ހޮރްމޫޒް ކަނޑުއޮޅިން ދެ ބޯޓެއް އަތުލައިގެންފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ބޯޓެއް އަތުލައިގަނެ އީރާނުގެ ކަނޑުގެ ސަރަހައްދަށް ގެންގޮސްފި ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ. އީރާނުގެ ރަސްމީ ޓީވީ (އައިއާރްއައިބީ) އިން ބުނެފައިވަނީ އެ ބޯޓުތައް އަތުކައިގަތީ ބުދަދުވަހު ކަމަށެވެ. އެކަން އެގޮތަށްކުރީ އެ ނަގަންޖެހޭ ހުއްދަ ނުނަގައި ދަތުރުކުރުމް ކަމަށް ގައުމީ ޓީވީން ބުނެފައިވެއެވެ. އީރާނުގެ ބައެއް މީޑިއަމް ތަކުން ބުނެފައިވަނީ އީރާނުގެ އައްސޭރި ފަށުން ދަތުރު ކުރަމުންދިޔަ ތިންވަނަ ބޯޓަކަށް ވެސް އީރާނު ސިފައިން […]

ފުރަތަމަ ކުއަރޓަރުގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީން ބުނެފައެވެ. އެކުންފުނީން  ބުނީ މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރއާއި އަޅާ ބަލާއިރު 33 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، ކުންފުނީގެ އެހެން ދާއިރާތަކުގެ […]

ކޮންމެ ހިތެއްގެ ވިންދަކަށްވާންވާނީ ޤުރުއާނަށްއޮންނަ ލޯބި: ސާޖިދާ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ ހިތުގެ ވިންދަކަށް ވާންވާނީ، ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށް ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، […]

ވެރިކަމަށް އައުމުގެ ކުރިން ޓްރަމްޕުގެ ދިރިއުޅުން މާރަނގަޅު ކަމަށް ބުނެފި!

ރައީސް ކަމަށް އައުމުގެ ކުރިން އޭނާގެ ދިރިއުޅުން މާރަނގަޅު ކަމަށް ޑޮނަލްޑް ޓުރަމްޕް ބުނެފިއެވެ. އޭނާ، އެ އިޝާރާތް ކުރަނީ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، ޤައުމު ހިންގަން ޖެހުމުން ކުރިމަތިވާ ޖިސްމާނީ، އަދި ނަފުސާނީ ވަރުބަލިކަމާއި، ފާޑުކިޔުމާއި، ޕްރެޝަރުގެ މައްޗަށެވެ. ވެރިއެއްގެ ރޯލަކީ ގިނަ ފަހަރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ދެވޭ، ސިޔާސީ ޕްރެޝަރު މެދުނުކެނޑި ކުރިމަތިވާ ކަމެކެވެ. އެއީ، މީހެއްގެ ދުވަހީ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެސް […]

ރޭގެ މަގުމަތީ ހަރަކާތުގައި މީހަކަށް އަނިޔާކޮށްފައި ނުވާނެ: ފުލުހުން

ރޭ މާލޭގައި އެމްޑީޕީން ބޭއްވި މަގުމަތީ ހަރަކާތުގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނީ ފުލުހުން އަނިޔާކޮށްގެން ނޫންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެމީހާއަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ދެކެވޭ ވާހަކަތައް ސަމާލުކަމަށް އައިސް ފައިވާ ކަމަށެވެ. ”ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ،“ ފުލުހުން ވިދާޅުވީ […]