ސޯޝަލް މީޑިއާގެ ނުރައްކަލުން ކުޑަކުދިން ރައްކާތެރިކުރުމަށް ގައުމީ ކޮމިޓީއެއް

އިންޓަރނެޓާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި ކުޑަކުދިންނާއި ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކުރުމަށްޓަކައި، ޖޯޑަންގެ ސަރުކާރުން ޚާއްސަ ގައުމީ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކަރަކް ސިޓީގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީ.އާރް.ސީ) ގެ ބޯޑް އޮފް ކޮމިޝަނާސްގެ ރައީސާ ލާރާ އަލްޚަތީބެވެ. އަދި މި ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ވެސް އެ ކޮމިޝަނުންނެވެ. މި ކޮމިޓީގައި ޑިޖިޓަލް އިކޮނޮމީ، ތައުލީމީ، ދާޚިލީ، އަދި […]
އެތައް ހާސް ބައެއްގެ ހަށިގަނޑު ވިރިގެން ގޮސްފި

އިޒްރޭލުން ޣައްޒާގައި ބޭނުންކުރަމުންދާ ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން، ފަލަސްތީނުގެ އެތައް ހާސް ބައެއްގެ ހަށިގަނޑު އެއްކޮށް ވިރި، އަޅިއަށް ވެފައިވާކަން އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. އަލްޖަޒީރާގެ ޕްރޮގްރާމުން ތައްޔާރުކުރި މި ތަހުގީގުގައި ބުނެފައިވާ ގޮތުން، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި 2,842 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ޣައްޒާގެ ސިވިލް ޑިފެންސް އާއި މެޑިކަލް ޓީމުތަކުން ދީފައިވާ މައުލޫމާތަށް ބިނާކޮށް މި ރިޕޯޓުގައި ބުނެފައިވަނީ، އިޒްރޭލުން ބޭނުންކުރަމުންދާ […]
އިންޑޮނޭޝިއާ ސިފައިން ޣައްޒާއަށް ފޮނުވަނީ

ޣައްޒާގެ ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލާ ބައިނަލްއަގުވާމީ ފައުޖުގެ ދަށުން އިންޑޮނޭޝިއާގެ އެތައް ހާސް ސިފައިންނެއް ޣައްޒާ ސަރަހައްދަށް ފޮނުވުމުގެ ތައްޔާރީތައް ފަށައިފިއެވެ. މިއީ ޣައްޒާގެ ހަމަނުޖެހުންތަކަށްފަހު އެ ސަރަހައްދަށް ދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ބޭރުގެ އަސްކަރީ ފައުޖެވެ. އިސްރާއީލުގެ ކާން ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑޮނޭޝިއާ ސިފައިން ޣައްޒާއަށް ދާނެ ސީދާ ތާރީޚެއް އަދި ކަނޑަނޭޅި ނަމަވެސް، އެ ގައުމުގެ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ދެކުނުން ރަފަހް އާއި ޚާން ޔޫނިސްއާ ދެމެދު އޮންނަ […]
ފިރިހެން ހެދުމުގައި މަސައްކަތް ކުރި އަފްޣާން އަންހެނަކު ހައްޔަރުކޮށްފި

އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި ފިރިހެން ހެދުމުގައި ސިއްރުން މަސައްކަތް ކުރަމުންދިޔަ ނޫރިއާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ތާލިބާން ސިފައިން ހައްޔަރުކޮށްފިއެވެ. ނޫރިއާ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާ ބެލެހެއްޓުމަށްޓަކައި ފިރިހެނެއްގެ ސިފަ ޖެހިގެން ކެފޭއެއްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ނޫރިއާ ކިޔައިދީފައިވާ ގޮތުގައި، އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން އާއިލާގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހުނީ އޭނާއަށެވެ. އާއިލާގެ ފަގީރުކަމާއި އާމްދަނީ ހޯދާނެ އެހެން މަގެއް ނެތުމުގެ ސަބަބުން، ”ނޫރު އަހުމަދު“ ގެ ނަމުގައި […]
ކެނެޑާގެ ސްކޫލެއްގައި ބަޑިޖަހައި 8 މީހުން މަރާލައިފި

