ލޯބިވެރިޔާއަށް ހަމާދިން އަންހެން މީހާ ތިރީސް ދުވަހަށް ބަންދުކޮށްފި

މާލޭގެ ގެއެއްގައި ދެ ލޯބިވެރިންގެ މެދުގައި އިއްޔެ ހިނގި މާރާމާރީއަށްފަހު އަންހެން މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އަންނެކެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ. ދެމީހުންގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ އަންހެން މީހާވަނީ އުމުރުން 64 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ ބުރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. […]
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައި ދިނުމަށް ފައްޔާޒު ގޮވާލައިފި

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައި ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ސަރުކާރަށް ގޮވާލައްވައިފިއެވެ. މަސްވެރީންގެ ދުވަހުގެ ތަހުނީޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ވިދާޅުވުމަށް ފޮނުވި މެސެޖުގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ބޮޑު އެކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ މިއަދު ވެސް ޔޫނިއަނުން ގެންދަނީ ސުލްހަވެރި އިހުތިޖާޖެއް ކުރަމުން،“ ކަމަށެވެ. އެ އިހުތިޖާޖުގައި ބައިވެރިވަނީ ހިތްވަރުގަދަ މަސްވެރީން ކަމަށާއި ”ހިތްވަރުގަދަ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލަން،“ ފައްޔާޒު ވަނީ […]
މަސްވެރިންގެ ދުވަހު މަސްވެރިން މުޒާހަރާ ކުރަން ފަށައިފި

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން މަސްވެރިންގެ ދުވަހު ނުކުމެ ކަނޑުމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ. މި މުޒާހަރާގައި ނަވާޅީސް މަސްދޯނި ބައިވެރިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ޔޫނިއަނުން ބުނީ މަސްވެރިންގެ ދުވަހު މުޒާހަރާއަށް ނުކުތީ މިސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިފައި ނުވާތީއެވެ. އެގޮތުން މިފްކޯއަށް ބޮޑުކަންނެލި ގަންނާނޭ ކަމަށް ބުނެވީ ވައުދު ނުފުއްދޭ ކަމަށް ވަނީ ބުނެފައެވެ. އަދި ކަންނެލި ކިލޯއެއް ގަންނާނޭ އެންމެ ކުޑައަގަކީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު ކަމަށް […]
ރައީސްގެ ވިޝަން ހަގީގަތަކަށް ހެދުމުގައި ދެމިހުންނާނަން: އީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން ހަގީގަތަކަށް ހެއްދެވުމަށް ދެމިހުންނަވާނޭ ކަމަށް އައްޑޫސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އާމިނަތު އީނާ ވިދާޅުވެއްޖެއެވެ. ރައީސްގެ ވިޝަން ހަގީހަތަކަށް ހެއްދެވުމަށް އެމަނިކުފާނާއެކު ހުންނަވާނީ ކެރިގެން ސާބިތުކަމާއެކު ކަމަށް އީނާ ވިދާޅުވެފައިވެއެވެ. ރައީސާއެކު ހުންނަވައިގެން މަސައްކަތް ކޮށްގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާނޭހެން ބަދަލުކުރައްވާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ”އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު ބަދަލު ކުރާނަން. ދިރިއުޅުން ރައްކާތެރިކޮށްދޭނަން. ތިޔަބޭފުޅުންގެ މޫނުތަކަށް ހިނިތުންވުމެއް ގެނެސް ދޭނަން. އެއީ […]
މަސްވެރިކަމާ ގުޅޭ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވާ: ރައީސް ސާލިޙު

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސްވެރިކަމާ ބެހޭ މުހިންމު މަޝްރޫޢުތައް އަވަހަށް ނިންމެވުމަށް އެމަނިކުފާނު މިސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ”މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް “ކުރީ ސަރުކާރުން” ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރަމެވެ.“ އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މަޝްރޫއުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް […]
އަމާޒަކީ މަސްވެރިކަން ޒަމާނީކޮށް ފުރުސަތު ފަހިކޮށްދިނުން: ރައީސް

ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި ސަރުކާރުން މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށްދެއްވާނޭ ކަމަށެވެ. އަދި އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ގައުމުގެ އިޤްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކުރެއްވުމަކީވެސް އަމާޒެއް ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ […]
”ޑްރެކިއުލާ ކައިރީ ލޭ ބޯ މީހުންގެ ޝަކުވާ ކުރާނީ މޮޔައިން“

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ރާއްޖޭގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާގައި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވަމުން ނަސީމް ވިދާޅުވީ، ޑްރެކިއުލާ ކައިރީގައި ލޭބޯ މީހުންގެ ޝަކުވާ ކުރާނީ މޮޔައިން ކަމަށެވެ. މިއީ ކަންކަން ހައްލުކުރުމަށް، އެ ކަންކަމުގެ އަޑީގައި ތިބި ފަރާތްތަކުގެ ގާތަށް ދިއުމަކީ މާނައެއް ނެތް ކަމެއްކަން ހާމަކޮށްދިނުމަށް އޭނާ […]
