އެޕްސްޓީންގެ މަރާލުމުގައި ޓްރަމްޕްގެ ބައިވެރިވުން

ޖެފްރީ އެޕްސްޓީންގެ މަރުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް، އެޕްސްޓީންގެ ކޮއްކޮ މާކް އެޕްސްޓީން އެފްބީއައި އަށް މައުލޫމާތު ހިއްސާކޮށްފައިވާކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން އާންމުކުރި ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މާކް އެޕްސްޓީން މި ތުހުމަތުތައް ހިމެނޭ އޮންލައިން ޓިޕް އެފްބީއައި އަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެފްބީއައިގެ ނޭޝަނަލް ތްރެޓް އޮޕަރޭޝަންސް ސެންޓަރު މެދުވެރިކޮށް ފޮނުވި […]
އޭއީއެޗުގައި ކެތުލެބާއި އައިނު ފިހާރައިގެ ޚިދުމަތް ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބާއި އައިނު ފިހާރާއިގެ ޚިދުމަތް ރަސްމީކޮށް ފަށައިފި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ފަދަ ޚިދުމަތްތައް މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ފެށިގެންދިއުމަކީ މިދާއިރާ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ދައުރުގައި މިފަދަ އިތުރު ޚިދުމަތްތައް އަތޮޅުތެރެއަށް ތަޢާރަފްކުރެވި އިންގިލާބީ ބޮޑު […]
މަސްތުވާތަކެއްޗާއެކު ނައިފަރުން ދެމީހަކު ބަންދުކޮށްފި

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ / ގަނދަކޯޅިމާގެ، ޢަބްދުﷲ ޞިފާޒް (39އ) އާއި ޅ. ކުރެންދޫ / ދުނި، މުޙައްމަދު ނަދީމް އަޙްމަދު (30އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިއީ […]
އައްސޭރި ޖަލުން ހިންމަފުށީ ސުކޫލަށް ޑެސްކްތަކެއް

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ހިންމަފުށީ ސްކޫލަށް 130 ޑެސްކް ހަދިޔާކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވެފައިވަނީ މިއީ ދިރާސީ އައު އަހަރާ ދިމާކޮށް ދިން ހަދިޔާއެއް ކަމަށެވެ. މިއީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ގުޅިގެން ޖަހައިފައިވާ ޑެސްކުތަކެކެވެ. މިއީ އިޖްތިމާއީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެއް ކަމަށް އެމްސީއެސް އިން ވަނީ ބުނެފައެވެ. މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުން ކަމަށްވެސް އެތަނުން ބުނެފައިވެއެވެ. […]
