އަޑިއަށްދިޔަ ދޯންޏެއްގައިހުރި މީހަކު ސަލާމަތްކޮށްފި

ށ. ފުނަދޫއިން ފުރައިގެން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށްދިޔަ ވަގުތު އޭގައި ހުރި ހަމައެކަނި މީހާ ސަލާމަތް ކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާއަކީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ސަލާމަތްކޮށްފައިވަނީ ފީވަކު ކައިރީ ކަނޑު މަތީން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ފެނުނީ އެސަރަހައްދު ހޯދަމުންދިޔަ ފުލުހުންގެ ލޯންޗަށެވެ. ފުލުހުން މިހާރުވަނީ އެމީހާ ފީވަކަށް ގެންގޮސްފައެވެ. މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2025 ޑިސެމްބަރު 16 ވަނަ ދުވަހުގެ 11:50 އެހާކަންހާއިރު ކަމަށް ފުލުހުންވަނީ […]

ތިން ހާސް އަންހެނުންނާ އިނދެ، 2 ހާސް ކުދިންގެ ބައްޕައަކަށްވީ ކާކު؟

ދުނިޔޭގައި 16 މިލިއަން މީހުންނަކީ ޖެންގީސް ޚާންއާ އާއިލީ ގޮތުން ގުޅިފައިވާ މީހުންނެވެ. ފަހުގެ ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި، 13 ވަނަ ގަރުނުގެ މޮންގޯލް އެމްޕަޔަރ ބިނާކުރި ހަނގުރާމަވެރިޔާ ޖެންގީސް ޚާންގެ ދަރިކޮޅުގައި މިއަދު ދިރިތިބި ގާތްގަނޑަކަށް 16 މިލިއަން ފިރިހެނުން ހިމެނޭނެ އެވެ. އެއީ، ދުނިޔޭގެ ފިރިހެން އާބާދީގެ ގާތްގަނޑަކަށް %0.5 މީހުންނެވެ. މިމީހުންނަކީ ޖެންގީސް ޚާންގެ ފަރާތުން ވައި ކްރޮމޮސޯމް ވަރުތަވެފައިވާ މީހުން ކަމަށް ބެލެވެއެވެ. 1162 ވަނަ އަހަރު އުފަންވި ޖެންގިސް […]