ލޯބިވެރިޔާއަށް ހަމާދިން އަންހެން މީހާ ތިރީސް ދުވަހަށް ބަންދުކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 10, 2025

މާލޭގެ ގެއެއްގައި ދެ ލޯބިވެރިންގެ މެދުގައި އިއްޔެ ހިނގި މާރާމާރީއަށްފަހު އަންހެން މީހާ ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އަންނެކެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ.

ދެމީހުންގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ އަންހެން މީހާވަނީ އުމުރުން 64 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ ބުރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީ  ޒަޚަމްކޮށްލާފައެވެ. މިކަމުގައި ދެމީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މި ލިޔުމާ ގުޅޭ