އީރާނުގެ އެތައްހާސް ބަޔަކު ޙައްޖުގެ އަޅުކަމުން މަހްރޫމްވެއްޖެ

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާހެދި އީރާނުގެ 55،000 އަށް ވުރެ ގިނަ މީހުންނަށް މިއަހަރު ހައްޖަށްދެވޭ ގޮތެއްނުވިއެވެ. މި މީހުންނަކީ މާކުރިން ޙައްޖަށް ދިއުމަށް ފައިސާ ދައްކައި އެހެން ކަންކަން ވެސް ފުރިހަމަކޮށްފައިވާ ބައެއް ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ސައިދު އަބްދުލްފައްތާހު ނައްވާބު ވިދާޅުވީ މި މީހުން ޙައްޖަށް ދިއުމަށް އިންތިޒާރުކުރަމުން ގެންދާތާ މިހާރު ވިއްސަކަށްއަހަރަށްވުރެ ގިނަވެފައިވާ ކަމަށެވެ. ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިންމާފައިވެ އެވެ. އީރާނުގެ ޙައްޖު އެންޑް ޕިލްގްރިމޭޖް އޯގަނައިޒޭޝަންގެ ވެރިޔާ […]
