ކެންޕޭނުގައި ރައީސް ނަޝީދު ބައިވެވަޑައިގަންނަވާނެ: ސައްޕެ

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުހައްމަދު ނަޝީދު ގަދަކޮށް ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޕޭނުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ. ”ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ގަދަކޮށް ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ ! އިންޝާ ﷲ ، ކައުންސިލް އިންތިޚާބު ބޮޑުތަނުން އެމްޑީޕީ އަށް،“ ސައްޕެ ވިދާޅުވެފައިވެއެވެ. ސައްޕެ ވިދާޅުވީ އެމްޑީޕީ […]
ލޯބިވެރިޔާގެ ބުރިކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:05 އެހާކަންހާއިރު ކަމަށެވެ. މިމާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ”މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވޭ. މި މާރާމާރީގައި ދެމީހުންނަށްވެސް […]
ސަޢުދީ ޓީމެއް ރާއްޖެ ވަޑައިގެންފި

ސަޢުދީޢަރަބިއްޔާގެ ވަފުދެއް އިއްޔެ ރާއްޖެ ވަޑައިގެންފިއެވެ. މިއީ މިމަހު އެގާރަވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙައްޖާއި ޢުމްރާ ކޮންފަރެސްންސްގައި ބައިވެރިވުމަށް ވަޑައިގެންނެވި ވަފުދެކެވެ. މިދަތުރުގައި މިވަފުދުގެ އިސްބޭޅުން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ފަތުވާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން މި ވަފުދު ޒުވާން ޚަތީބުންނާ ބައްދަލު ކުރުމާއި ކިރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ޒިޔާރަތް ކުރުން ފަދަ ކަންކަން ހަމަޖެހިފައިވެއެވެ.
ފުލެޓު ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންނަށް، ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތްކުރިއަށް މިދަނީ ކުރިން ވެސް ނިންމާފައިވާ ތާވަލާ އެއްގޮތަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ފުލެޓުތަކުގެ ތެރެއިން ފުރަތަމަ ހަވާލުކޮށްފައިވަނީ ސާދަވަނަ ޓަވަރުގެ ފުލެޓުތަކެވެ. ބާކީ ޓަވަރުތަކުގެ ފުލެޓުވެސް މިމަހުގެ ދެވަނަ ހަފްތާގައި ހަވާލުކުރާ ގޮތަށް ވަނީ ނިންމައިފައެވެ. އިއްޔެ ވަނީ އިތުރު ފަސް ފުލެޓެއް ހަވާލުކޮށްފައެވެ. މީން ކޮންމެ ޓަވަރެއްގައި ހުންނަނީ 120 […]
އައްޑޫން އަތުލައިގަތް މިލިއަން ސިގިރެޓު ނައްތާލައިފި

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އައްޑޫސިޓީން އަތުލައިގެންފައިވާ 1.8 މިލިއަން ސިގިރޭޓު ނައްތާލައިފި ކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ. ކަސްޓަމުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެއް މިލިއަން އަށްލައްކަ ތިރީސް ހާސް ސިގިރެޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ. އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެކެވެ. އެ އަތުލައިގެންފައިވަނީ ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުންނެވެ. މި ސިނގިރޭޓުތައް ނައްތާލީ އައްޑޫ ހިތަދޫ […]
ބިދޭސީއަކު ހައްޔަރުކޮށް، ތިން ބިދޭސީއަކަށް ނޯޓިސް ދީފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށް އިތުރު ތިން ބިދޭސިއަކަށް ނޯޓިސް ދީފިއެވެ. ތިން ބިދޭސީއަކަށް ނޯޓިސްދީ އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ވަނީ 4 ތަނެއްބަލައި ފާސްކޮށްފައެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ނޮވެންބަރު މަހުގެ 27ވަނަ ދުވަހު ހުޅުވާލައިފައެވެ. އެ ވުޒާރާއިން ވަނީ ބިދޭސީން […]
ވިއްސާރަ: ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

ބޮޑު ސަރަހައްދަމިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާ ބެހޭ އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ. ސަމާލު ނެރެފައިވާ ވަގުތުގައި މިސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ލަފާކޮށްފައެވެ. ކޮޅިގަނޑުގައި 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. ވިއްސާރަ ދުވަސްވަރު […]
ވިލިމާލެ ޕޮލިހުގައިހުރި ސިގިރެޓް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުލުހެކެވެ. އެއީ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި ފުލުހެއް ކަމަށް ޕޮލިސް މީޑިއާއިން މައުލޫމާތު ދެއްވާފައިވެއެވެ. އޭނާއަކީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަމެވެ. އޭނާގެ އުމުރަކީ ނަވަތިރީސް އަހަރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.މައްސަލައާ ގުޅިގެން އޭނާވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގެ ތަހުގީގު މިހާރު […]
އުންމީދަކީ ޣަފޫރުގެ ލީޑަރޝިޕްގައި އިންތިޚާބު ކާމިޔާބުކުރުން: ފައިސަލް

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ޢަބްދުލް ޣަފޫރު މޫސާގެ ލީޑަރޝިޕްގެ ދަށުން ޕާޓީ އިތުރަށް ވަރުގަދަވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ޣަފޫރަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޣަފޫރުގެ ލީޑަރޝިޕްގެ ދަށުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ވެގެންދާނޭ ކަަމށް އުންމީދު ކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ. ”އަޅުގަނޑުގެ އެކުވެރި އެމްޕީ ޣަފޫރަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުގެ […]
