ނޭޓޯގެ ގައުމުތަކުގެ ހަނގުރާމައަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑެންމާކުގެ މިނިވަން ދައުލަތެއް ކަމަށްވާ ގްރީންލެންޑަށް އަސްކަރީ ގޮތުން އަރައިގަތުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމަށް ޚާއްޞަ ފައުޖުތަކުގެ ކޮމާންޑަރުންނަށް އަމުރުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޑެއިލީ މެއިލްއިން ޑިޕްލޮމެޓިކް އަދި ދިފާއީ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އަމުރު އަމާޒުކޮށްފައިވަނީ ޖޮއިންޓް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް އަށެވެ. ވައިޓް ހައުސްގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، ގްރީންލެންޑް ހޯދުމަށް ގެންގުޅޭ އެކި ސްޓްރެޓެޖީތަކުގެ ތެރޭގައި އަސްކަރީ ގޮތުން އެތަނަށް އަރައިގަތުމުގެ ފުރުސަތު […]
ވެނެޒުއެލާގެ ތެޔޮ ބޮލު ރިހުމަކަށް

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށްނަގައި މަގާމުން ދުރުކުރުމާ ގުޅިގެން، އެ ގައުމުގެ ތެޔޮ ސިނާއަތް އަލުން ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ. ވައިޓް ހައުސްގައި ޖެނުއަރީ 9 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ވެނެޒުއެލާގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަދުވެގެން 100 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ބާރުއަޅުއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ޓްރަމްޕް ވަނީ އިންވެސްޓްކުރާ ކުންފުނިތަކަށް […]
