ކާދު އުފައްދާނެ ގޮތް ގައިދީންނަށާއި އޮފިސަރުންނަށް ދަސްކޮށްދީފި

”ކާދު ސަތޭކަ ޕްރޮގްރާމް“ ދަށުން، ގައިދީންނަށާއި އޮފިސަރުންނަށް ތިން ވަރކްޝޮޕެއް ހިންގައިފި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ވިދާޅުވެއްޖެއެވެ. ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު(ގަސްކާނާ) އުފެއްދުމަށް ސޮނެވާ ނަމޫނާ އާއެކު، ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9ވަނަ ދުވަހު ކަމަށްވެސް އެތަނުން ވިދާޅުވެފައިވެއެވެ. މިދިޔަ މަހުގެ 25 އިން ފެށިގެން 27ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވަރކްޝޮޕްތައް ކުރިއަށް ގެންގޮސްފައިވަނީ އޮފިސަރުންނަށާއި އައްސޭރި ޖަލުގެ ގައިދީންނާއި […]
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން […]
“އެޗް.އާރު.ސީ.އެމް ގެ ހަނދާންތައް“ ރައީސަށް ހަދިޔާ ކުރައްވައިފި
ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް، ލިޔުއްވި ފޮތް، “އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަދިޔާ ކުރައްވައިފިއެވެ. މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި 5 […]
ގުމޭރިއާގެ އަތުން ވިޔެފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި
އަތްތެރިމަސައްކަތުގެ ފަންނުވެރި އާމިނަތު ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ހަދިޔާކުރައްވައިފިއެވެ. މި ފޭލި އެމަނިކުފާނަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި، ގުމޭރިއާ ވަނީ ދިވެހި ފޭލި ވިޔުމަށް ޝައުގުވެރިކަން އުފެދިގެންއައި ގޮތާއި އިހު ޒަމާނުގައި ދިވެހި ކާބަފައިން ދިވެހި ފޭލި ވިޔެ އުޅުނުގޮތުގެ އާޖުފާޖު ދަސްކުރައްވައި، އުވެމުންދާ މި މަސައްކަތް އާލާކުރެއްވުމަށް އޭނާ ފައްޓަވާފައިވާ މަސައްކަތުގެ […]
އީޔޫގެ ސިފައިންނަކީ ޓެރަރިސްޓުންތަކެއް: އީރާނު

އެމެރިކާއިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކީ މުޅި ސަރަހައްދަށް ފެތުރިގެންދާނެ ބޮޑު ހަނގުރާމައެއްގެ ފެށުންކަމަށް ބުނެ އީރާނުގެ ލީޑަޝިޕުން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަނޑައެޅުމާ ގުޅިގެން، އީޔޫގެ ސިފައިންނަކީ ޓެރަރިސްޓުން ކަމަށް އީރާނުގެ ގާނޫނުގެ ދަށުން ކަނޑައަޅައި ނިންމައި ރައްދު ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ނިއުކްލިއާ ހުއްޓާލަން އެއްބަސްވެ […]
ދަރަނިން ކޮރަޕްޝަން ހިންގީ ޕާޓީތަކުން: އުމަރު

ސިޔާސީ ހުރިހާ ޕާޓީއެއް ގުޅިގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުރުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ގޮވައިލެއްވުމުން އުމަރު ނަސީރު އެއަށް ރައްދު ދެއްވައިފިއެވެ. ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު އެކްސްގައި ވިދާޅުވެފައިވަނީ ދަރަނި އަދާކުރުމަށް މަޝްވަރާއަށް ގޮވާލައްވާއިރު، ދަރަނިތައް އުފެއްދީވެސް ސިޔާސީ ޕާޓީތަކުން ކަމަށެވެ. ދުވަހަކަށްވުރެ ދުވަހެއް ވެރިކަމުގެ ދައުރަކަށްފަހު ދައުރެއް ދަރަނިބޮޑުވަމުންދާތީ ބައިނަލް އަގުވާމީ ފަރާތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ […]
ޓެރަރިޒަމަށް ފަންޑުކުރުން

