ޕާކުކުރާނެ ޖާގައެއްނެތް! އެކަމަކު ޕާކުރަންޖެހެނީ ޕާކިންޒޯނުގައި!

ފުލުހުން ގެންދަނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުތައް ނަގަމުންނެވެ. އެކަން އެގޮތަށް ކުރަނީ އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާތީއެވެ.  އެބުނާ ތަންތަނުގައި ޕާކުކޮށްފައިވަނީ ވެސް އާންމު މީހުންގެ އުޅަނދުފަހަރާއި ކުންފުނިތަކުގެ އުޅަނދު ފަހަރެވެ. ބައެއް ފަހަރު ސަރުކާރު ކުންފުނިތަކުގެ އުޅަނދުވެސް ހުރެއެވެ. އާންމު ދަތުރުފަތުރަށް ފަސާހަ ކުރުމަށްޓަކައި ފުލުހުން މިކުރާ މަސައްކަތަށް ސާބަސް ހުއްޓެވެ. ތަންފީޒީ އިދާރާއެއްގެ ހައިސިއްޔަތުން އެކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެކެވެ. ”ކަފިހި […]

ކުދި ވިޔަފާރިއަކަސް ބޮޑުވިޔަފާރިއަކަސް ސަލާމަތެއްނެތް: ފައްޔާޒު

ފާއިތުވި ދެއަހަރަށްވުރެ އެސްއެމްއީތަކަށް ތަދު، އެހާމެ ދަތި އަހަރުތަކެއް މިހާތަނަށް އައިސްފައި ނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވނީ ”ހުރިހާ ޕްރޮޖެކްޓެއް ދެމުން އަންނަނީ އެސްއޯއީތަކާއި މުއިއްޒުގެ ގާތް ކުންފުނިތަކަށް. 2024 ގައި ހައްލުކުރަން ބުނި ޑޮލަރު މައްސަލަ ހައްދުން ނެއްޓި މިއަދު އެސްއެމްއީތަކުން ޑޮލަރު ގަންނަން ޖެހިފައިވަނީ 20ރ. އަށްވުރެ ބޮޑުކޮށް،“ އޭނާ ވިދާޅުވެފައިވެއެވެ. ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ބިލުތަކަށް ފައިސާ ދޫކުރަނި ބޮޑު ބައެއް ކަޓުގެ ގޮތުގައި ދޭން […]

ސަރުކާރުން އުޅެނީ ވޯޓުން ކަންކަން ނިންމުމުގެ ބާރު ފޭރިގަންނަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ”ޚަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”ވޯޓާ ގުޅުންހުރި […]

ސަރުކާރުގެ ނިޔަތަކީ ވޯޓުގެ ބާރު ނިގުޅައިގަތުން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ އެމްޑީޕީ

ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ސަރުކާރުން ހުށަހާޅާފައިވަނީ އިންތިޚާބުތައް ގަޑުބަޑު ކުރުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ”މިއީ ރައްޔިތުންނަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އަސާސީ ބާރު، “ވޯޓު” ގެ ބާރު، ނިގުޅައިގަތުމަށް ހީލަތްތެރިކަމާއިއެކު ރާވާ ނުބައި ރޭވުންތަކެއް،“ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝާހިދު މިހެން ވިދާޅުވީ މިހިނގާ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ […]