަރއޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ދަރިވަރުން ކުރިއަށް ގެންދިޔަ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ މިއީ މައުލޫމާތެއް ފެތުރުމަށް ކުޑަހިނދުކޮޅެއް ނަގާ ޒަމާން ކަމަށެވެ. އެފަތުރާ މައުލޫމާތަކީ ދޮގު ކަމަށް ވެއްޖެ ކަމަށްވާނަމަ […]

ޓެލެތޯނަށް އެގާރަ މިލިއަން ރުފިޔާ

އަވަށްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސާ ސަބަބުން އެގައުމުގެ ރައްޔިތުންނަށް އެހީވާން ބޭއްވި ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. އިއްޔެ ހެނދުނު ނުވައަކުން މިއަދު މެންދުރުފަހު ދެއަކަށް ކުރިއަށް ގެންދިޔަ މިހަރާކާތުގައި ވަނީ ޖުމްލަ 11.4 މިލިއަން ރުފިޔާއި 43،000 ޑޮލަރު ލިބިފައި ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. މި ޓެލެތޯނަށް ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި ބައެއް މީޑިއަމް ތަކުންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުން ވަނީ ފައިސާގެ އެހީ ދީފައެވެ. މާލޭގެ އެކި […]

އެކްސިޑެންޓުވި ދެމީހަކަށް މިނިސްޓަރ އިޙްސާންގެ އެހީތެރިކަން

މިއަދު އިރުއޮއްސި ހަގަޑި ބައި އެހައިކަންހާއިރު ސިނަމާލޭ ބުރިޖުމަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔަވީ ދެމީހަކަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެހީތެރިވެދެއްވައިފިއެވެ. ފުލުހުން ވިދާޅުވީ އެމީހުންނަށް އެހީތެރިވުމަށްފަހު ދެމީހުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ. މިނިސްޓަރު އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ އެވަގުތު ބުރިޖުމަތިން ދަތުރު ކުރައްވަނިކޮށް މަންޒަރު ފެނިވަޑައިގަތުމުން ކަމަށް އެނގިފައިވެއެވެ. މިއެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށްދިޔަ ދެ ސައިކަލް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ […]

ހަތަރު އުޅަނދެއް ޓޯވކޮށްފި

ވޭތުވެދިޔަ 48 ގަޑިއިރު މާލެއިން ހަތަރު އުޅަނދެއް ޓޯވްކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މާލެތެރެ ބެލެހެއްޓުމަށް ކުރަމުންދާ ޕެޓްރޯލްގެ ތެރެއިން ވަނީ އެވަގުތު ފަސް އުޅަނދެއް ޗެކުކޮށްފައެވެ. ފާއިތުވި 48 ގަޑިއިރު ތެރޭގައި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ޖުމްލަ 9 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި […]

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކޮށްފި

މޯލްޑިވްސް ހަލާލް ޓްރެވަލްގެ ނަމުގައި ވިޔަފާރިކުރާ ޑރ. ސަނީ އުމަރު، އާއިލާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވިފައިވަނިކޮށް، މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ރާއްޖޭން ބޭރުގައި ހުރުމަށްފަހު މިއަދު އެނބުރި އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އިންޑިއާއިން ރާއްޖެ އައުމުންނެވެ. ފުލުހުން ބުނީ […]

ދުނިޔޭގެ އެންމެބޮޑު އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކަން ފަށައިފި

ރަސްމާލެ ހިއްކުމުގައި ދުނިޔޭގެ އެންމެބޮޑު އެއް ހޮޕަރ ޑްރެޖަރުކަމަށްވާ ކްރިސްޓްބަލް ކޮލޮން ބޭނުން ކުރަންފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މި ޑްރެޖަރުން ހިއްކަން ފެށުމުން ހިއްކުމުގެ މަސައްކަތް ތިންގުނަ އަވަސް ވެގެންދާނޭ ކަމަށެވެ. ރަސްމާލެއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއެކެވެ. ވެރިކަމުގެ ފުރަތަމަ އަށްމަސްތެރޭގައި މިތަން ހިއްކަން މަސައްކަތް ކުރިނަމަވެސް ތަފާތު ސަބަބުތަކާހެދި މައްސައްކަތްވަނީ ލަސްވެފައެވެ. އެހެންނަވެސް […]

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޮވުަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެޕާޓީން މިއަދު ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރެވޭނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް ކަމަށެވެ. މި ދެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުޤުވެރިވާ އެ ޕާޓީގެ މެންބަރުން އެކަމަށްއެދި ހުށަހެޅުއްވުމަށް ވަނީ ކިއުއާރު ކޯޑެއް ތަޢާރަފްކޮށްފައެވެ. އެކޮޑު ސްކޭންކޮށް […]

ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް!

ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިގައްޖެއެވެ. ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ކުރި މި ދަތުރުގައި، ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ވެސް ބައިވެރިވެފައި ވެއެވެ. މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފް ގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ. 2016 ވަނަ […]

ތ. ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ތ. ގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ތ. ގުރައިދޫގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ރޭގައި ކަމަށެވެ. މިހާރު ވިލުފުށި، ވޭމަންޑޫ ހިމެނޭހެން ތ. އަތޮޅުގެ ތިން ރަށަކުން މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން […]

ހަށި ވިއްކަމުންދިޔަ ގޭންގެއް އަތުކައިގެންފި

ދިވެހި ފިރިހެނަކާއި، ބިދޭސީ އަންހެއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ހަށިވިއްކަމުންދިޔަ ގޭންގެއް އަތުލައިގެންފިއެވެ. ފުލުހުން ވިދާޅުވީ މި މީހުން އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ލިބުނު މައުލޫމާތުގެ ތެރޭގައި ހަށިވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރުންް ހިމެނޭ ކަމަށްފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު އެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ 12 ވަނަ […]