މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒަކާތުގެ ބިލު (ބިލު ނަންބަރު 30/2025)، އިއްޔެ ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވާފައިވަނީ، 3 ޑިސެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ. މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި […]
މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

ޤާނޫނު ނަންބަރު 17/2011، (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި […]
ޓޫރިޒަމާބެގޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި އެފަދަ […]
ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކޮށްފި

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ (6 ޑިސެންބަރު) ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައިވާ މީހުންނަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އަދާކޮށްފައިވާ […]
މާލޭ ދެގެއަކުން ވޭޕާއި ވޭޕް ކާޓްރިޖު ތަކެއް ހޯދައިފި

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕާއި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްފިއެވެ. މި ބެލިބެލުމުގައި ވަނީ ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ކާޓްރިޖްތަކެއް ފެނިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައިފާސްކުރި ކުރުމުގައި އެއްގެއަކުން ވަނީ 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ […]
ގަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީން ހޯދަނީ

ގަވާއިދާ ޚިލާފަށް ރ. އަލިފުށީގައި އުޅެމުން ގެންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލާއި ފުލުހުން ގުޅިގެން ޚާއްސަ މަސައްކަތެއް ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ ޑިސެންބަރު އެކަކުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން ގަވާއިދާ ޚަލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ […]
މީހެއްގެ ވައިބަރ ހެކްކޮށް ނުހައްގު ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި މީހުންނާ އެކިފަހަރުމަތިން ވާހަކަ ދައްކައި މަކަރާއި ހީލަތުން 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދައިފައިވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ވަނީ އެ ފައިސާގެ ތެރެއިން ބައެއް ނާގާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ. މި މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވަނީ ނޮވެމްބަރު 30 ގައެވެ. […]
ޔުނިފޯމް ބަދަލުކުރާ ގޮތަށް އުސޫލު ބަދަލުކުރާތީ ޝާހިދު ފާޑު ވިދާޅުވެއްޖެ

ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރު ޚަރަދުތަކެއްކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުޞޫލު އެކުލަވާލުމުން ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ”މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރަމެވެ. މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީ ޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށްވަނީ އުފެދިފައެވެ.“ ޝާހިދު ވިދާޅުވެފައިވަނީ މިކަމާގުޅިގެން މިނިސްޓްރީގެ އިސްފަރާތްތަކުން […]
މަނާކޮށްފައިވާ ވޭޕާއި ކާޓްރީޖުތަކެއް ހޯދައި އެކަކު ޖޫރިމަނާ ކޮށްފި

ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ފުލުހުން ހޯދައިފިއެވެ. މިތަކެތި ހޯދީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މިހާރުހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން މިއޮޕަރޭޝަން ހިންގާފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިގެން ކަމަށްވަނީ ވިދާޅުވެފައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިހިނގާ ޑިސެންބަރުމަހު ފަސް ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ […]
ތިނަދޫ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެމަސައްކަތް ކުރަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ ތިނަދޫ ސިޓީގެ މަގުތަކުން ފެން ހިންދުމަށްޓަކައި ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. މީގެ އިތުރުން ގޭގެއަށް ފެންވަނަ ނުދިނުމަށްޓަކައި ގެންދަނީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
