ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށް ލަފާކޮށް މޫސުމާބެހޭ އޮފީހުން ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފައިވާ އެއްސަރަހައްދަކީ ފުވައްމުލައްސިޓީން ފެށިގެން އައްޑޫ ސިޓީއަށެވެ. އަނެއް ސަރަހައްދަކީ ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު 2:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.






