ހުރުމޫޒު ކަނޑުއޮޅިއެއް ނޫން، ޓުރަމްޕު ކަނޑުއޮޅި!

އޭޕްރީލް 29 ވަނަ ދުވަހު ”ޓުރުތު ސޯޝަލް“ ގައި ޑޮނަލްޑް ޓުރަމްޕް ވަނީ ޕޯސްޓެއް ޙިއްޞާ ކޮށްފައެވެ. އެ ޕޯސްޓުގައި ޓުރަމްޕު ވަނީ ހުރުމޫޒް ކަނޑުއޮޅީގެ ނަން ”ޓުރަމްޕު ކަނޑުއޮޅި“ ނުވަތަ ”ސްޓްރެއިޓް އޮފް ޓުރަމްޕް“ އަށް ބަދަލު ކުރުމަށް ހުށަހަޅާފައެވެ. އަދި، އެ ޕޯސްޓާއެކު، އެ ކަނޑުއޮޅީގެ ނަން ”ޓުރަމްޕު ކަނޑުއޮޅި“ އަށް ބަދަލުކޮށް، އެ ބަދަލު ދައްކުވައިދޭ ޗާޓެއްވެސް ހުށަހަޅާފައިވެއެވެ. އެ ޕޯސްޓާއެކު ހުށަހަޅާފައިވާ ނަމުގެ ދަށުން، ކަނޑު ދަތުރުފަތުރުގެ މުހިންމު އަދި އިސްތިރާޖީ […]
އިންތިޚާބު އަވަސް ކުރަންވީ، ފައިސާ ހޯދޭނެ: ފައްޔާޒް

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ލިބެންވާ ފައިސާ ޕާޓީއަށް މިހާތަނަށް ލިބިފައިނުވުމާއި، ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް މިވަގުތު ހުރަސް އެޅޭ ކަމަށް ބުނެ އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބު ފަސްކުރަން އެދި ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ގައުމީ މަޖިލިހަށް ހުށަހެޅުމުންނެވެ. އެކަމާ ގުޅިގެން ފައްޔާޒު ވިދާުވީ އިންތިޚާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. […]
