ގަމު އިންޖީނުގޭ ޖަނަރޭޓަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ލ. އަތޮޅު ގަމު ތުނޑީ އަވަށު ފެނަކަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިހާދިސާގެ މައުލޫމާތު މިއަދު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެތަނުން ވިދާޅުވިއެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ނިޔާވެފައި ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ބަލަމުންދާ […]
އަމާނުﷲ ބަދަލު ކުރުމަކީ ސަރުކާރުން ދިން އަނިޔާއެއް: ފައްޔާޒު

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ، ސްކޫލުގައި އެރަށު ދޮންބަގީޗާގޭ، އަމާނުﷲ އަދާކުރަމުން ދިޔަ ވަޒީފާ އެއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލު ކުރުމަކީ ސަރުކާރުން އޭނާއަށް ދިން އަނިޔާއެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ”ގއ. ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރުމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް. އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ […]
ސަޢޫދީގެ ވިޔަފާރި ވަފުދެއް ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް، ހަރ އެކްސަލަންސީ ސާރާ އަލް-ސަޢީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ސަޢޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީޢަހުދު ހިޒް ރޯޔަލް ހައިނަސް މުޙައްމަދު […]
ޖަނަވާރުގެ ރައްކާތެރިކަމާ ބެހޭ ޤާނޫނު،ތަސްދީޤުކުރައްވައިފި

”ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު“ ރައީސް ޑރ. މުހައްމަދު މުއިއްޒި މިއަދު ތަސްދީގުކުރައްވައިފިއެވެ. މިއީ 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މިއީއެގާރަ ބާބުގެ މައްޗަށް އެކުލެވިގެންވާ ބިލެކެވެ. މި ބިލުގައި، ދިވެހިރާއްޖޭގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައްޔާއި، ބެލެހެއްޓުމުގައާއި […]
ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި

ހުއްދަނެތި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިތަން ބަންދުކުރީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި، ކަސްޓަމާއި، އިކޮނޮމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ހަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ބަންދުކުރި ތަނާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކައި ގެންގުޅުމަކީ މަނާ ކަމެކެވެ.
މި ނިކުންނަނީ އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާ ކުރަން: ސައްޕެ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލަނީ އެޕާޓީ ޒުވާން ޖީލަކަށް ފައްކާކުރަން ކަމަށް އެޕާޓީގެ އެއް ފައުންޑަރ ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. ”އަޅުގަނޑު އެމްޑީޕީ ޗެއަރޕާސަން ކަމަށް ކުރިމަތި މިލަނީ އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ މަތިވެރި މަޤުޞަދުގައި. އަޅުގަނޑު މިހުރީ އެހެންވަޒީފާއެއް އަދާނުކޮށް އެމްޑީޕީ ހިންގުމަށް ހުރިހާ ވަގުތެއް ޚާއްޞަ ކުރުމަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެން،“ ސައްޕަ ވިދާޅުވެފައިވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މައުލޫމާތާއި ޚިދުމަތާއި ތަޖުރިބާގެ އަލީގައި އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ […]
މި ނިކުންނަނީ މަންޒަރު ބަދަލުކޮށްލުމުގެ ޢަޒުމާއި އުންމީދުގައި: އީނާ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އައްޑޫސިޓީ، މޭޔަރު ކަމަށް އާމިނަތު އީނާ މިނިކުންނަނީ ރައްޔިތުންގެ އުދާސްތައް ވަރަށް ރަނގަޅަށް އެނގިހުރެއެވެ. ރައްޔިތުންގެ ކެކުޅުންތަކާއި އުންމީދުތައް ހިތުދަސްކޮށްގެންނެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސިކުނޑީގައި ފިސާރި ރަނގަޅަށް ނޯޓުކޮށްގެންނެވެ. އީނާ ރައްޔިތުންގެ ގާތަށް މިއަންނަނީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. ރައްޔިތުން ބޭނުންވާ ހުރިހާ އެއްޗެކެވެ. ރައްޔިތުން ކުރަންވީ ކަމަކީ އެ ލިބިގަތުމެވެ. އެކަމަށް ރައްޔިތުން ކޮށްދޭންވީ ކަމެއް އެބައޮތެވެ. އައްޑޫ ސިޓީގެ މޭޔަރުކަމަށް އީނާ އިންތިޚާބު ކޮށްދިނުމެވެ. އެ ހިސާބުން […]
ދަތް ނެގި މީހަކު ކުއްލިއަކަށް މަރުވި މައްސަލަ ސަރުކާރުން ބަލަނީ

ހުޅުމާލޭގައި ހިންގާ އޯރާ ކެއާ ޑެންޓަލް ކްލިނިކުން ދަތްތަކެއް ނެގި ފަހުން އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފެންމަތިވެ، އެކަން ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫ، އުމުރުން 60 އަހަރުގެ ހަދީޖާ ސަލީމް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ސިއްހީ ފަރުވާ ދިނުމުގައި އިހުމާލު ވެފައިވާތީ ކަމަށް ބުނެ، އާއިލާގެ ފަރާތުން ވަނީ މި މައްސަލަ […]
ފަލަސްތީނާއި ޖަޕާނަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ރާއްޖެއިން ފަލަސްތީނާއި ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މި ނަންތައް ދިރާސާކޮށްފައި ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ. މީގެއިތުރުން އުރުދުންއަށް ކަނޑައަޅާ ސަފީރަށް ވެސް މިއަދު ވަނީ ރުހުން ދީފައެވެ. ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް އައްޔަނުކުރަން ފާސްކުރީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށެވެ. ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އާ ދާދި ފަހުން ގުޅިވަޑައިގެންނެވި މަހުލޫފަށް […]
ހިލާލީ ދަރިކޮޅުގެ ހަސަން 9 ރަސްގެފާނުގެ ޒަމާނުގެ އޮޑިއެއް ފެނިއްޖެ

ނަމީބިއާގެ ސަހަރާގެ ތެރެއިން، އުރިފައިވާ 16 ވަނަ ޤަރުނުގެ ޕޯޗުގީޒު އޮޑިއެއް ފެނިއްޖެއެވެ. މި އޮޑި ވަޅުލެވިފައި އޮތީ ވޮޑެމުން ދިޔަ ވެލި ގަނޑުގެ ތެރޭގައެވެ. ޕޯޗުގީޒުންގެ މި އޮޑިއަކީ ”ބޮމް ޖީސަސް“ ބައްޗާ ޖީސަސް ގެ ނަމުން ނަން ދީފައި އޮތް އޮޑި އެކެވެ. މި އޮޑި 1533 ވަނަ އަހަރު ގެއްލިފައި ވަނީ އިންޑިއާއިން ކުރި ދަތުރެއްގައެވެ. އެއިރު ޜާއްޖޭގައި ވެރިކަން ކުރީ ހިލާލީ ދަރިކޮޅުގެ ހަސަން 9 ވަނަ އެވެ. މި އޮޑި […]
