އައްޑޫސިޓީ ޑަބްލިޔުޑީސީއަށް އީން: ފިރިހެނުންނަށް ވެސް ވޯޓުލެވޭނެ!

އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް ކުރިމަތިލާފައިވާ، ފޭދޫ، ފަރިމާގޭ އާމިނަތު އީނާއަށް ސާބަސް ހުއްޓެވެ. ތަރައްގީގެ ފިކުރާއި ވިސްނުމަށް ފަހިކަން ހުއްޓެވެ. ކެރުންތެރިކަމާއި އަޒުމަށް ކާމިޔާބީ ހުއްޓެވެ. ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އައްޑޫސިޓީ ޑަބްލިޔުޑީސީގެ ރައީސާއަކަށް އީނާ ވާދަކުރަނީ ޚިދުމަތްކޮށްދޭހިތުންނެވެ. ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭކަން އެނގިހުރެއެވެ. ދިމާވާ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާން އޭނާ ތައްޔާރެވެ. މިއީ އީނާއަށް ވޯޓުދޭންޖެހޭ އެންމެެބޮޑު އެއްސަބަބެވެ. ތައްޔާރަށްހުރި މީހަކަށް ނޫނީ މަސްއޫލިއްޔަތެއް އަދާނުކުރެވޭނެއެވެ. އެފަދަ މީހަކަށް ނޫނީ […]
ޑރ. އަދީލަށް ދޭ ވޯޓަކީ ފަޚުރުވެރި މުސްތަގުބަލަކަށްދެވޭ ވޯޓެއް: އަޒާން

އައްޑޫ ސިޓީގެ ރައްޔިތުންނަށް ހައްގުވާ ބަދަލު އައްޑޫ ސިޓީކައުންސިލުން ރައްޔިތުންނަށް ގެނެސްދީފައި ނުވާކަމަށް ހިތަދޫ ދެކުނުދާއިރާގެ މަޖިލިސް މެންބަރު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ. އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ”މިއަދު ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ، އައްޑޫ ސިޓީ ކައުންސިލުން އަޅުގަނޑުމެންގެ ސިޓީއަށް ހައްގުވާ ބަދަލު ގެނެސްދީފައި ނުވާކަން. ވައުދުތަކެއް ވީ ނަމަވެސް، ތަރައްގީ ފެންނަނީ ވަރަށް ލަސްކޮށް. ފުރުސަތުތައް ލިބުނު ނަމަވެސް، މަސައްކަތުގެ ރޭޓް އޮތީ ބަލިކަށިކޮށް. އައްޑޫ ސިޓީއަށް ބޭނުންވަނީ ހަމައެކަނި […]
ޕީއެންސީން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށްފި

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބެލުމަށްފަހު، ޕްރައިމަރީ ބާއްވަންޖެހޭ އިންތިޚާބީ ދާއިރާތަކާއި، އެ ދާއިރާތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ޕީއެންސީން އިއުލާން ކޮށްފިއެވެ. މި ދެ އިންތިޚާބުގައި ޕީއެންސީ ގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ، ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކު ގެ މަޢުލޫމާތު އެ ޕާޓީ ޕޯޓަލް […]
