ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިތަކެތި ނައްތާލައިފައިވަނީ މިއަދު ދޫނިދޫގައެވެ. މިއަދު ނައްތާލާފައިވަނީ 777 ފުޅި ބަނގުރާއި 225 ދަޅު ބަނގުރާއި އެހެނިހެން ތަކެތީގެ ގޮތުގައި 10އައިޓަމެކެވެ. މި ތަކެއްޗަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. […]
މޯލްޑިވްސް މެރިން އެކްސްޕޯގައި މެރިން ޕޮލިސް

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 5 އިން 8އަށް ކުރިއަށް ގެންދިޔަ މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގައި މެރިން ޕޮލިހުގެ މަސައްކަތްތައް ދައްކާލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކްސްޕޯގައި ފުލުހުންގެ ފަރާތުން މެރިން ޕޮލިހުން ބައިވެރިވެ ސްޓޯލެއް ވަނީ ގާއިމްކޮށްފައެވެ. މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މެރިން ޕޮލިހުގެ މަސައްކަތްތަކާއި، ބޭނުންކުރާ އާލާތްތަކާއި، މެރިން ޕޮލިހުގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު އޭގެ ތެރޭގައި ހިމެނެއެވެ. މޯލްޑިވްސް މެރިން […]
