އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް ކުރިމަތިލާފައިވާ، ފޭދޫ، ފަރިމާގޭ އާމިނަތު އީނާއަށް ސާބަސް ހުއްޓެވެ. ތަރައްގީގެ ފިކުރާއި ވިސްނުމަށް ފަހިކަން ހުއްޓެވެ. ކެރުންތެރިކަމާއި އަޒުމަށް ކާމިޔާބީ ހުއްޓެވެ.
ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އައްޑޫސިޓީ ޑަބްލިޔުޑީސީގެ ރައީސާއަކަށް އީނާ ވާދަކުރަނީ ޚިދުމަތްކޮށްދޭހިތުންނެވެ. ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭކަން އެނގިހުރެއެވެ. ދިމާވާ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލާން އޭނާ ތައްޔާރެވެ. މިއީ އީނާއަށް ވޯޓުދޭންޖެހޭ އެންމެެބޮޑު އެއްސަބަބެވެ. ތައްޔާރަށްހުރި މީހަކަށް ނޫނީ މަސްއޫލިއްޔަތެއް އަދާނުކުރެވޭނެއެވެ. އެފަދަ މީހަކަށް ނޫނީ ރައްޔިތުން އިތުބާރުކޮށްގެން ނުވާނެއެވެ. އެހެންވީމާ އީން އިންތިޚާބު ކުރުމަށްޓަކައި އަންހެނުންނާއި ފިރިހެނުން ނުކުމެ ވޯޓުއަޅައި އީނާ ގޮނޑިއަށް އިންތިޚާބުކުރާ ހިސާބުން ރައްޔިތުންގެ ބައި ނިމުނީއެވެ. ދެން ފެށޭނީ އީންގެ ބައެވެ. އަރުވަންވީ ވަގުތު ކުޑަތަންވީއެވެ.
މި ހިސާބުން އުފެދޭ ސުވާލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމާ ފިރިހެނުންނާ ކީކީހެއްޔެވެ؟ އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށް ވެސް ޑަބްލިޔުޑީސީއަށް މެންބަރުން ހޮވުމަށް ވޯޓުދެވޭނެއެވެ. އެކަމާ ފިކުރުބޮޑުނުކޮށް އެންމެން އެއްފަހަރާ ނުކުމެ އީނާއަށް ވޯޓު އެޅީމަ ހުންނާނީ ރަނގަޅަށެވެ.
އާމިނަތު އީނާ (އީން) އަކީ ކެރޭ ލީޑަރެކެވެ. ހިތްވަރުގަދަ އަންހެނެކެވެ. މީހުންނާ ގުޅޭ އެކުވެރިއެކެވެ. ތަރައްގީގެ ފިކުރު ހިނގާ ސިކުނޑިއެއްގެ ވެރިއެކެވެ. ސިޔާސީ ކަނޑުގައި ދެމޭ އޮޔާއި ވަޔާއި އެކަނޑުގައި ނަގާ ރާޅުތަކުގެ އުސްމިން ވެސް ހިތުދަސް ސީޔާސީއެކެވެ. އަންހެނުންގެ ހިތުގައި ޖަހާ ވިންދާ އެއްގޮތަށް މަސައްކަތްކުރަން ދަންނަ ޚިދުމަތްތެރިއެކެވެ. އެހެންވީމާ އައްޑޫ ސިޓީއަށް މިފަހަރު އެންމެ ރަނގަޅު ގޮތަކީ ހަމަ އީން އެވެ. ސިޔާސީ ފިކުރާއި ތަރައްގީގެ ފިކުރަކީ ކޯއްޗެއްކަން އީން ދަންނާނެއެވެ. އެހެންވީމާ މިފަހަރު ހަމަ އީން ނޫން ގޮތެއް ނެތްކަމަށް އައްޑޫގެ ގިނަ ރައްޔިތުން އެބަބުނެއެވެ.
އީންއަށް ވޯޓު ދިނުމަށްޓަކައި އައްޑޫ ސިޓީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫގެ އަންހެނުންނާއި ފިރިހެނުން މިހާރުން ފެށިގެން ތައްޔާރުވާންވީއެވެ. އީނާ ނޫން އެހެން ނަމަކާމެދު ޚިޔާލުވެސް ކުރާނޭ ކަމަށް ބުނާ މީހުން މިހާރު އިންތިހާއަށް ގިނަވެއްޖެއެވެ.
އީން ގޮނޑި ހޫނުކުރާކަށް ނީންނާނެއެވެ. ނަތީޖާ ނެރެވޭނީ މަސައްކަތުންކަން ދަންނާނެއެވެ. އީން މަސައްކަތް ކުރާނެއެވެ. ރައްޔިތުންނާ ގުޅިގެންނެވެ.
އައްޑޫ ރައްޔިތުންނޭވެ! އީން އެދެނީ ހަމައެކަނީ ވޯޓަކަށް ނޫނެވެ. ތިޔަ ބޭފުޅުންގެ އިތުބާރަށެވެ. މަގާމަށް ހޮވުމަށްފަހު ތިޔަ ބޭފުޅުންގެ އެހީތެރިކަމާއި ތަނަވަސް ޚިޔާލަށެވެ. ލޯތްބަށެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް މިފަހަރު ހަމަ އާމިނަތު އީނާއެވެ. ދޭ ވޯޓު ބޭކާރު ނުވާނެއެވެ. ފަހުން ދެރަވާކަށް ނުޖެހޭނެއެވެ. އީން މަސައްކަތް ކުރާނީ ގުޅިގެންނެވެ. އަތާއި އަތާއެވެ. ހިތާއި ހިތާއެވެ. އައްޑޫ ޑަބްލިޔުޑީސީއަށް އީން ހޮވައިފިނަމަ އައްޑޫސިޓީއަށްއޮތް ފާގަތިކަމުގެ ބޮޑު ކަމާއެވެ.






