ގެއަކުން މަސްތުވާ ތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި

ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

މިރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓަރލިޖެންސާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ކިތައް މީހުންކަމާއި އެމީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް އިންޓަރވިއު ކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް 2 ވަނަ ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ޑިސެންބަރު 26 ވާ ހުކުރު ދުވަހު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ހުޅުމާލެ ފޭސް 2) ގައި ހަވީރު 4 އިން ރޭގަނޑު 10އަށް އަދި ޑިސެންބަރު 27 ވާ ހޮނިހިރު ދުވަހު، ކަލާފާނު ސްކޫލު ގައި ހަވީރު 4 އިން ރޭގަނޑު 10އަށް ވޯކް -އިން އިންޓަރވިއު ކުރިއަށްގެންދިއުމަށް […]

އެމްޑީޕީގެ ވިސްނުމަށް އެންމެބޮޑު ޝައުގުވެރިކަމެއްދޭ އެއްބަޔަކީ މަސްވެރީން: ސައްޕެ

އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ހަރަކާތްތަކަށް އެންމެބޮޑު ސަމާލުކަމާއި ޝައުގުވެރިކަން ދެއްވާ އެއްބަޔަކީ މަސްއޮޑިފަހަރުގެ ކެޔޮޅުންނާއި މަސްވެރިން ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރު އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީ ބައިބައި ވިޔަނުދީ އެޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތުގައި އުޅުއްވަމުން ގެންދަވާ ސައްޕެ ވިދާޅުވީ މިހާރުވެސް އެޕާޓީއަށް ތާއިދުކުރާ ވަރަށްގިނަ މީހުން އެބަތިބި ކަމަށެވެ. އެހެން ކަމުން ޕާޓީއަށް ދިމާވި ހާލަތުން އަރައިގަނެ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތަށް ފައްކާ ވުމަށްޓަކައި މިހާރު ދުރަށްގޮސް ތިބި މީހުން […]