ވޯޓަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ސައިކަލު ބުރެއް ބާއްވައިފި

ޕީއެންސީގެ ވަރަށް ޚާއްސަ ސައިކަލްބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ. މިހަރަކާތުގައި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މާފަންނު މެރީބްރައުން ސަރަހައްދުން ފެށި ސައިކަލު ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ އޮފީސް ސަރަހައްދަށެވެ. މި ހަރަކާތުގައި ނާއިބު […]
މޮސާދުން، އީރާނުގެ ހިޔަނި ލަޝްކަރު ނައްތައިލި ގޮތް

ކުރުގޮތަކަށް ދަންނަވާނަމަ، އިސްމާޢީލް ޤާނީ އަކީ، ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުގައި ހުރެ އިސްރަހެލަށް ޖާސޫސްކޮށްދީ، އިސްމާޢީލް ޙަނިއްޔާއާއި، ޙަސަން ނަޞްރު ﷲ އާއި އަދި އެންމެފަހުން ޢަލީޚާމަނާއީ އަވަހާރަކޮށްލުމަށްޓަކައި އެ ބޭފުޅުން ތިއްބެވި ތަންތަން މޮސާޑަށް ކިޔައިދިން ޣައްދާރެވެ. އޭނާ ޣައްދާރަކަށް ބަދަލުވެގެން ދިޔައީ، މޮސާޑުން އަންހެން ކުއްޖަކު އޭނާއާއި ތަތްކޮށް އެ އަންހެންކުއްޖާ އޭނާ ބްލެކްމެއިލްކުރި ހިސާބުންނެވެ. އެ އަންހެންކުއްޖާގެ އެހީ އޭނާ ހޯދަން ދިމާވީ، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކަށް ސަރުކާރުން […]
އިސްރާއީލަށް މިހާރު ފޮނުވާ ކޮންމެ މިސައިލެއްގައި ދެޓަނުގެ ގޮވާތަކެތި

ޔަހޫދީ ސަހުޔޫނީންގެ ރަށްތަކުގެ ހަގީގީ ހާލަތު މިހާރު އޮތީ ބިރުވެރި ހާލަތެއް ގައެވެ. އީރާނުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބޮޑު ބައެއް މިހާރު އޮތީ ސުންނާފަތިވެ، ފުނޑިފައެވެ. އީރާނުން މިހާރުވެސް މިވަނީ އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފައެވެ. މުޅި އިސްރާއީލު ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރާރެވެ. ސަހުޔޫނީންގެ ބާރު މިއަދު މިވަނީ ކެނޑިފައެވެ. އަނިޔާވެރިންނަށް އޮތީ ހަލާކާއި ބިރުވެރިކަމެވެ! މިހާރު ޔަހޫދީ އިސްރާއީލަށް އީރާނުން ފޮނުވަމުންދަނީ ކޮންމެ މިސައިލެއްގައި 2 ޓަނުގެ ގޮވާތަކެތި ހިމެނޭ ވަރުގަދަ […]
ނެތަންޔާހޫގެ ތަގްރީރު އޭއައި ބޭނުންކޮށްގެން ހަދާފައިވާ ”ޑީޕްފޭކް“ އެއް!

ބެންޖަމިން ނެތަންޔާހޫގެ ތަގްރީރަކީ އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފައްދާފައިވާ ”ޑީޕްފޭކް“ ވީޑިއޯއެއް ކަމަށް ގިނަ ބަޔަކު ޝައްކުކުރުމަކީ މިއަދުގެ ޑިޖިޓަލް ދުނިޔޭގައި މައުލޫމާތުގެ އިތުބާރުގެ މައްޗަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ. މީގެ ސަބަބުން ނުކުމެދާނެ މުހިންމު ބައެއް ނަތީޖާތަކަކީ: ސިޔާސީ ލީޑަރުންގެ ބަހާއި އަމަލަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ. ވީޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށް އާންމުން ގަބޫލުކުރަން ފަށައިފިނަމަ، އެ ތަގްރީރުގައި ހިމެނޭ ސިޔާސީ މެސެޖުތަކުގެ ބާރު ކެނޑިގެންދާނެއެވެ މިފަދަ ޝައްކުތަކުގެ ސަބަބުން […]
މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީއަށް އެދެފި

އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނު މީހާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިވަޑައިގެންފިއެވެ. އެމީހާ ފެނިފައިވަނީ 2026 މާރިޗު 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުންނަށް މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. މަރުވެފައިވާ މީހާއަކީ […]
މަރުވެފައި އޮތް ބިދޭސީއަކު ހިތަދޫ މޫދުން ފެނިއްޖެ