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ސިޓީއެއް ކަމަށްވާ ޓަމްބްލަރ ރިޖްގެ ސެކަންޑަރީ ސްކޫލެއްގައި ބަޑިޖަހައި ހިންގި ނުރައްކާތެރި ހާދިސާއެއްގައި، ހަމަލާދިން މީހާއާއެކު ޖުމްލަ 8 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިއަދު ހެނދުނު ހާމަކޮށްފިއެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅުން ހުރި ކަމަށް ބެލެވޭ ގެއެއްގެ ތެރެއިންވެސް އިތުރު ދެ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރް.ސީ.އެމް.ޕީ) އިން މައުލޫމާތު ދޭ ގޮތުގައި، ޓަމްބްލަރ ރިޖް […]
ޕާކިސްތާނުގެ ބޭސް އެތެރެކުރުން އަފްޣާނިސްތާނުން މަނާކޮށްފި

އަފްޣާނިސްތާނަށް ބޭނުންވާ ޒަރޫރީ ބޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުން އުފައްދާ ބޭސް އެތެރެކުރުން ތާލިބާން ސަރުކާރުން ހުއްޓާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ނިކޭ އޭޝިއާ އަށް ދީފައިވާ މައުލޫމާތުގައެވެ. މި ނިންމުމަކީ ކާބުލް އާއި އިސްލާމްއާބާދާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި ނިންމާފައިވާ ނިންމުމެކެވެ. އަފްޣާން ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ބޭސް ސަޕްލައިކުރާ ފަރާތްތައް އިތުރުކޮށް، ގައުމުގެ އެތެރޭގައި ބޭސް އުފެއްދުމުގެ ސިނާއަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ […]
ޗައިނާއިން ފިއްތުންތައް އިތުރަށް ވަރުގަދަކުރި: އެޗްއާރުޑަބްލިއު

ރައީސް ޝީ ޖިންޕިންގެ ވެރިކަމުގައި ޗައިނާ ސަރުކާރުން 2025 ވަނަ އަހަރު މުޅި ގައުމުގައި ހިންގާ ފިއްތުންތަކާއި، އައިޑިއޮލޮޖިކަލް ކޮންޓްރޯލް އަދި އަސާސީ މިނިވަންކަމަށް އަރައިގަތުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފިއެވެ. އެ ޖަމާއަތުން ނެރުނު ވޯލްޑް ރިޕޯޓް 2026 ގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެއިޖިންގް އިން ވަނީ އާންމުންނާއި، އުއިގޫރު މީހުންނާއި އަދި ރަސްމީކޮށް ރަޖިސްޓްރީނުކުރާ ކްރިސްޓިއަން ފައްޅިތަކުގެ މެންބަރުން ފަދަ، ތަފާތު ނަސްލީ ނުވަތަ ދީނީ […]
ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް މީހުން ތަމްރީނު ކުރަނީ

މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ޖަލުތަކުގެ ތެރެއަށް ވެއްދުން މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު ވާނީ މާފުށީ ޖަލަށް ގެނެސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމެކެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް […]
ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމުގެ ހަރަކާތެއް ގެމަނަފުށީގައި

ފިހާރަތަކުގެ ވެރިން ހޭލުންތެރިކުރުވައި ކުށްމަދު އަމާން މުޖުތަމައަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގއ. ގެމަނަފުށީގައި ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ މިމަހުގެ 10ވަނަ ދުވަހު ގެމަނަފުށި ޕޮލިހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށު ފިހާރަތަކަށް ޒޔާރަތްކޮށް، ކުށްތަކުން ރައްކާތެރިވެތިބުމަށް ވިސްނަންޖެހޭ ކަންކަމާއި މުޖުތަމައުގައި މިހާރު އާންމުވަމުންދާ ކުށްތަކާ އަދި އެ ކުށްތަކުން ތިމާއާއި އެހެން މީހުން ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން […]
ބިދޭސީންގެ މައްސަލަ ހައްލުކުރަން މަޝްވަރާ ކޮށްފި

ހދ. އަތޮޅުގެ ރަށްރަށުގައި ތިބި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ. ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިމަހުގެ 10ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ، އަދި ފުލުހުންގެ ހިދުމަތް […]
