ފުލުހުންދަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުން: ފައްޔާޒު

އަދަދު ނޫހުގެ އޮފީހަށް ވަދެ ފުލުހުން މިހާރުއެދަނީ ފާޅުގައި ބިރު ދައްކަމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފުލުހުންގެ މި އަމަލު އޭނާ ސިފަކުރައްވާފައިވަނީ ބިރު ދެއްކުމާއި ސިޔާސީ ފިތުނަ އުފެއްދުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަގުބޫލުކަން ދަށްވަމުންދާ ވަރަކަށް މާޔޫސްކަން ދަނީ އިތުރުވަމުން ކަމަށާއި އެހެންވެ ފުލުހުން ބޭނުން ކޮށްގެން ރައީސް މުއިއްޒު ގެންދަވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅުއްވަމުން ކަމަށް […]
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ ކަންބޮޑުވާ ކަމެއް: ރައީސް އިބޫ

އަދަދު ނޫހުން ތައްޔާރުކޮށް ނެރެފައިވާ ”އައިޝާ ޑޮކިޔުމެންޓްރީ“ އާ ބެހޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކުރަން ފެށުމުން ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ މިނިވަން ނޫސްވެރިކަމަށް އަރައިގަތުން ކަމަށެވެ. ”މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި ރެއިޑާމެދު ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.“ އެމަނިކުފާނު ވިދާޅުވެފައިވަނީ ފުލުހުންގެ […]
ބައެއް ނޫސްވެރިންގެ ސަބަބުން އަޚްލާގު ގެއްލޭ: ޑރ. ޚަލީލް

ބައެއް ނޫސްވެރިންގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލޭ ކަމަށް ކުރީގެ ފޮރިންމިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އަދި އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ވެސް ގެއްލޭގޮތް މެދުވެރިވާ ކމަށް ވިދާޅުވެފައިވެއެވެ. ”މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ. މިފަދަ މަދު ”ނޫސްވެރިން“ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، […]
އަދަދު ނޫހުގެ އޮފީސް ބަލައި ފާސް ކުރަން ފަށައިފި

އަދަދު ނޫހުން ގެނެސްދީފައިވާ ”އައިޝާ ޑޮކިޔުމެންޓްރީ“ އާ ގުޅޭގޮތުން އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށްޓަވައިފިއެވެ. ފުލުހުން ވިދާޅުވީ އެ އޮފީސް ބަލައި ފާސްކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި ޑޮކިޔުމެންޓްރީގައި ވަނީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނޭދެވޭ ކަންތައްތަކެއް ތުހުމަތު ކޮށްފައެވެ. އޭގެ ގެނެސްދީފައިވަނީ ރައީސާ ބެހޭ ގޮތުން ”އައިޝާ“ ކިޔައިދީފައިވާ ވާހަކަތަކެކެވެ. އެ ޑޮކިޔުމެންޓްރީއާ ބެހޭގޮތުން އަދަދު ނޫހުން ރައީސާ މިއަދު ސުވާލު ކުރުމުން […]
