ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

ގެއަކުން މަސްތުވާ ތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި

މުހައްމަދު އަލީ
ޑިސެމްބަރ 22, 2025

މިރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓަރލިޖެންސާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ކިތައް މީހުންކަމާއި އެމީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މި ލިޔުމާ ގުޅޭ