ސާލިހަކީ އެއްވެސް އިރެއްގައި އަޅުގަނޑާ ދުރު ބޭފުޅެއް ނޫން: ނަޝީދު

ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އެއްވެސް އިރެއްގައި ދުރު ބޭފުޅެއް ނޫންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދޅުވެއްޖެއެވެ. އެމްޑީޕީން ވަކިވެވަޑައިގެން ދުވަސްތަކެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ކުޑަކޮށް ދެބަސްވުންތަކެއް ކުރިމަތިވިޔަސް މާގިނަ ދުވަސްތަކެއް ވަންދެން ދެބަސްވުމުގެ ތެރޭގައި އުޅުއްވެވޭނޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އެގޮތަށް އުޅުއްވުމަކީ ދެބޭފުޅުންނަށް ވެސް އުނދަގޫ ކަމަކަށްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމާ […]

ޕާޓީގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތްކުރާނަން: ރައީސް ސާލިހު

އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި މިހާރުގެ ލީޑަރޝިޕާއެކު މަސައްކަތް ކުރައްވާނޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މުހައްމަދު ނަޝީދާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއަށް މެންނަރުން އިތުރު ކުރުމަށްޓަކައި ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވާނޭ ކަމަށެވެ. ”ޕާޓީ ވަރުގަދަކޮށް މެންބަރޝިޕް އިތުރު ކުރުމުގެ މަސައްކަތް އަޅުފަނޑުމެން ދެމީހުން އެކުގައި ކުރާނަން،“ ރައީސް ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް […]

ސަފާރީއެއްގައި ރޯވެ އަނދަނީ

ވ.އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް ”ޔަސާވާ ޕްރިންސަސް“ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ސަފާރީއަށް އެހީވުމުގެ މަސައްކަތް ފަށައިފައި ކަމަށެވެ. ސަފާރީގައި ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ރޯވިއިރު އެ އުޅަނދުގައި ތިބި މީހުންގެ އަދަދެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޑިޖިޓަލްއިކޮނޮމީ: ފަނަރައިންސައްތަ ހިއްސާކުރަން ޒުވާނުންގެ ދައުރުބޮޑު: ރައީސް

ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ […]

ސަރުކާރަށް ވަގުތުދެވިއްޖެ، ކުރަންޖެހޭ މަސައްކަތްބޮޑު: ރައީސް ސާލިހު

މި ސަރުކާރުން ގާނޫނު އަސާސީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ގެންނަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދާއެކު މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސާލިހު ވިދާޅުވީ ސަރުކާރަށް ވަގުތުވެސް ދެވިއްޖެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެމްޑީޕީން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ”ސަރުކާރަށް ދޭންޖެހޭ ވަގުތު ދީފައި އަޅުގަނޑުމެން އެ މަސައްކަތް މި ފަށައިގަންނަނީ،“ […]

އެމްޑީޕީގެ ކުރިމަގަށްޓަކައި މިދެރައީސުން ގުޅުން ނޫންގޮތެއް މިވަގުތަށްނެތް!

ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ ހާލަތު ބަދަލުކުރެވޭނީ އަދިވެސް އެމްޑީޕީއަށެވެ. އެކަމަކު ދެ ރައީސުންގެ ދެމެދުގައި އުފެދުނު މައްސަލަތަކާއެކު އެމްޑީޕީއިން ވަނީ މި ހައިސިއްޔަތު ގެއްލިފައެވެ. ކުރީގެ ވަރުގަދަކަން ގެއްލިފައެވެ. މި ހާލަތުގައި ކުރިއަށް ދާނަމަ، ކޮންމެ ހަފުތާއަކުން، ކޮންމެ މަހަކުން އެމްޑީޕީ ދާނީ ކުޑަވަމުން ބާރުދެރަވަމުން ރޫހުގެއްލެމުންނެވެ. ފިކުރުތައް ބައިބައިވަމުން ވިއްސި ވިހާލިވަމުންނެވެ. ރީނދޫ ލަޝްކަރުން ލަޝްކަރުކަން ކެނޑެމުން ސައިޒްވަމުންނެވެ. މި ހާލަތުން އަރައިގަތުމަށް އޮތީ އެންމެ ގޮތެކެވެ. ރޫޅެން ދިމާވި ސަބަބު ނައްތައިލުމެވެ. […]

މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފި  ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓަކުންނެވެ. އެމީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުންވިދާޅުވިއެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންނެވެ. މި ޑިސެމްބަރު މަހުގެ […]