ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވާން ހުޅުވާލައިފި

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 1-45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު އިއްޔެ ހުޅުވާލައިފައެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ […]

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް: އީސީ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ވަނީ ލިބިފައި ވާކަމަށް އިލެކްޝަނުން ބުނެފިއެވެ. މައި ޕޯޓަލް  my.elections.gov.mv މެދުވެރިކޮށް ލިބިފައި މިވާ ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން […]

ސަމާލުވޭ! އާދަމް އާޒިމް އެދަނީ ވެރިކަމާ ދިމާއަށް: ސައްޕެ

މާލޭސިޓީގެ މޭޔަރު އާދަމް އާޒިމް މިހާރު ހިނގަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގެވި މަގުން ވެރިކަމާ ދިމާއަށް ކަމަށް އެމްޑީޕީގެ ފައުންޑިން މެންބަރު އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ. އާދަމް އާޒިމް ގެންދަވަނީ މާލޭސިޓީގެ މޭޔަރު ކަމުގެ ދެވަނަ ދައުރެއް ހޯދުމަށް އެމްޑީޕީގެ ޓިކެޓަށް ވަދަކުރަމުންނެވެ. އޭނާއާ ވާދަކުރާ އަނެއް މެންބަރަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމެވެ. […]

އައު ފައިސާ ނޫޓުތަކެއް ތައާރަފުކުރަނީ

ޕާކިސްތާނުގެ ސަރުކާރުން، ސަލާމަތީ ގޮތުން ވަރުގަދަ އަދި ޒަމާނީ ފީޗާސްތައް ހިމެނޭ އައު ފައިސާ ނޫޓުތަކެއް ތައާރަފުކުރުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރިޔާސަތުގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ކެބިނެޓް މެންބަރުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އަލަށް ނެރުމަށް ހަމަޖެހިފައިވަނީ 100 ރުޕީސް، 500 ރުޕީސް، 1،000 ރުޕީސް އަދި 5،000 ރުޕީސްގެ ނޫޓުތަކެވެ. މި ނޫޓުތަކަކީ މިހާރު ބޭނުންކުރާ ނޫޓުތަކަށްވުރެ ރައްކާތެރިކަން އިތުރުކުރެވިފައިވާ ނޫޓުތަކެއް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. […]

އަރަބި 3 ގައުމަކުން ހަމަނުޖެހުން އުފެއްދުމަށް އެހީވި

އީރާނުގެ މިހާރުގެ ހަމަނުޖެހުމަށް އަރަބި އަވަށްޓެރި އީރާނާ ސަރަހައްދު ހިއްސާކުރާ 3 ގައުމަކުން އެހީތެރިވެ ދިނެވެ. މީގެ ކުރިން 12 ދުވަހުގެ ހަނގުރާމައިގައިވެސް އަރަބި 9 ގައުމަކުން އީރާނާ ދެކޮޅަށް ސަހުޔޫނީންނަށް އެހީވެ ދިނެވެ. މި ފަހަރު އެހީތެރިވެ ދިން 3 ގައުމުގައި މީހުންނަށް ތަމްރީންދީ އެމީހުން ހޮޓާތަކުގައި ބޭތިއްބި ކަމަށް ހައްޔަރުކޮށްފައިވާ މީހުން ކިޔައިދީފައި ވެއެވެ. ބެލެވޭ ގޮތުގައި މިމީހުން ތަމްރީން ކުރުމުގެ އަޑީގައި އުޅުނީ އެމެރިކާއެވެ. އެކަން ސާފުވާ ގޮތަކީ އީރާނުން ލިބޭ މައުލޫމާތަށް […]