މަޝްވަރާއަށް ވަޑައިގަންނަވަންދެން މަގުމަތީގައި ތިބޭނަން: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝަވަރާއަށް ވަޑައިގަންނަވަންދެން މަގުމަތީގައި މުޒާހަރާ ކުރުމުގައި ދެމިތިބޭނޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން މިރޭ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ޑަބްލިޔުޑީސީގެ އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ރައީސް ޑރ. މުޢިއްޒަށް ޖަވާބު ދީފައި ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ވީހާވެސް ގިނައިން އިންތިޚާބު ބާއްވައި ސިޔާސީ ބޭފުޅުން ރައްޔިތުން ގާތަށް ވީހާވެސް ފިނައިން […]
ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ މުޒާހިރާކުރަނީ!

ޝައިޠާންޔާހޫ، ޢަރަބި ވެރިންގެ އެހީތެރިކަމަށް އެދި އާދޭސްކޮށްފައިވާ ފޯން ކޯލެއްގެ ރެކޯޑިންގ އާންމުވުމާއި ގުޅިގެން، އޭނާ ހައްޔަރުކުރުމަށް ގޮވާލައި، އިޒުރޭލުގެ މަގުތަކަށް ސަޙުޔޫނީން ނުކުމެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިޒުރާއީލު މިވަގުތު އޮތީ ގޮވަން ތައްޔާރުވެފައެވެ. މުޅި އިޒުރޭލުގައި މާޔޫސްވެފައިވާ އިސްދާނަކަމުގެ ޠޫފާނެއް ވަނީ އުފެދިފައެވެ. އިޒުރޭލުގެ ޝައިޠާނީ ބޮޑުވަޒީރުގެ ފޯނު ކޯލެއް ލީކުވެ މިހާރު އަންނަނީ ވިރަވިވަމުންނެވެ. އެ ފޯނު ކޯލުގައި، އީރާނުގެ ޙަމަލާތަކާއި ގުޅިގެން ޝައިޠާންޔާހޫ، ޢަރަބި ވެރިންގެ ކިބައިން އެހީތެރިކަމަށް އެދި އާދޭސް ކުރަމުން […]
