ބޭނުންވަނީ ސަރުކާރު ނީސްތައްޓަށް އަރުވާލާނޭ މޭޔަރެއް: ފައްޔާޒު

މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތައްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެމްޑީޕީން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަމުންދާ ދެ ކެންޑީޑޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ ކުރީގެ މަޖިލިސް މެންބަރު އަލީ ޢާޒިމް ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ފައްޔާޒު ވިދާޅުވީ ”ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު އަދާކުރަން […]

ހިޔާލު ތަފާތުވުމާއި ފާޑުކިޔުންތަކަށް މަރުހަބާ ކިޔަން: ރައީސް މުއިއްޒު

ރައްޔިތުންގެ ފަރާތުން އަންނަ ހިޔާލު ތަފާތުވުންތަކާއި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި، ރައްޔިތުންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ޝުއޫރުތަކަށް ފުރުސަތު ދެއްވައި، ސަރުކާރުން ރައްޔިތުންގެ އަޑު އަހާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ތިން ގަޑިއިރަށްވުރެ ގިނަ […]

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އާކިޓެކްޓް ފްރޭންކް ގެރީ މަރުވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާދަޔާ ހިލާފު މޮޅު އިމާރާތްތަކެއް ފަރުމާކޮށް، އާކިޓެކްޗާގެ ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު އާކިޓެކްޓް ފްރޭންކް ގެރީ މަރުވެއްޖެއެވެ. އާކިޓެކްޗާގެ ދާއިރާއިން ދުނިޔޭގެ އެންމެ މަތީ ޝަރަފުތައް ހާސިލުކޮށްފައިވާ ގެރީ މަރުވިއިރު އުމުރަކީ 96 އަހަރެވެ. ގެރީ ޕާޓްނާސް އެލްއެލްޕީގެ ޗީފް އޮފް ސްޓާފް މީގަން ލޮއިޑް މައުލޫމާތު ދިން ގޮތުގައި، ގެރީ މަރުވީ ނޭވާލާ ނިޒާމަށް ޖެހުނު އާލާސްކަންފުޅެއްގައި އުޅުމަށްފަހު، ސަންޓާ މޮނިކާގައި ހުންނަ އޭނާގެ ގެގައެވެ. އޭނާ މަރުވީ […]

މަގުތަކަށް ނުކުމެ ދިވެހިންނަށް އޮތް ލޯބި ލަންކާ މީހުން ދައްކާލައިފި

ލަންކާއަށް ދާދި ފަހުން ކުރިމަތިވި ގުދުރަތީ ކާރިސާގައި ދިވެހިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާލޭގައި އެއްވުމެއް ބާއްވައިފިއވެ. މިއީ ދިވެހިންނާއި ލަންކާ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ ނަމޫނާއެކެވެ. ”ދިވެހިންނަކީ އަހަރެމެންގެ ލޯބި“ ކަމަށް ބުނެ، އެ މީހުންގެ ހިތްތަކުގައި ދިވެހިންނަށްޓަކައި އޮތް ލޯބި، މި އެއްވުމުގެ ބައިވެރިން ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބަންޑުންކޮށްލާފައެވެ. މާލޭގެ ބޮޑުތަކުރުފާނު […]

ބައެއް ސަރަހައްދުތަކަށް ހުދުސަމާލު ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކޮށް މޫސުމާބެހޭ އޮފީހުން ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފައިވާ އެއްސަރަހައްދަކީ ފުވައްމުލައްސިޓީން ފެށިގެން އައްޑޫ ސިޓީއަށެވެ. އަނެއް ސަރަހައްދަކީ ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު 2:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.