މާލޭ ސިޓީއަށް ކަންކޮށްދެއްވާނީ ޢަލީ ޢާޒިމް: ޝިފާޒު

މާލޭ ސިޓީގެ މޭޔަރަކަށް ގެންނަވާނީ ކަން ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން ކަންކުރާނޭ ބޭފުޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވެފައިވަނީ މާލޭސިޓީގެ މޭޔަރުކަމަށް މިހާރު ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ ތެރެއިން އަމަލީ ގޮތުން ކަންކުރައްވާނޭ ބޭފުޅަކީ އެމްޑީޕީން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޢަލީ ޢާޒިމް ކަމަށެވެ. ”ކުރުކޮށް ދަންނަވާނަމަ ބޭނުންވަނީ ކަންދައްކާނެ މީހެއްނޫން ކަންކުރާނެ މީހެއް. އެމީހަކީ ޢަލީ ޢާޒިމް، ޝިއްޕެ ވިދާޅުވެފައިވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ […]

އީރާންގެ މަގްބޫލުކަން އިތުރުވެއްޖެ

މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގަލްފުގެ ޤައުމުތަކުން އީރާނާމެދު ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ކުރިން އީރާނުގެ ވެރިކަން ވެއްޓުމަށް އެދި ތިބި ތިބުން ބަދަލުވެ، މިހާރު ފެންނަނީ ގުޅުން ބަދަހިކުރުމުގެ އާ މިޞްރާބެކެވެ. މި ބަދަލު އަންނަން މެދުވެރިވި އެއް ސަބަބަކީ، އީރާނާއި ސައުދީ އަރަބިއްޔާއަކީވެސް އެ ސަރަޙައްދުގެ އަސްލު ވަޒަންވެރިންގެ ފަރާތުން އުފެދިފައިވާ […]

ޔޯގާ މަސްތުވާތަކެތިން ސަލާމަތް ކޮށްދޭ

މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމުން ކުރިމަތިވާ އުނދަގޫތަކުން ސަލާމަތްވުމަށް ޔޯގާގެ ސަބަބުން އެހީތެރިކަމެއް ލިބޭކަން އާ ކްލިނިކަލް ޓްރަޔަލްއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި އާދައިގެ ފަރުވާއާ އެކު ޔޯގާ ކުރިއަށް ގެންދާ ބަލިމީހުން، ހަމައެކަނި ފަރުވާ ހޯދާ މީހުންނަށްވުރެ ހަތަރު ގުނަ އަވަހަށް ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅެއެވެ. ޖޭއޭއެމްއޭ ސައިކިއޭޓްރީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި އޮޕިއޮއިޑް ބޭނުންކުރާ 59 ފިރިހެނުން ބައިވެރިކޮށްފައިވެއެވެ. މީގެ ތެރެއިން 30 މީހަކަށް ބިއުޕްރެނޯފިން ބޭހާއެކު ޔޯގާގެ ފަރުވާ ދެވުނުއިރު، […]

ނުރައްކާތެރި އިންޒާރެއް ފޮނުވައިފި

އިޒްރޭލުގެ ނިއުކްލިއާ ސިނާއަތުގައި އެންމެ އިސް ދައުރެއް އަދާކުރ ސައިންސްވެރިއެއް ކަމަށްވާ ޑރ. އައިޒަކް ގާޓްސްގެ ކާރުގެ ފަހަތު ވަތްގަނޑުން ރަތް ފިނިފެންމާ ބޮޑު ބޮނޑިއެއް ފެނުމާއެކު، އީރާނުން އިޒްރޭލަށް ވަރުގަދަ މެސެޖެއް ދިންކަން ހާމަވެއްޖެ އެވެ. މި މާ ބޮނޑިއަކީ ލޯބީގެ ސިޓީއެއް ނުވަތަ ހަދިޔާއެއް ނޫން ކަމަށާއި، މިއީ އީރާނާ ގުޅުން އޮންނަ ހެކަރުންގެ ގްރޫޕަކުން ދިން އިންޒާރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގެ ޒިންމާ އުފުލާފައިވަނީ ’ހަންޑަލާ ގްރޫޕް‘ ކަމަށް ކިޔާ ހެކަރުންގެ […]

