ލޯބިވެރިޔާގެ ބުރިކަށްޓަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 9, 2025

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:05 އެހާކަންހާއިރު ކަމަށެވެ.

މިމާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ 64  އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ”މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވޭ. މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،“ ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި މާރާމާރީ ހިނގާފައިވަނީ ދެމީހުންގެ ދެމެދު ހިނގި ޒުވާބެއް ހޫނުވެގެން ގޮސް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