އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ހުރި މުނާފިގުކަމާއި އަމިއްލަ އެދުން ހާމަވެއްޖެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 12, 2026

އެމެރިކާގެ ހާރިޖީ ސިޔާސަތުތަކާއި އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމުގައި ގެންގުޅޭ އުސޫލުތަކަކީ ހަމައެކަނި އެމެރިކާގެ ބާރުވެރިކަން ދެމެހެއްޓުމަށް ކުރާ ކަންކަން ކަމަށާއި، އެއީ އެ ގައުމުތަކުގެ ރައްޔިތުންގެ ހައްގުގައި ކުރާ ކަންކަން ނޫން ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ރައްޔިތުންގެ އަޑު އެހުމަށް އެމެރިކާއިން ދެކޮޅު ހަދާއިރު، އީރާނާއި ވެނެޒުއޭލާ ފަދަ ގައުމުތަކުގެ ބޭރުގައި ދިރިއުޅޭ މީހުން ’ގެ އަޑު އެހުމަށް ބާރުއަޅަނީ އެއީ އެމެރިކާގެ އެޖެންޑާއަށް ފަހިވާތީއެވެ. ނަމަވެސް ނިކަރާގުއާ އާއި އެލްސަލްވަޑޯރު ފަދަ ގައުމުތަކުގެ މީހުން އެމެރިކާއިން ބޭރުކޮށްލަނީ އެމީހުންގެ ބޭނުމެއް އެމެރިކާއަށް ނެތުމުންނެވެ. މިއީ އެމެރިކާގެ ސިޔާސަތުގައި ހުރި ބޮޑު މުނާފިގުކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

”އެމެރިކާއިން އީރާނުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅައެއް ނުލާ. އެމީހުން ބޭނުންވަނީ އެމެރިކާގެ ބާރުވެރިކަން ފެތުރުމަށް. މީގެ ކުރިންވެސް އީރާނުގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލައި، މުސައްދަގު މަގާމުން ދުރުކުރީ އެމެރިކާގެ އަމިއްލަ ފައިދާއަށްޓަކައި،“ މިކަމާ ގުޅޭގޮތުން އީރާނު މީހުން ނެރުނު ބަޔާނުގައިވެއެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަށް އެމެރިކާއިން އެހީތެރިވަމުންދާ ދިއުމަކީވެސް މި މުނާފިގުކަމުގެ ހެއްކެކެވެ. ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އިންސައްތަ މީހުން ޔަހޫދީ އިސްތިއުމާރާ ދެކޮޅު ހަދާއިރު، އެމެރިކާއިން ދަނީ އެ އިސްތިއުމާރަށް ވާގިވެރިވަމުންނެވެ.

މީގެ އިތުރުން، އިންޑޮނޭޝިއާ، ބްރެޒިލް އަދި ޗިލީ ފަދަ ގައުމުތަކުގައި ވެރިކަން ބަދަލުކޮށް ޚުދުމުޚުތާރު ވެރިން އިސްކުރުމުގެ ތާރީޚެއް އެމެރިކާގެ އޮތްއިރު، އިރާގުގައި އެތައް މިލިއަން ބަޔަކު މަރާލާފައިވަނީ ޑިމޮކްރަސީގެ ނަމުގައެވެ. މިކަންކަމުން އެނގެނީ އެމެރިކާއިން އެހެން ގައުމުތަކުގެ އަމިއްލަ އިހުތިޔާރަށާ ސިޔާދަތަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމެވެ.

އެމެރިކާގެ މިފަދަ ހަރުކަށި އަދި އަނިޔާވެރި އުސޫލުތައް ބޭނުންކޮށްގެން އެހީތެރިވާން އުޅުމަކީ ހަގީގީ އެހީތެރިކަމެއް ނޫނެވެ.. އެއީ ހަމައެކަނި އެމެރިކާގެ ’އެމްޕަޔަރ‘ ނުވަތަ ބާރުވެރިކަން ވަރުގަދަކޮށް، އޭގެން ނާޖާއިޒު ފައިދާ ހޯދުމަށް ކުރާ މަސައްކަތެކެވެ.

މި ލިޔުމާ ގުޅޭ