ކެބިނެޓް އަލުން އެކުލަވާލައްވައިފި

ވަޒީރުންގެ މަޖިލީހުގެ 10 މެންބަރަކު މިއަދު މަގާމުން އިސްތިއުފާ ދެއްވުމުން އެމަޖިލީހުގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން މަޖިލިސް އެކުލަވާ ލައްވައިފިއެވެ. ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 12 ވަޒީރަކު އައްޔަން ކުރައްވައިފައެވެ. އެބޭފުޅުންގެ މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގައެވެ. ހުވާ ކުރެއްވުމުން ރައީސް ވަނީ މަޤާމުގެ ފަތްކޮޅު އެބޭފުޅުންނަށް ދެއްވައިފައެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުން: މިނިސްޓަރ އޮފް ފިނޭންސް […]
ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމުން ފައްޔާޒު ގޮވާލެއްވީ ޕާޓީތަކުގެ މަޝްވަރާއަށް

މިއަދު ސަރުކާރުގެ ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލައްވައިފިއެވެ. އެކްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ރައްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ހުރިހާސިޔާސީ ޕާޓީތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ކެބިނެޓުގެ އެކާވީސް ވަޒީރުންގެ ތެރެއިން ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމުން އެއިން ދައްކުވައިދެނީ ރައްޔޮތުންގެ މެދުގައި […]
ސަރުކާރުގެ ދިހަ ވަޒީރަކު އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ދިހަ ވަޒީރަކު މިއަދު އިސްތިއުފާ ދެއްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެބޭފުޅުންގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައިފައެވެ. ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ގެނައި ބަދަލެއް ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ. އިސްތިއުފާ ދެއްވި ވަޒީރުން މަގާމްތަކުގައި ތިއްބަވައިގެން މިހާތަނަށް ކޮސްދެއްވި މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި ކަމަށް […]
ވީނެރާ 13 ގެ ތާރީޚީ ދަތުރު

ވީނެރާ 13 އަކީ ޕްލެނެޓް ވީނަސް ނުވަތަ ޒުހުރާތަރި ބަލައި ދިރާސާކުރުމަށްޓަކައި ސޯވިއެޓް ޔޫނިއަނުން (ރަޝިޔާ) އިން ކުރިއަށްގެންދިޔަ އެންމެ ކާމިޔާބު އެއް މިޝަނެވެ. ވީނަސް ނުވަތަ ފަޖުރުތަރިއަކީ ސޫރުދަ ނިޒާމުގައި ދެވަނައަށް އިރާ އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. މި ގުރަހަ ހުންނަނީ އަތާރިދު (މާކަރީ) އާއި ދުނިޔެއާ ދެމެދުގައެވެ. ވިނެރާ 13 ވީނަސްއަށް ފޮނުވިއިރު ވެސް އެނގޭ އެއް ހަގީގަތަކީ އެ އުޅަނދު ވީނަސްގެ ބިމަށް ތިރިކުރާތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތަނުގެ ގަދަ […]
މިދަނީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވަމުން: އީރާން

މިހާރު މެދުކަނޑާލައިފައިވާ ހަނގުރާމަ އަލުން ފެށުމަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. އިރާން އަސްކަރިއްޔާގެ ބްރިގޭޑިއަރ ޖެނެރަލް ރޭޒާ ތަލޭއީ ނިކް ވިދާޅުވީ، ހަނގުރާމަ އަލުން ފަށަންވާއިރަށް އީރާނުން އަންނަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމައަށް ބޭނުންވާ ހަތިޔާރުގެ އިތުރުން ހަނގުރާމައިގެ ފަހުގެ އުކުޅުތަކަމަށް ވެސް ތައްޔާރުވަމުންދާ ކަމަށެވެ. އޭގެ އިތުރުން ހަނގުރާމައަށް ބޭނުންވާ ލޮޖިސްޓިކަލް ސަޕޯޓް ވެސް ޑިފެންސް މިނިސްޓްރީން ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައަށް […]