މުނާފިގުކަމާއި އަމިއްލަ އެދުން

އެމެރިކާގެ ހާރިޖީ ސިޔާސަތުތަކާއި އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމުގައި ގެންގުޅޭ އުސޫލުތަކަކީ ހަމައެކަނި އެމެރިކާގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަންކަން ކަމަށާއި، އެއީ އެ ގައުމުތަކުގެ ރައްޔިތުންގެ ހައްގުގައި ކުރާ ކަންކަން ނޫން ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންގެ އަޑު އެހުމަށް އެމެރިކާއިން ދެކޮޅު ހަދާއިރު، އީރާނާއި ވެނެޒުއޭލާ ފަދަ ގައުމުތަކުގެ ބޭރުގައި ދިރިއުޅޭ މީހުން ’ގެ އަޑު އެހުމަށް ބާރުއަޅަނީ އެއީ އެމެރިކާގެ […]

ދިރިއުޅުމުގެ ޚަރަދު އެންމެ ކުޑަ ގައުމު

އީރާނަކީ އަމިއްލަ އުފެއްދުންތެރި ގައުމެކެވެ. ނަމަވެސް އެމެރިކާ ނުވަތަ އިޒްރޭލަށް ސަޕޯޓު ކުރާ ޔޫއޭއީފަދަ މުދަލަށް ބޫތުކައިފައިވާ ތަނެއް ނޫނެވެ. އަދި އެމެރިކާގެ 40 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ދުނިޔެއާ އެކަހެރިކޮށްފައިވާ ގައުމެކެވެ. އެމަކަކުވެސް އީރާނަކީ އެހެން ގައުމުތަކާ ޚިލާފަށް އާންމު މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް އަގުހެޔޮކޮށް ލިބޭ ގައުމެކެވެ. ހުޅަނގުގެ ރައުސުމާލީ ވިސްނުން އާންމުންނަށް ވިސްނައި ދެނީ އެތަކެތި އީރާނަށް ލިބޭނީ އީރާނުން ހުޅަނގަށް ކުރުނީސް ކުރުމުން ކަމަށެވެ. އެމެރިކާއަށް ކުރު ނީސްކުރުމަކީ އަރަބިންނަށް […]

ހުޅަނގުގެ މުނާފިގު ވާހަކަތަކަށް ފާޑުކިޔުން

ހުޅަނގުގެ ގައުމުތަކުން ބަސްބުނުމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ވިދާޅުވެ، އީރާންގެ މަޝްހޫރު ޕްރޮފެސަރ މުހައްމަދު މަރާންދީ ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅަނގުން ދައްކާ ޑިމޮކްރަސީގެ ވާހަކަތަކާއި އަމަލާ ދިމާނުވާކަން މިހާރު ދަނީ ފެންނަމުންނެވެ. މަރާންދީ ވިދާޅުވީ، ލަންޑަނުގައި ހުންނަ އިޒްރޭލު އެމްބަސީން ކުރި ޓުވީޓެއްގައި، ލަންޑަނާއި މެންޗެސްޓަރގެ މަގުމަތީގައި ”އިންތިފާޟާ ދުނިޔެއަށް ފަތުރާލާ“ ކަމަށް  ބުނާ މީހުން ފުލުހުން ހައްޔަރުކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިއަދު އެފަދަ ޝުއޫރުތައް ފާޅުކުރި ބައެއް […]

