މަޝްހޫރު ރެސްލަރ ހަލްކް ހޯގަން މަރުވި ސަބަބާ މެދު ޝައްކު

އެމެރިކާގެ މަޝްހޫރު ރެސްލިންގ ލެޖެންޑް ހަލްކް ހޯގަން މަރުވި ހަގީގީ ސަބަބާ މެދު ބޮޑު ބަހުސެއް އުފެދިއްޖެއެވެ. އޭނާގެ ރަޙްމަތްތެރިޔާ އަދި ރެސްލަރ ރިކް ފްލެއަރ ބުނެފައިވަނީ ހޯގަން މަރުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހޯގަންގެ އަންހެނުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އޭނާގެ އަސްލު ނަމަކީ ޓެރީ ބޮލިއާ އެވެ. ހަލްކް ހޯގަން އަކީ ގައްޑާވާން ވެގެން އޭނާ ބޭނުން ކުރާ ނަމެކެވެ. ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި ހޯގަން މަރުވީ 24 ޖުލައި […]

ކެބިނެޓްގެ ބައްދަލު ވުމެއްގައި ޓްރަމްޕް އިނީ ނިދާފައި

އަންގާރަ ދުވަހު ބާއްވާފައިވާ ތިން ގަޑިއިރުގެ ކެބިނެޓް ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނީ ނިދާފައެވެ. އެނާ ނިދާފައިވާ މަންޒަރު އިންޓަރނޭޝަނަލް މީޑިއާއިން ފަތުރާފައި ވެއެވެ. ބޮޑު ބަސްބުނ ނުލަފާ އަރުވާ ޓްރަމްޕަކީ އުމުރުން 79 އަހަރުގެ މުސްކުޅިއެކެވެ. ޓްރަމްޕް ނިދާފައި އިން އިރު އެއްވެސް މީހަކަށް އޭނާ ހޭލައްވާކަށް ނުކެރުނެވެ. އަދި އޭނާ އިނީ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަހަކަ ދެއްކި އިރު ނިދާފައެވެ.

އެސްފީނާއިން ސަލާމަތް ވާން އޮރިޔާން ފިލްމު ކުޅުނު މީހެއްގެ ފޮޓޯ ޖަހައިފި

އިންޑިއާގެ ކަރްނާޓަކާގެ ދަނޑުވެރިއަކު ވަނީ އޭނާގެ ކަފަ ދަނޑުތައް އެސްފީނާ ޖެހުމުން ސަލާމަތް ކުރުމަށް، ކުރިން އޮރިޔާން ފިލްމު ކުޅުނު ސަނީ ލިއޯންގެ ފޮޓޯތައް ދަނޑުގައި ބަހައްޓާފައެވެ. މިހާރު ސަނީ ލިއޯނަކީ އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަނޑުވެރިޔާ އޭނާގެ ދަނޑުގެ އެކި ހިސާބުތަކުގައި ސަނީ ލިއޯންގެ ބޮޑެތި ޕޯސްޓަރުތައް ބެހެއްޓުމުން  އެކަމަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވެއެވެ. މި ދަނޑުވެރިޔާ ބުނަނީ އޭނާގެ މަޤްޞަދަކީ އޭނާގެ ދަނޑު އެސްފީނާގެ ނުބައިކަމުން […]

ކޮލަމްބިއާއިން ހަރުކަށި ޔަހޫދީ ޖަމާއަތެއް ބޭރުކޮށްފި

ކޮލަމްބިއާގެ ސަރުކާރުން ވަނީ ދީނީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތެއް ކަމަށްވާ ލެވް ތާހޯރުގެ 26 މެމްބަރުން އެ ގައުމުން ބޭރުކޮށްފައެވެ. މިޖަމާއަތަކީ ޔަހޫދީންގެ އާދަޔާޚިލާފު އުސޫލީ ޖަމާއަތެކެވެ. މި ޖަމާއަތަށް ޔަހޫދީން އަމިއްލައަށް ކިޔައީ ޔަހޫދީ ތާލިބާނުން ކަމަށެވެ. ކޮލަމްބިއާގެ ސަރުކާރުން މިޖަމާއަތް ބޭރުކޮށްފައި ވަނީ ކުދަކުދިންނާ ބެހުމާއި ކުޑަކުދިންނާ ކައިވެނި ކޮށްދިނުމުގެ މައްސަލަތަކ ގުޅިގެންނެވެ. ބޭރުކޮށްލި މީހުންގެ ތެރޭގައި 17 ކުދިންނާއި 9 ބޮޑެތި މީހުން ހިމެނެއެވެ. މީހުންނަކީ ނޮވެމްބަރު 22 ގައި ކޮލަމްބިއާގެ […]