މެކްސިކޯ ސިޓީގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފް.އޭ.ޓީ.އެފް) ގެ ޕްލީނަރީ ބައްދަލުވުމުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ޕާކިސްތާނުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. 2022 ވަނަ އަހަރު އެފް.އޭ.ޓީ.އެފް ގެ ގްރޭ ލިސްޓުން ޕާކިސްތާނު އުނިކުރި ނަމަވެސް، ޖައިޝޭ މުހައްމަދު އަދި ލަޝްކަރޭ ތައިބާ ފަދަ ޖަމާއަތްތަކުން ފައިސާ ހޯދާ ގޮތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކުގެ އޮފިޝަލުން ދެކޭގޮތުގައި ޕާކިސްތާނުން ގާނޫނީ ގޮތުން ގެންނަ ބަދަލުތަކާއެކުވެސް، އަމަލީ ގޮތުން […]
ޖަމާއަތޭ އިސްލާމީ ބަނގްލަދޭޝްގެ ސިޔާސީ އައު ބާރު

ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބަނގްލަދޭޝްގެ އާންމު އިންތިޚާބާ ދިމާކޮށް އެ ގައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިސްލާމީ ޕާޓީއެއް ކަމަށްވާ ޖަމާއަތޭ އިސްލާމީގެ ބާރު ގަދަވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު އުފެދިފައިވާ ސިޔާސީ ހުސްކަމުގެ ތެރެއިން އެ ޕާޓީން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ވޮޝިންގޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓުންތަކެއްގެ ތެރޭގައި ކޮންޓްރޯލު ވެފައި އޮތުމަށްފަހު، ޖަމާއަތޭ އިސްލާމީން ވަނީ އަލުން ސިޔާސީ […]
ޚާޝޮގްޖީ މަރާލުމުގައި ޔޫއޭއީގެ ބައިވެރިވުމެއް އޮތް ބާ؟

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލުމުގެ ހާދިސާއަކީ ގަލްފުގެ އިސް ލީޑަރުންތަކެއް ގުޅިގެން ހިންގި ސިޔާސީ ރޭވުމެއް ކަމަށް، ނުފޫޒުގަދަ ދައްލާލު ޖެފްރީ އެޕްސްޓީން ތުހުމަތުކޮށްފައިވާ އީމެއިލްތަކެއް ފެންމަތިވެއްޖެއެވެ. 2018 ވަނަ އަހަރު ޚާޝޮގްޖީ މަރާލި ދުވަސްވަރު އެޕްސްޓީން ފޮނުވާފައިވާ މި އީމެއިލްތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ މި މަރާލުމުގެ ފަހަތުގައި ޔޫއޭއީގެ ބައިވެރިވުން އޮތްކަމަށް ބުނެ ޝައްކު އުފައްދާފައެވެ. އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި 2018 އޮކްޓޫބަރު 2 ވަނަ ދުވަހު […]
ދެކުނު އެފްރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމުން ބޭރުކޮށްލައިފި

ދެކުނު އެފްރިކާގެ ސިޔާދަތަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ގައުމުގައި ހުންނަ އިޒްރޭލުގެ ސަފީރު ގައުމުން ބޭރުކޮށްލަން ނިންމާފައިވާ ކަމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފިއެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން ހުކުރު ދުވަހު ބުނީ، އިޒްރޭލު އެމްބަސީގެ މަސްއޫލުވެރިޔާގެ މަގާމުގައި ހުރި އެރިއަލް ސައިޑްމަން އަކީ އެ ގައުމަށް ބޭނުންނުވާ މީހެއް ކަމަށް ކަނޑައަޅައި، 72 ގަޑިއިރުގެ ތެރޭގައި ގައުމުން ބޭރުވުމަށް އަންގާފައިވާނެ ކަމަށެވެ. ސައިޑްމަންއާ […]