މަސްކާއި އިޒްރޭލު ސެޓެލައިޓްތައް އީރާނުން ޖޭމްކޮށްފި

އީރާންގެ އެތެރޭގައި ފިތުނަ އުފެއްދުމަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ މަސައްކަތަށް އީރާނުން ކާމިޔާބު ކަމާއެކު ހުރަސް އަޅައިފިއެވެ. އީރާނުން ވަނީ މަސްކުގެ ސްޓާލިންކާއި އިޒްރޭލުގެ މުވާސަލާތީ ސެޓެލައިޓްތައް ވެސް މިހާރު ބްލޮކްކޮށް އެމީހުންގެ ސިގްނަލްތައް ޖޭމް ކުރަން ފަށާފައެވެ. އީރާނަކީ އަމއްލަ ސޮފްޓްވެއަރ އިންޑަސްޓްރީއެއް ގެންގުޅޭ ގައުމެކެވެ. އީރާންގެ ސޮފްޓްވެއަރ ދާއިރާގައި ގިނައިން މަސައްކަތް ކުރަނީ އަންހެނުންނެވެ. ސަރުކާރުން މިއެޅި އައު ފިޔަވަޅާއެކު އީރާންގައި ފިތުނަ އުފެއްދުމަށް ގޮނޑިކޮއްކޮއާއި ކުލީ ސިފައިން ކުރަމުން ދިޔަ މަސައްކަތަށް އެއްކޮށް […]

ޔޫރަޕުން އީރާންގެ މީހުންނަށް ލޮލީއާއި ޖޫސްޕެޓީ ބަހަން ވިސްނަނީ

އެމެރިކާގައި ޢާންމު ރައްޔިތުން ވަގަށް ނެގުމާއި އެމީހުންނާ ދިމާއަށް އެމެރިކާގެ ގެސްޓާޕޯ ވައްތަރުގެ ސިއްރު ފުލުހުން ބަޑި ޖަހައި މީހުން މެރުމުގެ ހާދިސާތަކަށް ޔޫރަޕްގެ ވެރިން ކަން ބޮޑެއް ނުވެއެވެ. ނަމަވެސް އީރާނުގެ ޖެންޒީގެ މުޒާހަރާއަށް ފަހު މިމީހުން ލޮލަކަށް ނިންޖެއް ނާދެއެވެ. ޔޫރަޕްގެ ޖަމާއަތުން ދަނީ އީރާނުގެ މުޒާހަރާ ކުރާ މީހުންނަށް ލޮލީއާއި ޖޫސް ޕެޓީ ބެހުމަށްވެސް ވިސްނަމުންނެވެ. ހުޅަނގުގެ ގައުމުތަކުގައި ތިބެގެން އީރާންގެ މުޒާހަރާތަކަށް ސަޕޯޓު ކުރާ މީހުން އިސްލާމްދީނާ މެދު ގެންގުޅޭ ނަފްރަތާއި […]

އިޒްރޭލު ފަތުރުވެރިން އާޖެންޓީގައި އަލިފާން ޖަހަނީ

އާޖެންޓީނާގެ ޕަޓަގޯނިއާ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ވއަލިފާންގަނޑުތަކުގެ ސަބަބުން، ޗުބުޓް ޕްރޮވިންސުން 17,500 އަށްވުރެ ގިނަ ހެކްޓަރުގެ ބިން އަނދައި، 3,000 އަށްވުރެ ގިނަ މީހުންނާއި ފަތުރުވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި އަލިފާންގަނޑުތަކުގެ ނުރައްކާ އާންމުންގެ ގެދޮރަށާއި، ޖަންގަލިތަކުގެ އިތުރުން ފަތުރުވެރިކަމުގެ މުހިންމު ސަރަހައްދުތަކަށް ވަނީ ކުރިމަތިވެފައެވެ. ޖެނުއަރީ މަހުގެ 5 އާއި 7 އާ ދެމެދު ޕުއެރްޓޯ ޕެޓްރިއާޑާ އަދި މައުންޓް ޕިރްކޭ ކައިރިން ފެށުނު މި އަލިފާންގަނޑުތައް، ބާރުގަދަ ވައިގެ ސަބަބުންނާއި ކުރިމަތިވެފައިވާ […]