މަރުވެފައި އޮތް ބިދޭސީއަކު އައްޑޫސިޓީ ހިތަދޫ ފަތާފެންގަނޑާ ދިމާ މޫދުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެއީ ބިދޭސީއެއް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެއީ ކާކުކަމެއް ދެނެގަނެވިފައި ނުވާކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:41 ގައި ކަމަށެވެ. ”މަރުވެފައވަނީ ބިދޭސީއެއް. އެއީ ކާކުކަން މިހާތަނަށް އެނގިފައެއްނުވޭ. މިމައްސަލަ ދަނީ ބަލަމުން،“ ފުލުހުން ވިދާޅުވިއެވެ.
އިޒްރޭލުގެ ބޮންތަކުގެ ދަށުގައި އީރާނުން ގުދުސް ދުވަސް ފާހަގަކޮށްފި

އިޒްރޭލާއި އެމެރިކާއިން އީރާނަށް ބޮންއަޅައި އަސްކަރީ ހަމަލާތައް ދެމުން ދަނިކޮށް އިރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ”ގުދުސް ދުވަސް“ ނުވަތަ ”ޖެރޫސަލަމް ދުވަސް“ ފާހަގަކޮށްފިއެވެ. މިއީ ފަލަސްތީނު މިނިވަންކުރުމަށް ތާއީދުކޮށް އިޒްރޭލުގެ ވަކިތަނުން ފަލަސްތީން ސަލާމަތް ކުރުމަށްފާހަގަކުރާ ދުވަހެކެވެ. އީރާނުން މިދުވަސް ފާހަގަކުރަން ފަށައިފައިވަނީ 1979 ވަނަ އަހަރުން ފެށިގެންނެވެ. ގުދުސް ދުވަހަކީ ކޮންމެ ރަމަޟާން މަހެއްގެ ފަހު ހުކުރު ދުވަހެވެ. މިއަދަކީ އެދުވަހެވެ. މިއަދުގެ ހިނގާލުން އީރާނުގައި ކުރިއަށްދިޔައިރު އެންމެބޮޑަށް ފާހަގަކުރެވިފައިވަނީ އެގައުމުގެ ލީޑަރޝިޕްގެ ބައެއް […]
ބިދޭސީންނަށް ރައްކާތެރި އެކަމަޑޭޝަން ހަމަޖައްސައިދޭންޖެހޭ: ފައިސަލް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރައްކާތެރި ރަނގަޅު އެކަމަޑޭޝަން ހަމަޖައްސައިދޭންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި، ފަސް ބީދޭސީއަކު ނިޔާވެ ތިން މީހަކަށް ސީރިއަސް އަނިޔާ ލިބުމާގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. ”ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ 5 މުވައްޒަފަކު ނިޔާވުމާ ގުޅިގެން އެ މީހުންގެ އާޢިލާތަކަށް އިޚްލާސްތެރި ތަޢުޒިޔާ ދަންނަވަން. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން،“ ފައިސަލް ވިދާޅުވެފައިވެއެވެ. […]
އިންތިޚާބު އެއްކޮށްލުން، ޖަވާބުދާރީ ކުރުވަން ލިބޭ ފުރުސަތު ހަނިކޮށްލުން!

ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ ވޯޓުގެ ބާރެވެ. އަޅުގަނޑުމެންގެ ރަށްރަށަށް މިއަދު ލިބިފައިވާ ތަރައްޤީއާއި ޚިދުމަތްތަކަކީ އިންތިޚާބުތައް އޮތުމުގެ ނަތީޖާއެވެ. ވިސްނަވާލައްވާ! ރައްޔިތުންނަށް ކަމެއް ވެފައި މިވަނީ، ސިޔާސީ ވެރިން ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް އަންނަން ޖެހޭތީއެވެ. ރަށްރަށަށް ސާފުބޯފެނުގެ ނިޒާމު ލިބުން. ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހޭނެ ގޮތަށް އާސަންދަ ތަޢާރަފްވުން. ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލެވުން. ދަރިންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ މަގު ފަހިވުން. މި ހުރިހާ ކަމެއް ކުރީ، އިންތިޚާބުތައް […]
ދެ ކަނޑުއޮޅި ގުޅާލުމަށް ކެނަލެއް ހަދަނީ!

ޚަބަރުތައް ބުނާގޮތުން، ފާރިސް ކަނޑުއޮޅި އާއި އަރަބި ކަނޑު ސީދާ ގުޅާލުމަށްޓަކައި ބޮޑު ކެނަލެއް ނުވަތަ ކަނޑުއޮޅިއެއް ހެދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ގަލްފުގެ ބައެއް ގައުމުތަކުން ދަނީ ދިރާސާ ކުރަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ، އިސްތިރާތީޖީ ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކޮށް، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އާ މަގެއް ގާއިމުކުރުމެވެ. މި ޚިޔާލަކީ އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ދިގު މުއްދަތަކަށް ބަލައިގެން ކުރިއަށް […]
