އީރާނުން އިޒްރޭލުގެ ނިއުކްލިއާ ސައިންސްވެރިއަކަށް ނުރައްކާތެރި އިންޒާރެއް ފޮނުވައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 12, 2026

އިޒްރޭލުގެ ނިއުކްލިއާ ސިނާއަތުގައި އެންމެ އިސް ދައުރެއް އަދާކުރ ސައިންސްވެރިއެއް ކަމަށްވާ ޑރ. އައިޒަކް ގާޓްސްގެ ކާރުގެ ފަހަތު ވަތްގަނޑުން ރަތް ފިނިފެންމާ ބޮޑު ބޮނޑިއެއް ފެނުމާއެކު، އީރާނުން އިޒްރޭލަށް ވަރުގަދަ މެސެޖެއް ދިންކަން ހާމަވެއްޖެ އެވެ. މި މާ ބޮނޑިއަކީ ލޯބީގެ ސިޓީއެއް ނުވަތަ ހަދިޔާއެއް ނޫން ކަމަށާއި، މިއީ އީރާނާ ގުޅުން އޮންނަ ހެކަރުންގެ ގްރޫޕަކުން ދިން އިންޒާރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގެ ޒިންމާ އުފުލާފައިވަނީ ’ހަންޑަލާ ގްރޫޕް‘ ކަމަށް ކިޔާ ހެކަރުންގެ  ބަޔަކެވެ. އެ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި، އެމީހުން ވަނީ އިޒްރޭލުގެ ނިއުކްލިއާ ރިސާޗް ސެންޓަރު ’ސުރިކް‘ ގެ ސިސްޓަމްތަކަށް ވަދެ، ޑރ. އައިޒަކް ގާޓްސްގެ އަމިއްލަ ދިރިއުޅުމުގެ ހުރިހާ ތަފްސީލެއް ހޯދާފައެވެ. މީގެ ތެރޭގައި އޭނާ ދިރިއުޅޭ އެޑްރެހާއި، އޮފީހުގެ ތަފްސީލާއި، ކާރު ޕާކުކުރާ ތަންވެސް ހިމެނެއެވެ.

މި އިންޒާރަކީ އީރާނުގެ ނިއުކްލިއާ ސައިންސްވެރިޔާ ފަޚްރީޒާދާ އަވަހާރަކޮށްލި ހާދިސާގެ ހަނދާންތަކާ ގުޅުވައި ދީފައިވާ މެސެޖެއް ކަމަށް ބެލެވެއެވެ.

”އަހަރެމެންނަށް ތިބާގެ ގާތަށް ވަރަށް ފަސޭހައިން ދެވިއްޖެ“ ކަމުގެ ސޮއެއްގެ ގޮތުގައި މި މާބޮނޑި ސިފަކުރެވެއެވެ. އީރާނުގެ މީޑިއާން މި ހާދިސާ ސިފަކޮށްފައިވަނީ އިޒްރޭލުގެ މޫނުމަތީގައި ޖެހި އެތިފަހަރެއްގެ ގޮތުގައެވެ.

މި ލިޔުމާ ގުޅޭ